Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޓްރަމްޕްގެ ޕްލޭނަށް އިސްލާމީ ޤައުމު ތަކުގެ ތާއީދު

ޓްރަމްޕްގެ ހުށަހެޅުމާ ގުޅިގެން ސައުދީ އަރަބިއްޔާ، ޖޯޑަން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، ޤަތަރު އަދި މިޞްރުގެ ފޮރިން މިނިސްޓަރުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޤައުމު ތަކުން ވަނީ މަރުޙަބާ ކިޔައިފަ އެވެ.

ސަޢޫދީ އަރަބިއްޔާ އާއި އެހެން އިސްލާމީ ޤައުމުތަކުން ޣައްޒާގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް މަރުހަބާ ކިޔައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 10:34
އަރަބި ޤައުމު ތަކުގެ ލީޑަރުންނާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އަރަބި ޤައުމު ތަކުގެ ލީޑަރުންނާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން އަށް، ސައުދީ އަރަބިއްޔާ ހިމެނޭހެން، އިސްލާމީ ޤައުމު ތަކުން މަރުޙަބާ ކިޔައިފި އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ، ހަނގުރާމަ ހުއްޓުމަށް ބޭނުންވާ ޕްލޭން ހުށަހަޅުއްވައިފަ އެވެ. އަދި ނަތަންޔާހޫ ވަނީ އެ ޕްލޭން އަށް ތާއީދުކޮށް، އެ ޕްލޭން ބަަލައި ގަންނަ ކަމަށް ބުނެފަ އެވެ.

ޓްރަމްޕްގެ ހުށަހެޅުމާ ގުޅިގެން ސައުދީ އަރަބިއްޔާ، ޖޯޑަން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، ޤަތަރު އަދި މިޞްރުގެ ފޮރިން މިނިސްޓަރުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޤައުމު ތަކުން ވަނީ މަރުޙަބާ ކިޔައިފަ އެވެ.

ސައުދީގެ ޕްރެންސް އެޖެންސީ (އެސްޕީއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި، މިނިސްޓަރުން ވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ދައްކަވަމުން އަންނަ ލީޑާޝިޕާއި، އިޚުލާސްތެރި މަސައްކަތަކަށް މަރުޙަބާ ކިޔުއްވައިފަ އެވެ. އަދި ސުލްހައިގެ މަގެއް ހޯއްދެވުމުގެ ޤާބިލުކަން ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް، އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދެކެވެ. އެގޮތުން ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވެރިކަން ޤާއިމު ކުރުމަކީ ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދެކެވެ. ނަމަވެސް، ޓްރަމްޕްގެ ރިޔާސީ ދައުރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް، އެކަމުގައި ޙައްލެއް ހޯދިފައި ނުވާތީ އޭނާ އަށް ފާޑު ކިޔުން އަމާޒުވެ އެވެ.

އިސްލާމީ އަދި އަރަބި ޤައުމު ތަކުން ނެރެފައިވާ ބަޔާނުގައި ވަނީ ސަރަހައްދުގައި ސުލްހަ ޤާއިމު ކުރުމުގައި އެމެރިކާއާ އެކު އޮންނަ ގުޅުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. ހަމަ އެހެންމެ އެއްބަސްވުން ތަންފީޒުކޮށް، ބިނާ ކުރުވަނިވޮ ގޮތެއްގައި މަސައްކަތް ކުރުމަށް ޤައުމު ތަކުން އޮތީ ތައްޔާރަށް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޓްރަމްޕްޣައްޒާ ހަނގުރާމައިސްރާއީލް-ހަމާސްސައޫދީ އަރަބިއްޔާއިސްލާމީ ޤައުމުތައް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު