Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތް ލޫޓުވުން

މި ސަރުކާރުން ރިޔާސީ ދައުރު ދިގު ދަންމައިލުމުގެ ވޯޓު ގަތުމަށް ފައިސާ ހޯދުމަށް މުޅި ދައުލަތް ލޫޓުވާކަމުގެ ތުހުމަތު

ފައިސާގައި ޖެހި، ރިޔާސީ ދައުރު ދިގު ދަންމާލަން ރައްޔިތުން ރުހުން ދީފި ކަމަށްވާނަމަ ރާއްޖެ އަލުން އަނބުރާ ނުހޯދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2025 | ހޮނިހިރު 08:15
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަށް މަސައްކަތް ކުރާ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ގަތުމަށްޓަކައި ފައިސާ ހޯދުމަށް މިހާރު މުޅި ދައުލަތް ލޫޓުވަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ކަންމަތީ އެއްވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައީސް މުއިއްޒު މިހާތަނަށް 4000ށް ވުރެ ގިނަ ވައުދުވެވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މިވައުދުތައް ފުއްދުމަށްޓަކައި ހުރިހާ ރައްޔިތުން އަމަލީ މަސައްކަތަށް ނިކުތްނަމަވެސް ހަގީގަތަކަށް ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ހީލަތްތެރި ގޮތަކަށްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ މިހާރު ގައުމު ހިންގުމަށް ވެސް މަސައްކަތް ކުރަނީ އެގޮތަށް ކަމަށެވެ. އެމަނިކުފާނުގެ ހީލަތްތެރިކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ރިޔާސީ ދައުރު ދިގުދަންމާލުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އެވޯޓު ގަތުމަށްޓަކައި ގިނަ ރައްޔިތުންނަށް ވަޒީފާތައް ދޭނެ ކަމަށާއި، މުޅި ދައުލަތް ލޫޓުވައި ބޮޑެތި ހިޔާނަތްތައް ހިންގައި އެކަމަށް ސަރުކާރުން ފައިސާ ހޯދަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ބައެއް ރަށްރަށުގައި އެފެއްޓި ނުވަތަ އެވައުދުވި ބައެއް ޕްރޮޖެކްޓްތައް ކުންފުނިތަކާ ހަވާލުކޮށް ކޮންމެވެސް ވަރަކަށް މަސައްކަތް ހިންގާލަފާނެ. ބޭނުމަކީ ކައުންސިލް އިންތިޚާބާއެކު ރިފަރަންޑަމްގެ ވޯޓު ރިޔާސީ ދައުރުތައް ދިގުދަންމާލުން. ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބާ ކައުންސިލް އިންތިޚާބު އެއްކޮލުމުގެ ވޯޓަށް ދިއުމަށްޓަކައި. އެތައް ބައިވަރު ރައްޔިތުންނަށް ވަޒީފާދޭނެ. ދީފައި ރައްޔިތުންގެ ގާތުގައި އަހާނީ ދައުރު ދަންމާލާ ރިފަރަންޑަމަކަށް. އެރިފަރަންޑަމަށް ފައިސާ ހޯދުމަށްޓަކައި ކެންޕޭނަށް ފައިސާ ހަރަދު ކުރުމަށްޓަކައި ރައްޔިތުންގެ ވޯޓު ގަތުމަށްޓަކައި މިހާރު އެދަނީ މުޅި ދައުލަތަށް ލޫޓުވަމުން. ވައްކަން ކުރަމުން. ސިނގިރޭޓު ވައްކަމަށް ބެލިއަސް އެހެން ވައްކަމަކަށް ބެލިއަސް މިހުރިހާ ވައްކަމެއް ކޮށްގެން މިކުރާކަމަކީ އެއަށް ފައިސާ ހޯދުން. ޑްރޯން ގަންނަނީ ވެސް އެކަމަށް. އެކަމުގެ ތެރެއިން ކަޓު ނަގަން ފައިސާ ހޯދަން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރުން ދޭ ފައިސާގައި ޖެހި، ރިޔާސީ ދައުރު ދިގުދަންމާލަން ރައްޔިތުން ރުހުން ދީފި ކަމަށްވާނަމަ ދިވެހިރާއްޖެ އަލުން އަނބުރާ ނުހޯދޭނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ވިސްނައި، ހޭލުންތެރިވެ ތިބުމަށް މެންބަރު މައުރޫފް ގޮވާލެއްވިއެވެ.

ރައީސް މުއިއްޒުމައުރޫފް ޒާކިރުއެމްޑީޕީރިޔާސީ ދައުރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި
12 ޑިސެމްބަރު 2025

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"
12 ޑިސެމްބަރު 2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު