Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އެމެރިކާ

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

2 ޑިސެމްބަރު 2025 | އަންގާރަ 05:09

އަވަސް ތާރީޚެއްގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު، ޓްރަމްޕް ނަތަންޔާހޫ އަށް ދެއްވާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރެއްވުމުގެ ދައުވަތު ދެއްވާފައިވާ ކަމަށް ބުނި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަ ކޮށްފައި ނުވެ އެވެ.

ނަތަންޔާހޫއާއި ޓްރަމްޕް މަޝްވަރާ ކުރެއްވީ ހަމާސް ހަތިޔާރުން ސާފުކުރުމާއި ގާޒާ ސިފައިން ސާފުކުރުމާއި އިޒްރޭލާ ގުޅުމެއް ނެތް ގައުމުތަކާ ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2025 | އަންގާރަ 05:09
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޯނުން ގުޅުއްވައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފި އެވެ.

ހޯމަ ދުވަހު ދެ ބޭފުޅުން ފޯނުން ގުޅުއްވައި މަޝްވަރާ ކޮށްފައި ވަނީ، އިސްރާއީލް އިން ސީރިއާގައި ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެނައުމަށް ޓްރަމްޕް ގޮވާލައްވާފައި ވަނިކޮށެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، އެ ފޯނު ކޯލުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ހަތިޔާރުތައް ނައްތާލުމާއި، ޣައްޒާ އިން ސިފައިން ބޭލުމުގެ ކަންތައްތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި އިސްރާއީލް އިން ރަސްމީކޮށް ގުޅުން ޤާއިމު ކޮށްފައި ނުވާ ޤައުމުތަކާ އެކު، ގުޅުން ޤާއިމު ކުރުމުގެ މައްސަލަ އަށް ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އަވަސް ތާރީޚެއް ގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު، ޓްރަމްޕް ނަތަންޔާހޫ އަށް ދެއްވާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރެއްވުމުގެ ދައުވަތު ދެއްވާފައިވާ ކަމަށް ބުނި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަ ކޮށްފައި ނުވެ އެވެ.

އެ ފޯނު ކޯލުގެ ކުރިން ޓްރަމްޕް ވަނީ، އިސްރާއީލް އިން ސީރިއާ އަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ގޮވާލައްވައިފަ އެވެ. އަދި ސީރިއާގެ އައު ސަރުކާރަށް އިސްރާއީލް އިން އެއްބާރުލުންދީ، އެ ޤައުމާ އެކު ގުޅުން ޤާއިމު ކުރުމަށް ވެސް ޓްރަމްޕް ގޮވާލައްވާފައިވެ އެވެ.

އެމެރިކާ އާއި އިސްރާއީލް އަކީ އަބަދު ވެސް ގާތް ގުޅުމެއް އޮންނަ ދެ ޤައުމަށް ވާއިރު، ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރުގެ ހުވާ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ކުރެއްވި ފަހުން، މިހާތަނަށް ވައިޓް ހައުސް އަށް އެންމެ ގިނައިން ވަޑައިގެންނެވި ބޭފުޅަކީ ވެސް ނަތަންޔާހޫ އެވެ.

ޓްރަމްޕް ގެންދަވަނީ އެކި އެކި ދުވަސް ތަކުގައި ނަތަންޔާހޫގެ ދިފާއުގައި ވެސް ވާހަކަ ދައްކަވަމުންނެވެ. ޚާއްސަކޮށް އިސްރާއީލްގައި ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާތައް އުފުލި، އެ މައްސަލައިގެ ޝަރީއަތް ވެސް ފަށާފައިވާއިރު، އެ މައްސަލަ ބޭރުކޮށްލުމަށް ވެސް ޓްރަމްޕް ގޮވާލައްވާފައިވެ އެވެ. އަދި ނަތަންޔާހޫ އަށް މައާފު ދެއްވުމަށް ވެސް، ޓްރަމްޕް ވަނީ އިސްރާއީލްގެ ރައީސް އިސްހާގް ހާޒޮޒް އަށް ގޮވާލައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމައިސްރާއީލު-އެމެރިކާ ގުޅުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް