Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ ވައުދުތައް

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން ތިން ކަމަކަށް އެދެނީ ކަންނެލި މަހުގެ އަގު 80-100 ރުފިޔާ ހަމަޖެއްސުމަށާއި މިފްކޯއަށް މަސް ގަނެވޭނެ އިންތިޒާމާއި ބޭސް ރޭޓުން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 09:29
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަސް ކަމުގައިވާ ޑިސެމްބަރު 10 ގައި ބޮޑު ކަންނެލި މަސްވެރިން މުޒާހަރާއަށް ނުކުންނަނީ އެ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން ކަމަށާއި، މުޒާހަރާ ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދައިގެން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގައި ބޮޑު ކަންނެލި މަސްވެރިން މުޒާހަރާ ކުރާ ކަމަށާއި، އެއީ އެއް ގޮވެއްޔެއް ކަމަށެވެ. މިދިޔަ އަހަރު ވެސް އެ ގޮވެއްޔެއް ގޮވި ކަމަށާއި، މި އަހަރު ވެސް އެ ގޮވެއްޔެއް ގޮވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އެ ގޮވެއްޔަކީ އެއްވެސް ވަރަކަށް ބޮޑު ކަންނެލި މަސްވެރިންގެ ގޮވެއްޔެއް ނޫން ކަމަށާއި، އަދި މަސްވެރިން ވެގެން އުޅޭ ވައުދެއް ވެސް ނޫން ކަމަށް މެންބަރު ޒިޔާދު ފާހަގަކުރެއްވިއެވެ. އެ ވައުދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެސްފި ނަމަ، މަސްވެރިންނަށް ކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަކަށް މިއަދު ހުންނެވި ބޭފުޅާ ވެވަޑައިގެންނެވި ވައުދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ވެސް ގަބޫލުކުރަން، ކޮންމެ ވަޢުދެއް ވެރިކަމަށް އަންނަތާ 6 މަސް ދުވަސް ތެރޭގައި، 1 މަސް ދުވަސް ތެރޭގައި ނުފުއްދިދާނެ. އަދި އަހަރު، ދެ އަހަރު ވެސް ނުވެދާނެ. އެހެންނަމަވެސް، މީގައި މި ދައްކާ ހުއްޖަތައް ވަޢުދުނުފުއްދޭ ކަމަށް މި ބުނާ ސަބަބާ ދިމާ ނުވާތީ މަސްވެރިން އިހުތިޖާޖަށް އެ ނިކުންނަނީ. ތިން ކަމަކަށް އެދެނީ. ކަންނެލި މަސް ގަންނާނެ އަގަކީ 80 ރުފިޔާއާއި 100 ރުފިޔާ ދެމެދުކަމުގައި ހަމަޖައްސައިދޭން. މިފްކޯ އަށް މަސްގަނެވޭނެ އިންތިޒާމު ހަމަޖައްސައިދޭން. ބޭސް ރޭޓުން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދޭން.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ ބޭސް ރޭޓު މިހާރު ވަނީ ބޭހަކަށް ވެފައި ކަމަށެވެ. މުޒާހަރާ ފަށާ ކޮންމެ ދުވަހަކު އެއް މަސް، ފަހަތަށް އަނެއްކާ ބޭސް ރޭޓުލާފައި ވައުދުވެވޭ ކަމަށާއި، މިއަންނަ މަހު ބޭސް ރޭޓުން ލިބޭނެ ކަމަށް ބުނެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންވީމާ، މަސްވެރިންގެ ވެސް ނަސީބު ދެރަކަމުން ކޮންމެ އަހަރެއްގައި މި އިންނަނީ އެންމެ ޑިސެމްބަރު 10 އެއް ކަމަށާއި، އެހެންވެ މަސްވެރިންގެ މުޒާހަރާތައް މަދުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް ވައުދު ނުފުއްދޭ ސަބަބެއް ކަމަށް ބުނަނީ، ރާއްޖޭގައި ކުރަންހުރި އެހެން އިޤްތިޞާދީ ކަންތައްތައް ގިނަވުން ކަމަށާއި، އަނެއް ސަބަބަކީ ދައުލަތުގެ ދަރަނި ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. ދައުލަތުގެ ދަރަނީގެ އަރަތް މިދިޔަ ބަޖެޓު ބަހުގައި ވެސް ކިޔައިދިން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ބަޖެޓުގެ މިހާރު ދަރަނި އެ އޮތީ އަރަތަކަށް ވެފައި ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. މި އަހަރުގެ ބަޖެޓު ފޮތުގައި ވެސް އެ އޮތީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު 125 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ކަމަށާއި، މި އަހަރު ނިމޭއިރު، ބަޖެޓު ފޮތުގައި އޮންނަނީ މި އަހަރު ދައުލަތުގެ ދަރަނި ހުންނާނީ 158 ބިލިއަންގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ސަރުކާރުގެ ބޭކާރު ޚަރަދުތަކަށް ކުރަން، އަދި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން މިހެން ހުރި ކަންކަން އުނިކުރެވިގެން ދާ ކަމަށެވެ. އަދި މިއީ ބިރުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަސްވެރިންރައީސް މުއިއްޒުހުސެއިން ޒިޔާދުހދ. ވައިކަރަދޫދައުލަތުގެ ދަރަނި

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު