Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ގްރީން އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އީގަލްސް އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ފަހު ވަގުތު ލަނޑު ޖަހައިގެން ގްރީން ވަނީ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:37
ލީގުގައި މީގެ ކުރިން ކުލަބު ގްރީން ސްޓްރީޓްސް އިން ކުޅުނު މެޗެއްގެ ތެރެއިން

ލީގުގައި މީގެ ކުރިން ކުލަބު ގްރީން ސްޓްރީޓްސް އިން ކުޅުނު މެޗެއްގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ކުލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގްރީން އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ގްރީން އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އީގަލްސް އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ފަހު ވަގުތު ލަނޑު ޖަހައިގެން ގްރީން ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގަައި ގްރީން އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ ޚާދިމް އަޙުމަދު އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ގްރީން އަށް ލީޑު ފުޅާ ކޮށްދިނީ ރިޟްވާން ވަޙީދު އެވެ.

އޭގެ ތިން މިނެޓު ފަހުން އީގަލްސް އިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އީގަލްސް އަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ކަޓްސުޔޯޝީ ކިމިޝީމާ އެވެ. ދެ ވަނަ ހާފުގައި އީގަލްސް އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. އެއީ އަޙުމަދު ރިޒްވާން (ރިޒޭ) ޖެހި ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ގްރީން އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު ވެސް ގްރީން އަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ އެވެ.

މިއީ ލީގުގައި ގްރީން އިން ހޯދި ފުރަތަމަ މޮޅެވެ. ގްރީންގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަދި ދެ ވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބު އަތުން ވެސް ވަނީ ބަލިވެފަ އެވެ. އީގަލްސް އަތުން ހޯދި މޮޅާއެކު، އެ ޓީމަށް ވަނީ އުންމީދެއް ލިބިފަ އެވެ. ލީގުގައި ގްރީން އަށް ދެން އޮންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

ލީގުގައި އީގަލްސްގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ވަނީ އެއްވަރުވެފަ އެވެ. ތިން ވަނަ މެޗުގައި ގްރީން އަތުން ބަލިވީއިރު، މި ސީޒަންގައި އީގަލްސް އަށް އަދި މޮޅެއް ހޯދިފައި ނުވެ އެވެ. ލީގުގައި އީގަލްސްގެ ހަތަރު ވަނަ މެޗުގައި ނިކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ކުލަބް ގްރީން ސްޓްރީޓްސްދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު