Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ހާލަތު

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

އާއްމު ރައްޔިތު މީހާގެ އަތްމަތި ވަނީ ހުސްވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:32
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ދިވެހިރާއްޖެ މިހާރު އޮތް ހާލަތާއި، ''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމަށް ރައްޔިތުން ނުކުންނަންޖެހޭ ސަބަބުންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ މިހާރު ހާލަތު އޮތްގޮތް ކޮންމެ މީހަކަށް ތަސައްވުރު ކުރެވޭ ކަމަށާއި، އާއްމު ރައްޔިތު މީހާގެ އަތްމަތި ހުސްވެފައިވާ ކަމަށެވެ. އަދި ދެމަފިރިން އެކީގައި ބުރަކޮށް ދުވާލު ހަތަރު ދަމު މަސައްކަތް ކޮށްގެން ވެސް ގޭތެރޭގައި ހަރަދު ދެކޮޅު ޖެއްސޭވަރުނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ތަކެތީގެ އަގު އުފުލިގެން ދިޔައީ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، ޑޮލަރު މާރުކުރުމާބެހޭ ގޮތުން މިސަރުކާރުން ގެނައި ސިޔާސަތާ ގުޅިގެން ކަމަށެވެ. މިސަރުކާރުގެ ކޮންމެ ސިޔާސަތަކަށްވާ ގޮތަށް ޑޮލަރުގެ ސިޔާސަތު ފެއިލްވެފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ތަކެތީގެ އަގު ބޮޑުވާން މިޖެހުނީ ކީއްވެގެންތޯ އަޅުގަނޑުމެން ބަލާލާއިރުގައި ދުނިޔޭގެ ގައުމުތަކުގައި އަޅުގަނޑުމެން އިންޕޯޓު ކުރާ ގައުމުތަކުގައި އެތަކެތީގެ އަގު ބޮޑެއް ނުވޭ. އެހެންނަމަވެސް ދިމާވި އެއް ސަބަބެއް ކަމަށް މިފާހަގަކުރެވެނީ ޑޮލަރަށް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ކަމަށް ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނެ ހިންގަން ފެށި ސިޔާސަތު ފެއިލްވުން. އޭގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެގެން މިދިޔައީ. އޭގެ ފަހުން ރައީސް މުއިއްޒު އެ ވިދާޅުވަނީ ސިޔާސީ ބޭނުމަކަށޭ ވިޔަފާރިވެރިން އެއްޗެހީގެ އަގު ބޮޑު ކުރަނީ. ނޫން. އެހެނެއް ނޫން އެވަނީއެއް. އިންޕޯޓު ކުރާ ތަކެތި ގަންނަން ޑޮލަރު އަގުބޮޑު ކޮށްލިބޭ ކަމަށްވަންޏާ ވިޔަފާރިވެރިންނަށް މަޖުބޫރުވޭ ތަކެތީގެ އަގުބޮޑުކުރަން. އެއީ މިދިމާވެގެން މިއުޅޭ ސަބަބަކީ. ސިޔާސަތެއް ފެއިލްވީމަ ދެން ޖެހޭނީއެއާ ދޭތެރޭގައި އެހެން ގޮތެއް ހޯދަން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރައީސް ސާލިހު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ އާއްމު ރައްޔިތުންނަށް އާސަންދަ ލިބުން މިހާރު ވަރަށް ދަތިވެފައިވާ ކަމަށާއި، މީގެ ކުރިން މި ޚިދުމަތް ލިބުނު ގޮތަށް އާއްމު ރައްޔިތުންނަށް އާސަންދަ ނުލުބޭ ކަމަށެވެ. ނަމަވެސް އާސަންދަ ބަޖެޓު އިންތިހާއަށް ބޮޑުވެ ހުސްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް އޮތް ތިން ބާރުވަކިވެފައިވާ ގާނޫނު އަސާސީގެ ކޮންސެޕްޓް ގެއްލުވާލާފައިވާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ޖުޑިޝަރީ ވަކި މީހެއްގެ މުށުތެރެއަށްލާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި ނޫސްވެރިކަން ވެސް ކޮންޓްރޯލްކޮށް މަރާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން މުޅި ގާނޫނު އަސާސީ މަފްހޫމް އެ ކޮންސެޕްޓް މުޅިން ގެއްލުވާލައިފި. ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށްޓަކައި މިއޮތް ތިން ބާރު ވަކިކޮށް މިނިވަން މުއައްސަސާތަކާއެކު ހިންގުމަށް އިންތިޒާމްކޮށްފައި އޮތް ގާނޫނު އަސާސީ އެ ކޮންސެޕްޓް އެއްކޮށް ގެއްލުވާލައިފި. ރައްޔިތުންގެ މަޖިލީހޭ ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތެއް މިހާރަކު ނެތް. ހަމައެކަނި ރައްޔިތުން ހޮވާކަން އެކަނި. އެއަށްފަހު ދެން އެތަނުގައި ދައްކާ ވާހަކައެއް ނަގާ ވޯޓެއް މިނެގެނީ ވަކި މީހަކު ވިދާޅުވާ ގޮތަށް. މިނިވަން މުއައްސަސާތައް އެހުރީ ޖުޑީޝަރީއަށް މިވަނީ ވަކި މީހެއްގެ މުށުތެރެއަށް ލާފައި. މިނިވަން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމުގެ ޔަގީންކަމެއް މިއަދަކު ނެތް. ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ ރައްޔިތުން ދައްކާ ވާހަކަ ރައްޔިތުންނާ ހިސާބަށް ގެންގޮސްދޭން އޮތް އެއްޗަކީ ނޫސްވެރިކަން. ނޫސްވެރިކަން މިއަދު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި. އެވަނީ ކޮންޓްރޯލްކޮށް ހަގީގަތުގައި ބުނާނަމަ މާރާލާފައި މިއަދު.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެއްވެސް ވައުދެއް މިހާތަނަށް ފުއްދަވާފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު ވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް އެވައުދުތައް ތަކުރާރު ކުރައްވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިހެން ގޮސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވީވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައިނުވޭ. ވައުދުތަކަށްފަހު ވައުދެއް މިހާރުވަމުން އެވަޑައިގަންނަވަނީ. ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގަންނެވި އެއްވެސް ކަމެއް ނުހިނގާ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް އެތައް ވައުދެއް ވެއްޖެ. އެކަމެއް ނުކުރެވޭ. އެއްފަހު އަނެއްކާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެދަނީ އަނެއްކާ ވެސް އިތުރު ވައުދުތައްވަމުން. އެހެންނަމަވެސް އެއިން ވައުދެއް ފުއްދޭތަނެއް ނުފެނޭ. އެހެންވީމަ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް މިވަގުތު. މިފަދަ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނައިރުގައި ރައްޔިތުންގެ އަޑު އިއްވަން އަޅުގަނޑުމެން އެބަ ނުކުންނަންޖެހޭ. ރައްޔިތުން އެމްޑީޕީގެ ފަރާތުން އެކަމަށް އެދޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރައީސް ސާލިހު ވިދާޅުވީ، މިސަރުކާރުގައި މުޅި ރާއްޖޭގެ މިއޮތީ ނިކަމެތިވެފައި ކަމަށާއި، ސަރުކާރާ ދެކޮޅަށް އަދި ހަރުދަނާ ކުރުމަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުއިގްތިޞާދީ ހާލަތުސަރުކާރުގެ ސިޔާސަތުފަށާއިރުދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

03 މާރިޗު 2026
އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު

އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026
ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު