Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ބޯހިޔާވަހިކަމަށް މި ސަރުކާރުން ގާބުރިއެއް ވެސް ބާއްވާފައި ނުވޭ، މި އަހަރުގެ ބަޖެޓް ހުސްވެއްޖެ: މައުރޫފް

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ދީފައި އޮތްތަނަކުން އެމީހަކު ބުނި އުސްމިނެއްގައި އިމާރާތްކޮށްދޭނެކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 13:38
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓޭ ވިދާޅުވި އިރު މިއަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަމަށް ގާބުރިއެއްވެސް ބާއްވާފައި ނުވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ދީފައި އޮތްތަނަކުން އެމީހަކު ބުނި އުސްމިނެއްގައި އިމާރާތް ކޮށްދޭނެ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެން ވިދާޅުވެފައި ވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ފުލެޓަކާއި ގޯއްޗެއް ދެއްވާނެ ކަމަށާއި، ތަކުރާރުކޮށް އެވާހަކަ ވިދާޅުވިކަމަށެވެ.

މައުރޫފް ވިދާޅުވީ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ބަޖެޓަކީ މިއީ ބޯހިޔާވަހިވަކަމުގެ ބަޖެޓް ކަމަށާއި، ނަމަވެސް ބަޖެޓް ހުސްވެ އަހަރު ނިމި އަންނަ އަހަރުގެ ބަޖެޓް ހުށަޅަން ތައްޔާރުވެފައި ވާއިރު ރާއްޖޭގައި ބޯހިޔާވަހިކަމަށްޓަކައި ގާބުރިއެއް ވެސް ބާއްވާފައި ނުވާ ކަމަށެވެ.

ވެރިކަމަށް ވަޑައިގަންނަވަމުން ވިދާޅުވީ މި 5 އަހަރު ތެރޭގައި ނުވަތަ ތިމަންނާގެ ވެރިކަމުގެ ތެރޭގައި 65000 ފުލެޓް އަޅައިދޭނެ ކަމަށް ނުވަތަ ބޯހިޔާވަހިކަން ފޯރުކޯށްދޭނެކަމަށް. އެހެންނަމަވެސް އެއް ކަމެއްވެސް ނުކުރޭ. މި ދެންނެވި ގޮތަށް ގޯތި ދިނުމަށްޓަކައި އެމްޑީޕީ ސަރުކާރުން އިއުލާންކޮށް ބިން ހިއްކުމުގެ ވަރަށް ބޮޑު ބައެއް ނިންމާފައި އޮތް ގުޅީ ފަޅާއި ގިރާވަރު ފަޅުގެ އެންމެ ތަންކޮޅެއްވެސް މި ވެރިން ވެރިކަމަށް އައިސް ހިއްކުން ކުރިއަކަށް ނުގެންދޭ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ހުޅުމާލޭ ފޭސް 3 އިން ގޯތި ހޯދުމަށްޓަކައި ފޯމް ފުރާ ފޯމުލައި، އަދި އެމްޑީޕީ ސަރުކާރުން އިއުލާންކޮށްފައި ހުރި ގޯތިތައް އެ ލިބުނު ތަކަނަކުން ދީ ގެދޮރު އަޅައިދޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވީތި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިން ކަމަށެވެ. ނަމަވެސް ހުޅުމާލެ ފޭސް 3 އޮތީ އަދިވެސް އޮތްގޮތަށް ކަމަށާއި، އެމްޑީޕީ ސަރުކާރުން ބަޖެޓް ހަމަޖައްސައި ހިއްކުމުގެ މަސައްކަތް ފެށި ތަނެއް ނަމަވެސް މިހާރު ހިއްކުމުގެ މަސައްކަތެއް އެތަނުގައި ކުރިއަށް ނުދާކަމަށް މައުރޫފް ވިދާޅުވިއެވެ.

އެތަން ހިއްކަން ތިބި ފަރާތްތަކުގެ އަތުން އެތަން އަތުލައި، އެމީހުން އެތަން ހިއްކުމަށްޓަކައި ކަލެކްޓްކޮށްފައި ހުރި ވެލިކޮޅު ގެންގޮސް ފުށިދިއްގަރު ފަޅަށް އަޅާ ހިއްކަން ފެށީ ތިމަންނާ 8 މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ހިއްކާ ނިންމާނަމޭ ވިދާޅުވެ. އެހެންވީމާ ގޯއްޗާއި ބޯހިޔާވަހިކަމާއި ފުލެޓާއި، މިކަމުގައި މި ސަރުކާރަށް ދިވެހި ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. އެހެންވެ އެމްޑީޕީ އިން އިހުތިޖާޖު ކުރަނީ، އެހެންވެގެން އޮކްޓޯބަރު 3 ގައި އަދި ނޮވެމްބަރު 17 ގައި ވެސް މުޒާހަރާ ކުރަން ނިންމީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

އެމްޑީޕީ ސަރުކާރުން ގޯތި ދީފައި އޮތީ އެތަންތަން ހިއްކުމުގެ މަސައްކަތް ފަށާ އަދި ހިއްކޭނެ ކަމުގެ ޔަގީންކަން އޮވެގެން އެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެންނެވެ. އަދި ހިއްކުމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ހުރިނަމަވެސް މި ސަރުކާރުން އެ ފައިސާ ބޭނުންކުރީ އެހެން ކަންތައްތަކަށެވެ.

ރައީސް މުއިއްޒުއިބްރާހިމް މުހައްމަދު ސާލިހުމައުރޫފް ޒާކިރުބޯހިޔާވަހިކަންއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު