Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025 | އާދީއްތަ 14:26

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު 44 ދުވަހުގެ ތެރޭގައި އިޒްރޭލުން 497 ފަހަރު އެއްބަސްވުމާ ޚިލާފުވެ، 342 ފަލަސްޠީނުގެ އާންމުން ޝަހީދުކޮށް 875 މީހުން ޒަޚަމްކޮށްލައިފި.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 14:26
ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން ސަރަހައްދު ފުނޑުވެ ހަލާކުވެފައި

ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން ސަރަހައްދު ފުނޑުވެ ހަލާކުވެފައި

ޢައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ޙަމާސް އާއި އިޒްރޭލް އާ ދެމެދު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުގެ އަސްކަރިއްޔާއިން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ އެވެ. މި ޙަމަލާތަކުގައި އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ޙަމަލާތަކުގައި އާންމުންގެ 342 މީހުން ޝަހީދުވެ، 875 މީހުން ޒަޚަމްވެފައިވެއެވެ. އަދި ޝިކާރައަކަށްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި، ދުވަސްވީ މީހުންނެވެ.

މި ބަޔާނުގައި، މީހުން މެރުމުގެ ނުރައްކާތެރި ޙަމަލާތަކާއި ހުއްޓުމެއްނެތި ބިމަށް އަރައިގަތުމުގެ ޒަރީއާއިން، ސިސްޓަމެޓިކް ގޮތެއްގައި އެއްބަސްވުމާ ޚިލާފުވަމުންދާތީ އިސްރާއީލު ކުށްވެރިކޮށްފައެވެ.

އަދި ހޮނިހިރު ދުވަހު އެކަނިވެސް އެއްބަސްވުމާ ޚިލާފުވި 27 ޢަމަލެއް ރެކޯޑުކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން 24 މީހުން ޝަހީދުވެ 87 މީހުން ޒަޚަމްވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

މިކަންކަމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ "ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުން" ކަމަށް މީޑިއާ އޮފީހުން ސިފަކޮށްފައިވެއެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ، އާންމުންނަށާއި، ގެތަކަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް ޖަހާފައިވާ ފޭލިގެތަކަށް އަމާޒުކޮށް 142 ފަހަރު ބަޑިޖަހާފައެވެ. އަދި 'ޔެލޯ ލައިން'ގެ ނަމުން ނަންދީފައިވާ ސަރަޙައްދު ހުރަސްކޮށް އެއްގަމު މަގުން 21 ފަހަރު އަރައިގަނެ، ވައިގެ މަގުންނާއި ބޮޑުބަޑީގެ ޙަމަލާތަކާއި އެއްގަމު ސިފައިންގެ 228 ޙަމަލާ ދީފައިވެއެވެ. މީގެ އިތުރުން، އާންމުންގެ 100 އިމާރާތްތައް ތަޅާލާފައިވާ ކަމަށާއި، މިއީ "ޖަމާޢީ އަދަބެއް" ކަމަށާއި މިއީ ފަނާ ކުރުން އިތުރު ކުރުމުގެ މަސައްކަތެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމާސް-އިސްރާއީލްޣައްޒާފަލަސްތީނުޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް