Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު

ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 07:34
މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

މި ސަރުކާރުން އަޅާ ފްލެޓުތައް ހުރި ކަމަށް ބެލެވެނީ ކަނޑު އަޑީގައި ކަމަށާ އެ ފްލެޓުތައް ފެންނާނީ ޑައިވިންގ ކޯހެއް ހަދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގެދޮރުވެރިޔާ ސްކީމާ ބޯހިޔާވަހިކަމާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުން 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅަމުން މިއީ ގެދޮރުވެރި ކަމުގެ ބަޖެޓެއް ކަމަށް ވިދާޅުވި ނަމަވެސް 55 ބިލިއަންގެ ބަޖެޓެއް ހުސްވަނީ އެންމެ ފްލެޓެއްގެ ބިންގާ ވެސް ނޭޅި ކަމަށް މެންބަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބަޖެޓު ހުށަހަޅަމުން ވިދާޅުވީ މިއީ ބޯހިޔާވަހިކަމުގެ ބަޖެޓެކޭ. އަޅުގަނޑަށް މިތަނުން ކޮންމެވެސް މެންބަރެއް ދައްކާލަދެއްވާ އަޅާފަ އޮތް އެންމެ ބިންގަލެއް ވެސް. އަޅާފަ އޮތް އެންމެ ބިންގަލެއް ވެސް ދައްކާލަދެއްވާ. ބޯހިޔާވަހިކަމުގެ ބަޖެޓެއް، 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެގެން ދިޔައިރު. އަޅުގަނޑުމެން މި ވާހަކަ ދެއްކީމަ އަޅުގަނޑުމެން މި ގޯސް ވަނީ. ދެން މި އަހަރު ވެސް ބަޖެޓު ހުށަހަޅާފަ ބުނާނެ މިއީ ތައުލީމާ މިވަނި ކަމަކަށް އޮތް ބަޖެޓެކޭ. ސިއްހަތަށް އޮތް ބަޖެޓެކޭ،
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ 65،000 ފްލެޓު މާލެ ސަރަހައްދުގައި އަޅާނެ ކަމަށް ބުނި މި ސަރުކާރަށް ދެ އަހަރު ވީ އިރުވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނުހިންގާ ކަމަށެވެ. އަދި މިއީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މެންބަރު ޣަފޫރު ވިދާޅުވީ އިތުރު ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދީފައިވާ ފްލެޓުތަކުގެ ހައްގުވެރިންނަށް އެ ފްލެޓުތައް ވެސް ދޭން ޖެހޭ ކަމަށެވެ.

މި ސަރުކާރުން ވައުދުވީ ނިމިދިޔަ ސަރުކާރުން ފްލެޓުތައް ދިން ގޮތަކަށް ދިން ބަޔަކަށް ދޭން ކަމަށް ވީ ނަމަވެސް އެކަން އެގޮތަށް ނުހިނގާތީ ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ރަށްރަށުގަ ބިންގާ އެޅޭ. ކުޅުދުއްފުށީ ގައި ވެސް މިހާރު ހުންނަން ޖެހޭނެ 4000 އަށް ވުރެ ގިނަ ފްލެޓު ހުންނަން ޖެހޭނީ ބިންމަތިން އަރާފަ. ހަނިމާދޫގައި ވެސް، 1000 ފްލެޓު އެޅިފަ ހުންނަން ޖެހޭނީ. އެހެން ނަމަވެސް ބިމުން މައްޗަކަަށް އަދި ނާރާ ތަނބެއް ވެސް ފާރެއް ވެސް އެއްވެސް އެއްޗެއް. ބިންގާ އެޅީމާ އެހާ ހިސާބުން ނިމެންޏާ އެ ނިމުނީ އެކަން،
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ މި ސަރުކާރުން ފްލެޓު އަޅަންޏާ އަޅަނީ ކަނޑުއަޑީގައި ކަމަށެވެ. އަދި އެއްގަމުގައި އުޅޭ ރައްޔިތުންނަށް އެ ފްލެޓުތައް ނުފެންނަނީ އެހެންވެ ކަމަށް ވެދާނެ ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެން ކަމުން މި ސަރުކާރުން އަޅާ ފްލެޓުތައް ހޯދަން އެންމެ ފުރަތަމަ ޖެހޭނީ ޑައިވިންގ ކޯހެއް ހަދަން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

އަޅުގަނޑަށް ހީވަނީ ބިންގާ އަޅާފަ އިމާރާތް ކުރަނީ ބިމު އަޑީގަ ހެން. އޭރުން ދެން މިތާ އެއްގަމުގަ އުޅޭ މީހުންނަކަށް ނުއެއް ފެންނާނެތާ. ޑައިވިން އަށް ގޮސްގެން އެ އެއްޗެހި ފެންނާނީ. ނުފެންނާތީ އެވާހަކަ މި ދެއްކެނީ. މައްޗަށް އަރާތަނެއް ނުފެނޭ. ކަނޑުގަ އަޅަންޏާ އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެހެން ކަންނޭންގެ މި ވަނީ. އެހެންވީމަ ޑައިވިން ކޯހެއް ހަދައިގެން ކަންނޭންގެ މި އެއްޗެހި ރަނގަޅަށް ފެންނާނީ،
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން 4000 ފްލެޓުތަކުގެ ހައްގުވެރިންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ހަވާލުކުރުން ލަސްކުރަމުންދާ ދާ ކަމަށެވެ. އަދި ބިންވެރިޔާ މަޝްރޫއުގެ ފުރަތަމަ ސްކީމުގެ ދަށުން ހިއްކަމުންދިޔަ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނުނިންމައި މި ސަރުކާރުން އެކަން ލަސްކުރަމުން ދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއަބްދުލްގަފޫރު މޫސާމައުރޫފް ޒާކިރުބޯހިޔާވަހިކަންގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު