Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ސަރުކާރު ސީދާ އަޑީގައި އޮވެގެން ފުލެޓްތައް ވިއްކުމަށް ސްކޭމެއް އެބަ ހިންގާ: މެމްބަރު މައުރޫފް

މައުރޫފް ވިދާޅުވީ ސަރުކާރު ސީދާ އަޑީގައި އޮވެގެން ފުލެޓްތައް ވިއްކަމުން ދާ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 07:48
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފުރަތަމަ އިމާރާތްކުރި 4000 ފުލެޓުގެ ތެރެއިން ކަސްޓަމްސް އަށް ދޫކުރި 100 ފުލެޓާއި އެފްޑީސީ އާއެކު އެއްބަސްވުން ހެދި މީހުން ހިމަނައިގެން ވެސް 4000 ފުލެޓް ހަމަނުވާނެ ކަމަށާއި، ސަރުކާރުން އުޅެނީ ފުލެޓް ނުލިބޭ ބަޔަކަށް ފުލެޓް ދޭން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް ވިދާޅުވީ ސަރުކާރު ސީދާ އަޑީގައި އޮވެގެން ފުލެޓްތައް ވިއްކުމަށް ސްކޭމެއް އެބަ ހިންގާ ކަމަށެވެ. އަދި އެކަން ކުރަނީ ސަރުކާރުގެ ވެރިން ރައީސް އޮފީހުގައި ތިއްބަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ކޮމިޓީ އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވަރަށް އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިން ސަލާމަތް ވުމަށްޓަކައި އަދި މި އިޖްތިމާއީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ވޭތުވެދިޔަ 40 އަހަރު ތެރޭގައި ގޯތި ދޫކޮށްފައި ނުވާ އިރު އެކަމަށް ހައްލު ގެނެސް އެމްޑީޕީގެ ސަރުކާރުގައި އެކަންވެސް ފެށި ކަމަށެވެ.

މައުރޫފް ވިދާޅުވީ ހުޅުމާލެ ފޭސް 2 އަދި 3 ހިމެނޭހެން ޖުމްލަ 11،000 ފުލެޓް އެޅުމަށް އެމްޑީޕީ ސަރުކާރުން ނިންމާ އޭގެ ތެރެއިން 4000 ފުލެޓް އަޅައި ނިންމާ، ބާކީ 7000 ފުލެޓަކީ ފައިސާ ހަމަޖެހި، ބިން އެލޮކޭޓް ކުރެވި ހަވާލުކުރެވިފައި ހުރި ފުލެޓްތަކެއް ކަމަށެވެ. މައުރޫފް ވިދާޅުވީ މީގެ ތެރެއިން ބައެއް ފުލެޓް އަޅަން އެޕޯލޯއަށް އަދި އަނެއް ބައި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިން އެޅުމަށް ހަވާލުކުރެވުނު ކަމަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާއެކު ހަވާލުކުރެވިފައި ހުރި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންގޮސް ހުޅުމާލޭގެ ފޭސް 2 އަދި އެސަރަހައްދުގައި ހުރި ބިންތައް ނުއަގުގައި ކުއްޔައްދީ ވިއްކާލާ އެތައް ސަކަރާތެއް ޖެހުމަށްފަހުގައި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ އިން މުޒާހަރާ ކުރަން ފެށީމާ ސަރުކާރުން އެކި ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.

ހަމަ އެގޮތަށް އެމްޑީޕީ ސަރުކާރުން ގޯތި ދިނުމަށްޓަކައި ފުރަތަމަ ބުރުގައި 9003 ގޯތި ދިނުމަށްޓަކައި ވަނީ ނިންމާފައި. އެއީ ހުޅުމާލެ ފޭސް 2 އަދި 3 އިން 1351 ގޯތި، ގުޅީ ފަޅުން 2219 ގޯތި އަދި ގިރާވަރު ފަޅުން 5433 ގޯތި. އަދި ހަމައެހެންމެ 2022 އަދި 2023 ގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ އިން އެނގިގެން ދިޔައީ އެ އަދަދަށްވުރެ މާގިނަ، މި ދެންނެވި 9000 ފަރާތަށް ވުރެ މާގިނަ އަދަދެއްގެ މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް، ގޯއްޗަށް ބޭނުން ވެފައިވާކަން. އެނގުމާއި ގުޅިގެން 2023 ވަނަ އަހަރު އަލުން ބޯހިޔާވަހިކަމުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލި. ދެވަނަ ސްކީމުގައި ހުޅުމާލެ ފޭސް 2 އަދި 3 ގެ ސަރަހައްދުގައި 1500 ގޯތި އަދި ގުޅީ ފަޅުގައި 3800 ގޯތި އަދި އުތުރު ތިލަފަޅު ހިމެނޭހެން މުޅި ޖުމްލަ 14300 ގޯތި ދިނުމަށް އޮތީ ނިންމާފައި.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ 14،300 ގޯތި ލިބޭ ފަރާތްތައް އިއުލާން ކުރެވި ގެޒެޓް ކުރެވިފައިވާ ކަމަށާއި، ދެވަނަ ސްކީމުގެ ތެރެއިން ލިބޭ ފަރާތްތަކަށް ގޯތި ނުދީ އެމްޑީޕީ ސަރުކާރުގައި އަޅާފައިވާ ފުލެޓްތައް ވެސް އެކިއެކި ބަހަނާ ދެއްކުމަށްފަހު ފުލެޓް ނުދޭން އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ ފުލެޓާއި ގޯތީގެ ހައްގުގައި އެމްޑީޕީ އިން ކުރަން ފެށި މަސައްކަތާއި، ޔޫނިއަންތަކުގެ މަސައްކަތުން ސަރުކާރަށް މަޖުބޫރު ވެގެން ފުލެޓް ދޭން ނިންމި ކަމަށެވެ. ނަމަވެސް ފުލެޓްތަކުގެ ތެރެއިން 3000 ފުލެޓެއް ހަވާލު ކުރުމަށް ފަހު ސަރުކާރުން އަޑީގައި އޮވެގެން ބާކީ ފުލެޓްތައް ވިއްކަމުން އަންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ސަރުކާރު ސީދާ އަޑީގައި އޮވެގެން ފުލެޓްތައް ވިއްކުމަށް ސްކޭމެއް ހިންގަމުން އަންނަނީ. ހައުސިންގ މިނިސްޓަރު ބޭއްވި ކޮންފަރެންސް ގައި ވިދާޅުވި ސްކޭމްތައް އެބަ ހިންގައޭ ރައްޔިތުން އޭގައި ނުޖެހޭށޭ. ސަރުކާރުގެ ވެރިން ރައީސް އޮފީހުގައި ތިއްބަވައިގެން ސްކޭމް ހިންގަވަނީ، ފައިސާ ނަންގަވަނީ. ނަގާކަން އެނގުނީމަ އެ ބުނީ ރައްޔިތުން އޭގައި ނުޖެހޭށޭ. ރައްޔިތުންނަށް އޮޅުވާލުމަށް ހައުސިންގ މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން އެބަގެންދަވާ 4000 އަށްވުރެ ގިނަ ރައްޔިތުންނަށް ފުލެޓްތައް ދީފައި ހުރި ވާހަކަ. އެހެން ނަމަވެސް އެއީ ކަނޑައެޅިގެން މުތުލަގަށް ދޮގެއް. އެމްޑީޕީ ސަރުކާރުގައި ފުލެޓްތަކުގައި ސޮއިކޮށްފައިވަނީ 3778 ފަރާތާއެކު.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ 4000 ފުލެޓް އެޅިފައިވާ ކަމަށާއި، ބާކީ ހުރި ފުލެޓްތަކުގެ ތެރެއިން 100 ފުލެޓް އެލޮކޭޓް ކުރެވުނީ ކަސްޓަމްސްއަށް ކަމަށާއި، އަނެއް 122 ފުލެޓް އެއީ ސްކީމުގެ ތެރެއިން އަނބިމީހަ އަދި ފިރިމީހާއަށް ފުލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ފުލެޓް ދިނުމަށް ނިންމި ބައި ކަމަށާއި، ޖުމްލަ ފުލެޓް ދޭންޖެހޭ މީހުންގެ އަދަދު 4000 އަށްވުރެ އިތުުރު ނުވާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ އެންމެ ފަހުން ސަރުކާރުން ގޮތް ހުސްވެގެން ފުލެޓް ދޫކުރަމުން ދާއިރުގައި އެމްޑީޕީ ސަރުކާރުގައި ފުލެޓް އެލޮކޭޓް ކޮށްފައިވާ މީހުންނަށް ފުލެޓް ނުދީ ފުލެޓް އެލޮކޭޓް ނުކޮށް ތިބި ފަރާތްތަކަށް ފުލެޓް ދިނުމާއި 75 މާކްސް އިން ދަށުން ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ހިންގަނީ ފުލެޓް އެއްބަސްވުން ހަދާފައިވާ ފަރާތްތަކުގެ އަތުން ފުލެޓް އަތުލުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އަސާސީ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކެންސަލް ކޮށްގެން މަދުވާ 330 ފުލެޓަށް އެލޮކޭޝަން ހެދޯތޯ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ އަދަދަށް 3 ކޮޓަރީގެ ފުލެޓް ހަމަ ނުކުރެވުނު ކަމަށާއި، އެހެންކަމުން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ފުލެޓް އެލޮކޭޝަން ނަގާކަމުގައިވާނަމަ 75 ޕޮއިންޓް ލިބި ފުލެޓް ނަންބަރު ދީފައިވާ ހުރިހާ ފަރާތްތަކެއްގެ އަތުން ނަންބަރުތައް އަތުލައިގެން ނޫނީ އިންސާފުވެރި ނުވާނެތީ، 75 ޕޮއިންޓް ލިބިފައިތިބި ފަރާތްތަކަށް ހަދާފައިވާ އެލޮކޭޝަންސް ތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

މައުރޫފް ޒާކިރުގެދޮރުވެރިއްޔާ ސްކީމުހުޅުމާލެއެމްޑީޕީބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު