Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

ވިކްޓަރީ އަތުން ހޯދި މޮޅާއެކު، މިހާތަނަށް ލީގުގައި ނިއު ރޭޑިއަންޓް އިން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މިވަގުތު ލީގު ތާވަލްގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް އޮތީ 12 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 01:14
މެޗުގައި ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސްް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނިއު އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ނިއު އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޖަހައި ނިއު އަށް ކުރި ހޯދައިދިނީ އަލީ ފާޞިރު (ސެންޓޭ) އެވެ. އޭގެ ފަސް މިނެޓު ފަހުން ސެންޓޭ ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި ނިއުގެ ލީޑު ފުޅާ ކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް ނިއު އިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ސެންޓޭ ވަނީ ނިއުގެ ތިން ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. މެޗުގައި ނިއުގެ ހަތަރު ވަނަ ލަނޑު އަޙުމަދު ހުސާމް ޖެހީ 79 ވަނަ މިނެޓުގަ އެވެ.

ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލު ކުރާ މެޗު އަބަދު ވެސް ޚާސްވެފައި އޮންނަނީ "ރަސްވާދަ"ގެ ނަމުންނެވެ. ފުޓުބޯޅައިގެ ފޯރި ގެއްލިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު، މި ފަހަރުގެ ރަސްވާދަ މެޗާ ދިމާކޮށް ފޯރި ގެނައުމަށް ނިއު އާއި ވިކްޓަރީ އިން ވަނީ ގިނަ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ނިއު ރޭޑިއަންްޓާއި ވިކްޓަރީ ބައްދަލު ކުރި މެޗު ބެލުމަަށް ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ވެސް ވަނީ ދަނޑަށް ގޮސްފަ އެވެ. މީގެ އިތުރުން ނިއު ރޭޑިއަންޓްގެ ބާނީ އަޙުމަދު ވަޙީދު (ކުއީން ވަޙީދު) ވެސް ވަނީ އެ މެޗު ބައްލަވާލެވުމަށް ދަނޑަށް ގޮސްފަ އެވެ.

ވިކްޓަރީ އަތުން ހޯދި މޮޅާއެކު، މިހާތަނަށް ލީގުގައި ނިއު ރޭޑިއަންޓް އިން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މިވަގުތު ލީގު ތާވަލްގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް އޮތީ 12 ޕޮއިންޓާ އެކު އެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްދިރާގު ދިވެހި ޕްރިމިއާ ލީގުއަލީ ފާސިރު (ސެންޓޭ)ވިކްޓަރީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު