Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

މި ޙަރަކާތުގައި ކުރީގެ ކުޅުންތެރިން ކަމަށްވާ އަޙުމަދު ޙަލީމް (ދޮންބިލެތް)، އިބްރާހީމް ޙަމީދު (ލެއްބެ)، ޕެރިސް ޝާކިރު، މައުރޫފް އަޙުމަދު (މާއްޓޭ) ފަދަ ކުރީގެ މަޝްހޫރު ކުޅުންތެރިން އެ ޙަރަކާތުގައި ބައިވެރިވާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 12:01
1982 ވަނަ އަހަރުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ނިއު ރޭޑިއަންޓްގެ ޓީމު

1982 ވަނަ އަހަރުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ނިއު ރޭޑިއަންޓްގެ ޓީމު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މެޗާ ދިމާކޮށް، އެ ކުލަބު ގުޅިގެން ޚާއްސަ ޙަރަކާތެއް ބާއްވަން ނިންމައިފި އެވެ.

ނިއު އާއި ވިކްޓްރީ ބައްދަލު ކުރާ މެޗު ޚާއްސަ ވެފައި އޮންނަނީ "ރަސްވާދަ"ގެ ނަމުންނެވެ. މިއީ ޒަމާނުއްސުރެ މި ދެ ކުލަބުގެ ދެ މެދުގައި އޮންނަ ފޯރި އާއި ޖޯޝު އަދި ދެ ކުލަބަކީ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވާތީ އޮންނަ ފޯރި އެކެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވީ، އާދީއްތަ ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި އޮންނަ އެ ޙަކަރާތުގައި ގިނަ ކަންތައްތަކެއް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ދެ ޓީމުގެ ޖާޒީ ވިއްކުމާއި، ދެ ޓީމުގެ ކުރީގެ ކުޅުންތެރިން ވެސް އެ ޙަރަކާތުގައި ބައިވެރިވާނެ ކަމަށް މުބީން ވިދާޅުވި އެވެ.

އެގޮތުން ކުރީގެ ކުޅުންތެރިންގެ ޝުއޫރު ފާޅު ކުރުމާއި، މެޗުގެ ފޯރި ގެނައުމަށް ގިނަ ޙަރަކާތްތަކެއް ރޭވިފައިވާ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ. މި ޙަރަކާތުގައި ކުރީގެ ކުޅުންތެރިން ކަމަށްވާ އަޙުމަދު ޙަލީމް (ދޮންބިލެތް)، އިބްރާހީމް ޙަމީދު (ލެއްބެ)، ޕެރިސް ޝާކިރު، މައުރޫފް އަޙުމަދު (މާއްޓޭ) ފަދަ ކުރީގެ މަޝްހޫރު ކުޅުންތެރިން އެ ޙަރަކާތުގައި ބައިވެރިވާނެ އެވެ.

ނިއު އާއި ވިކްޓްރީ ބައްދަލު ކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ. މުބީން ވިދާޅުވީ އެ މެޗުގައި ނިއު ރޭޑިއަންޓް އިން ބޭނުން ކުރާނީ ހުދާއި ފެހި ކުލައިގެ ޖާޒީ ކަމަށެވެ. އެއީ ނިއު ރޭޑިއަންޓްގެ ވަރަށް ތާރީޚީ ޖާޒީއެއް ކަމަށް ވެސް މުބީން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ނިއު އާއި ވިކްޓްރީ ބައްދަލު ކުރާ މެޗު ބަލާލުމުގެ ދައުވަތު ކުރީގެ ކުޅުންތެރިންނަށް ދީފައިވާނެ ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ. ޚާއްސަކޮށް ކުރީގެ ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް ދޫކޮށްލެވިފައިވާ ކަމަށާއި، ބޭނުން ވަނީ އެ ކުޅުންތެރިން ވެސް ޝާމިލު ކޮށްގެން ފުޓުބޯޅައިގެ ފޯރި ގެންނަން ކަމަށް މުބީން ވިދާޅުވެފައިވެ އެވެ.

ނިއު އާއި ވިކްޓްރީ ބައްދަލު ކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު އެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްދިރާގު ދިވެހި ޕްރިމިއާ ލީގުވިކްޓަރީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު