Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޯދީއާ ސޫކީ ބައްދަލު ކުރެއްވުނ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިޔަންމާގެ ލީޑަރު ސޫކީ އާ ބައްދަލު ކުރައްވައިފި

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 ސެޕްޓެމްބަރު 2017 | ބުދަ 04:52
 ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައިވާ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އަދި ޑިފެކްޓޯ ލީޑަރު އަންގ ސަން ސޫކީއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނޭ ޕިޑޯގައި ބައްދަލު ކުރައްވައިފިއެވެ.

ބޮޑުވަޒީރު މޯދީ މިޔަންމާއަށް ވަޑައިގެން ބުދަ ދުވަހު ހެނދުނު ސޫކީއާ ބައްދަލު ކުރައްވާފައި މިވަނީ ޗައިނާގައި ބޭއްވުނު ބްރިކްސް ސަމިޓް ނިންމަވާ ލެއްވުމަށް ފަހުއެވެ.

ދެ ގައުމުގެ ރަސްމީ ބައްދަލުވުން ތަކަކަށް ދަތުރު ފުޅެއްގައި މިޔަންމާއަށް ފުރަތަމަ ކުރެއްވި ޒިޔާރަތުގައި ބޮޑުވަޒީރު މޯދީ އަންގާރަ ދުވަހު ވަނީ އެ ގައުމުގެ ރައީސް ޓިން ކިޔޯއާ ވެސް ބައްދަލު ކުރައްވާފައެވެ.

މީގެ ކުރިން މޯދީ ވަނީ 2014 ވަނަ އަހަރު އާސިއާން-އިންޑިއާ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިޔަންމާއަށް ވަޑައިގެންފައެވެ.

ސޫކީއާ މޯދީގެ ބައްދަލުވުމުގައި މިހާރު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ޖަރީމާއާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރައީސް ޓިން ކިޔޯއާ އަންގާރަ ދުވަހު ބައްދަލު ކުރައްވާފައިވާއިރު އެ ބައްދަލުވުމަށް ފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިތާތަކަށް ކެތް ނުކުރެވިގެން ވަޒަން ދޫކޮށް ނުކުންނަމުންދާއިރު 1970އިން ފެށިގެން 14،000 ރޮހިންޖާ މުސްލިމުން އިންޑިއާއަށް ގޮސްފައިވާ ކަމަށް އަލްޖަޒީރާއިން ހާމަކޮށްފައިވާ އަދަދުތަކުގައިވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮޮތުގައި ގަވައިދާ ޚިލާފަށް އިންޑިއާއަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު 40،000 އަށް އަރައެވެ.

އިންޑިއާގެ ސަރުކާރުން ދަނީ އެމީހުން ޑީޕޯޓް ކޮށްލުމަށް ވިސްނަމުންެނެވެ.

މިޔަންމާގެ ރައީސްއާއި ޑިފެކްޓޯ ލީޑަރު އަންގ ސަން ސޫކީ ވަނީ މިދިޔަ އަހަރު އިންޑިޔާއަށް ވަޑައިގެންފައެވެ.

މިޔަންމާއަކީ އިންޑިއާގެ ސްޓްރެޓީޖިކް އަވަށްޓެރިއެއް ކަމަށްވާއިރު ދެ ގައުމުން އެކުގައި 1،640 ކިލޯމީޓަރު ދިގު ސަރަހައްދެއް ސަރަހައްދީ ރޮނގުން ހިއްސާކުރެއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު