Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑްކަޕް ކޮލިފައިން

ވޯލްޑްކަޕް ކޮލިފައިން: ސްޕެއިން ތަފާތު ބޮޑުކޮށް މޮޅުވިއިރު އިޓަލީއާ ވޭލްސް ވެސް މޮޅުވެއްޖެ

ލިޗްޓެންސްޓައިންއާ ވާދަކޮށް ސްޕެއިން އިން މެޗު ކާމިޔާބުކުރީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 07:00
ސްޕެއިންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ސްޕެއިންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މެޗުތަކުން ސްޕެއިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު އިޓަލީއާ ވޭލްސް ވެސް މޮޅުވެއްޖެއެވެ.

ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޖީގައި ސްޕެއިން އިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ލިޗްޓެންސްޓައިންއާ ވާދަކޮށް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލިޗްޓެންސްޓައިންގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މި ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ސާޖިއޯ ރާމޯސްއާ އަލްވާރޯ މޮރާޓާއާ ހުނަރުވެރި މިޑްފީލްޑާ އިސްކޯގެ އިތުރުން ޑޭވިޑް ސިލްވާއެވެ.

މުޅި މެޗު ވެސް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ޓީމަށް ދެވަނަ ހާފުގައި އެ ޓީމުގެ ފޯވާޑް އިއާގޯ އަސްޕާސްވަނީ ދެ ލަނޑު ޖަހައިދީފައެވެ. އޭނާގެ އިތުރުން މޮރާޓާވެސް ވަނީ މި ހާފުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. ސްޕެއިން އިން މެޗުގައި ކާމިޔާބުކުރި އަށްވަނަ ލަނޑަކީ ލިޗްޓެންސްޓައިންގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އިޓަލީއިން އަމިއްލަ ގައުމުގައި އިޒްރާއިލް ބަލިކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. އިޓަލީއިން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިޒްރާއިލް އިން ވަނީ ކައުންޓާ އެޓޭކުގައި އިޓަލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނުޓުގައި އިޓަލީއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް ސިރޯ އިމޯބިލޭއެވެ.

މި މޮޅާއެކު އިޓަލީއޮތީ ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކު ގްރޫޕް ޖީގެ ދެވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި 19 ޕޮއިންޓާއެކު އޮތީ ސްޕެއިންއެވެ.

ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޑީގައި ވޭލްސްއާ މޮލްޑޯވާ ބައްދަލުކުރި މެޗު ވޭލްސްއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމަށް މި މެޗުގައި ލަނޑު ޖަހައިދީފައިވަނީ ހާލްރޮބްސަން ކާނޫގެ އިތުރުން އާސެނަލްގެ އާރޮން ރެމްސީއެވެ. މި ގްރޫޕުގައި ސާބިއާއިން ވަނީ ގައުމުން ބޭރުގައި 1-0 އަކުން އަޔަލޭންޑް ބަލިކޮށްފައެވެ. އަދި އޮސްޓްރިއާއާ ޖޯޖިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރު ވެގެންނެވެ.

މި މެޗުން މޮޅުވި ނަމަވެސް ވޭލްސްއޮތީ 11 ޕޮއިންޓާއެކު ގްރޫޕް ޑީގެ ތިންވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު ސާބިއާ އޮތްއިރު ދެވަނައިގައި އަޔަލޭންޑް އޮތީ 13 ޕޮއިންޓާއެކުއެވެ. ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ ދެ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު