ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:34މެޗުން މޮޅުވެ ބާސެލޯނާ އިން ވަނީ އެ ޓީމުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓާފައި. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ، އެ ޓީމު އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު


މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާާގެ ރަފީނިއާ އުފާ ފާޅުކުރަނީ | ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތް ލަނޑު ޖަހައިގެން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި އެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 7-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ހަތަރު ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޔާއޯ ކަންސޭލޯ އެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. މެޗުގެ 30 ވަނަ މިނެޓުގައި ރޭސިންގެ މަގެޓަ ގޭއި ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.
މެޗުގައި ބާސެލޯނާގެ ތިން ވަނަ ލަނޑަކީ ރޭސިންގެ އަސިއާ ވިލަލިބްރޭ އަތުން ބައި ކޮޅަށް ވަތް ލަނޑެކެެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ހަތަރު ވަނަ ލަނޑެއް ޖެހީ ރަފީނިއާ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން 65 ވަނަ މިނެޓުގައި ރޭސިންގެ ޔާސިރު ޒަބީރީ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
އޭގެ ދެ މިނެޓު ފަހުން ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރަފީނިއާ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު އަދި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ބާސެލޯނާާގެ ހަ ވަނަ ލަނޑު ޖެހީ ގަބްރިއަލް ޖީސޫސް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ހަތް ވަނަ ލަނޑު ޖެހީ ލަމީން ޔަމާލް އެވެ.
މެޗުން މޮޅުވެ ބާސެލޯނާ އިން ވަނީ އެ ޓީމުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފަ އެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ، އެ ޓީމު އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ.










