Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އޮކްޓޫބަރު ހަތެއްގެ އެއްވުމުގައި ބަައިވެރި ނުވުމަށް ދަރިވަރުންނަށް ސްޓާމާ ގޮވާލައްވައިފި

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ފަލަސްޠީނަށް ތާއީދު ކުރާ ފަރާތްތަކުން ބާއްވާ އިހުތިޖާޖުގައި ބައިވެރި ނުވުމަށް ދަރިވަރުންނަށް ގޮވާލައްވާ ކަމަށް. އޭނާ ވިދާޅުވެފައި ވަނީ، އެ ފަދަ އިހުތިޖާޖު ތަކުން ޔަހޫދީންނާ ދެކޮޅު ރޭވުންތެރި ޙަރަކާތްތައް އިތުރުވަމުން ދާކަން ފާހަަ ކުރެވިފައިވާ ކަމަށް.

ބްރިޓިޝް ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ ވަނީ 7 އޮކްޓޯބަރުގެ އިހްތިޖާޖުތަކުގައި ބައިވެރިނުވުމަށް ދަރިވަރުންނަށް ގޮވާލައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 10:37
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަށް ދެ އަހަރު ފުރުން ފާހަގަ ކުމުގެ ގޮތުން އެއްވާ އެއްވުމުގައި ބައިވެރި ނުވުމަށް، އިނގިރޭސިވިލާތުގެ ދަރިވަރުންނަށް އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ގޮވާލައްވައިފި އެވެ.

އިސްރާއީލް އިން ޣައްޒާގެ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެހެންކަމުން އެ ހަނގުރާމަ އަށް އަންގާރަ ދުވަހު ވަނީ ދެ އަހަރު ފުރިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އިސްރާއީލް އިން ޣައްޒާގައި ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ފަލަސްޠީނަށް ތާއީދު ކުރާ ފަރާތްތަކުން ބާއްވާ އިހުތިޖާޖުގައި ބައިވެރި ނުވުމަށް ދަރިވަރުންނަށް ގޮވާލައްވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ، އެ ފަދަ އިހުތިޖާޖު ތަކުން ޔަހޫދީންނާ ދެކޮޅު ރޭވުންތެރި ޙަރަކާތްތައް އިތުރުވަމުން ދާކަން ފާހަަގަ ކުރެވިފައިވާ ކަމަށެވެ.

މެންޗެސްޓަރގެ ސިނަގޯގަކަށް ފާއިތުވި ހަފުތާގައި ދެވުނު ހަމަލާއާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ޔަހޫދީ މުޖުތަމައު ރައްކާތެރި ކުރުމަށް ސަލާމަތީ ފިޔަވަޅުތައް ޚަރުދަނާ ކޮށްފަ އެވެ. އެ ހަމަލާގައި ދެ މީހަކު މަރުވެފައިވާއިރު، ސްޓާމާ ވަނީ އެކަން ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ޣައްޒާ ހަނގުރާމަ އަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް މެންޗެސްޓަރގެ އިތުރުން، ގްލާސްގޯ، އެޑިންބަރާ އަދި ބްރިސްޓޯލް ފަދަ ސިޓީ ތަކުގައި އަންގާރަ ދުވަހު ދަރިވަރުން އިސް ނަގައިގެން އިހުތިޖާޖު ކުރުމަށް ޙަރަކާތްތައް ބޭއްވުމަށް ވަނީ ރާވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސްޓާމާ ވިދާޅުވެފައި ވަނީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހިނގި އަނިޔާވެރި އަމަލު ތަކުގެ ނުބައިކަން އެންމެނަށް ވެސް ފެންނަން އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް، އަނެއްކާ މިއަދު އެ ހަމަލާ ތަކުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރިވަރުން އިހުތިޖާޖު ކުރަން ރާވަމުންދާ ކަމީ އިނގިރޭސިވިލާތުގެ އަސްލާ ޚިލާފު ކަމެއް ކަމަށް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ.

ސްޓާމާގެ އިތުރުން، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑެނޯޗް ވެސް ވަނީ މަގު މަތީގައި ކުރެޗޭ ނަފުރަތުގެ އިހުތިޖާޖު ތަކާމެދު ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ގްރޭޓަރ މެންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަމް ވަނީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ފުލުހުންނަށް އިތުރު ފައިސަގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ބާންހަމް ވިދާޅުވީ ލަންޑަން އިން ބޭރުގައި އެންމެ ބޮޑު ޔަހޫދީ އާބާދީ އޮތް ސަރަހައްދަކީ މެންޗެސްޓަރ ކަމަށެވެ. ނަމަވެސް، އިތުރު ސަލާމަތީ ބޭނުން ތަކަށް ލަންޑަން އަށް ލިބޭ ފަދަ ޚާއްސަ ފަންޑެއް އޭނާގެ ސަރަހައްދަށް ނުލިބޭ ކަމުގައި ވެސް ބާންހަމް ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: ބީބީސީ

ކިއަ ސްޓާމާއިޒްރޭލް-ފަލަސްޠީންމޭންޗެސްޓަރލަންޑަންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު