Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

14 ސެޕްޓެމްބަރު 2026 | ހޯމަ 04:06

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2026 | ހޯމަ 04:06
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޔަމާާލް އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޔަމާާލް އުފާ ފާޅުކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލެވާންޓޭގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޒަވީ އެސްޕާޓް އެވެ. އެއީ ކެޕްޓަން ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ލަމީން ޔަމާލް އެވެ. އެ ލަނޑު ޖަހަން ޔަމާލް އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޔަމާލް އެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި އިވާން ރޮމޭރޯ ވަނީ ލެވާންޓޭގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަަހައި ފަރަގު ކުޑަކޮށްދިނީ ރޮޖާ ބްރޫގޭ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ކަރީމް އަޑެޔޭމީ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. 

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 12 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާލަމިން ޔަމާލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް

13 ސެޕްޓެމްބަރު 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް
10 ސެޕްޓެމްބަރު 2026

ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް

10 ސެޕްޓެމްބަރު 2026
ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް
07 ސެޕްޓެމްބަރު 2026

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

07 ސެޕްޓެމްބަރު 2026
ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް
05 ސެޕްޓެމްބަރު 2026

ބެޓިސް އިން ރެއާލް ބަލިކޮށްފި

05 ސެޕްޓެމްބަރު 2026
ބެޓިސް އިން ރެއާލް ބަލިކޮށްފި
03 ސެޕްޓެމްބަރު 2026

މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން

03 ސެޕްޓެމްބަރު 2026
މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން
02 ސެޕްޓެމްބަރު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
31 އޯގަސްޓު 2026

މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް

31 އޯގަސްޓު 2026
މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
27 އޯގަސްޓު 2026

އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު

27 އޯގަސްޓު 2026
އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް