Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

މިއީ ލީގުގައި ނިއު ރޭޑިއަންޓްގެ ތިން ވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އިން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދިއިރު، ދެ ވަނަ މެޗުގައި ވަނީ ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)ގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ތިން މެޗުން ވެސް މޮޅުވެ ނިއު ރޭޑިއަންޓް އަށް ނުވަ ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ދެ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 03:50
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ސެންޓޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ސެންޓޭ އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅުނު ތިން ވަނަ މެޗުގައި ކުލަބު ވެލެންސިއާ ބަލިކޮށް، އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ނިއު ރޭޑިއަންޓް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ނިއު ރޭޑިއަންޓް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އެގޮތުން ނިއު ރޭޑިއަންޓްގެ އަލީ ފާޞިރު (ސެންޓޭ) އަދި ޙަސަން ރާއިފު އަޙުމަދަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ނިއު ރޭޑިއަންޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓް އަށް ލީޑު ނަގައިދިނީ ސެންޓޭ އެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ސެންޓޭ ވަނީ އިތުރު ލަނޑެއް ޖަހައި ނިއު ރޭޑިއަންޓްގެ ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ވެލެންސިއާގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ނިއު ރޭޑިއަންޓް އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ސެންޓޭ ޖެހި ލަނޑެވެ.

މިއީ ލީގުގައި ނިއު ރޭޑިއަންޓްގެ ތިން ވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އިން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދިއިރު، ދެ ވަނަ މެޗުގައި ވަނީ ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)ގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ތިން މެޗުން ވެސް މޮޅުވެ ނިއު ރޭޑިއަންޓް އަށް ނުވަ ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއް ވަަައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވެސް ލިބެނީ ތިން މެޗުން ނުވަ ޕޮއިންޓެވެ.

ލީގުގައި ނިއު ރޭޑިއަންޓް އަށް ދެން އޮންނާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ހަތް އަހަރަށް ފަހު ނިއު ރޭޑިއަންޓް އިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނައިރު، އެ ޓީމު ފެންނަނީ ވަރަށް ވަރުގަދަ ކޮށެވެ. ލީގުގައި މިހާތަނަށް އައި ނިއު ރޭޑިއަންޓް ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، އެ ޓީމުގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން އެބަ ތިއްބެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު ވެލެންސިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު