Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވަނީ، އެ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 70،100 އަށް އަރާފައި ކަމަށެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ވެސް އިސްރާއީލްގެ ހަމަލާ ތަކުގައި 354 މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ ހަނގުރާމަ ފެށިގެން ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މަރުވި މީހުންގެ އަދަދު 70،100 އަށް އަރާފައިވާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 06:13
ޣައްޒާގެ އިމާރާތެއްގެ ކައިރީގައި ކުޑަ ކުދިން ތަކެއް

ޣައްޒާގެ އިމާރާތެއްގެ ކައިރީގައި ކުޑަ ކުދިން ތަކެއް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން އަރާފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަ ކޮށްފި އެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާ އިން އެކަން ހާމަ ކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ. ޝަހީދުވެފައިވާ މީހުންގެ އަދަދު މައްޗަށް އަރާފައި މި ވަނީ، އެމެރިކާ މެދުވެރިވެގެން އެކުލަވާލަފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ކަންތައް ތަކެއް ހިނގަމުން އަންނަ ވަގުތެއްގަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ވެސް، އިސްރާއީލް އިން ވަނީ ޣައްޒާ އަށް ހަމަލާ ދީފަ އެވެ.

އިސްރާއީލް އާއި، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް އިން ވެސް ގެންދަނީ، އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް އަމާޒު ކުރަމުންނެވެ. ހަމާސް އިން ބުނަމުން އަންނަނީ އިސްރާއީލް އިން ބޭނުން ވަނީ ހަމަލާތައް ދީ، އަދި ވެސް މީހުން ޝަހީދު ކުރަން ކަމަށެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވަނީ، އެ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 70،100 އަށް އަރާފައި ކަމަށެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ވެސް އިސްރާއީލްގެ ހަމަލާ ތަކުގައި 354 މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

މީގެ އިތުރުން އެ އިދާރާ އިން ބުނެފައި ވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ވެސް ޝަހީދުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ހޮސްޕިޓަލް އަށް ގެނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ، އަނދަމުން ދިޔަ އިމާރާތެއްގެ ތެރެއިން ނަގާފައިވާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި ވީ ނަމަވެސް، ޣައްޒާގެ އިންސާނީ ޙާލަތު އަދި ވެސް އޮތީ ނާޒުކު ހިސާބެއްގައި ކަމަށް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން އަދި ވެސް ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އާއި، ކާބޯ ތަކެއްޗާާއި އަދި ބޭސް ފަރުވާގެ އާލަތްތައް ފޯރު ކޮށްދެމުން އަންނަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ޣައްޒާއިސްރާއީލް-ހަމާސްހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު