Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސް

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސްއިން ބުނީ ޣައްޒާ ހިންގުމަށް ޓެކްނޮކްރެޓިކް ކޮމިޓީއެއް އެކުލަވާލުމަށް އެއްބަސްވެފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެއްބަސްވުންތައް ތަންފީޒުކުރުމަށް އިޒްރޭލުން ހުރަސްއަޅަމުން އަންނަ ކަމަށް.

ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2025 | ހޮނިހިރު 13:30
ފަލަސްތީނުގެ ހަމާސްގެ ހަނގުރާމަވެރިން ބައިތު ލާހިޔާ ގައި ސަރަހައްދެއް ބަލަހައްޓަނީ

ފަލަސްތީނުގެ ހަމާސްގެ ހަނގުރާމަވެރިން ބައިތު ލާހިޔާ ގައި ސަރަހައްދެއް ބަލަހައްޓަނީ

ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ޣައްޒާ ސަރަހައްދުގެ ވެރިކަން ކުރަން ބޭނުމެއް ނުވާ ކަމަށާއި، ދެން އަންނަ ފިޔަވަހީގައި ޣައްޒާ ހިންގުމަށް ޓެކްނޮކްރެޓިކް ކޮމިޓީ އެއް އެކުލަވާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފި އެވެ.

ހަމާސް ގެ އިސް އޮފިޝަލަކު އަލް އަރަބިއްޔާ އާ ވާހަކަ ދައްކަމުން ޓެކްނޮކްރެޓިކް ކޮމިޓީ އަށް ހުށަހަޅާފައިވާ ހުރިހާ ނަންތަކަށް ހަމާސް އިން ތާއީދުކޮށްފައިވާ ކަމަށާއި، މި ލިސްޓާ ގުޅޭގޮތުން ޖަމާޢަތުގެ ތެރޭގައި އެއްބަސްވުމެއް އޮތް ކަމަށް ބުންޏެވެ. މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވިޔަސް، އެއްބަސްވެފައިވާ ފިޔަވަޅުތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށް އިޒްރޭލުން ހުރަސްއަޅަމުން އަންނަ ކަމަށް އޭނާ އިތުރަށް ބުންޏެވެ.

ހަމާސްގެ އޮފިޝަލް ބުނީ ޣައްޒާ އަށް އަންނަ ބައިނަލްއަގުވާމީ ފައުޖުގެ މައިގަނޑު ރޯލަކަށް ވާނީ ހަނގުރާމަ ހުއްޓާލަން ވީ އެއްބަސްވުން މޮނިޓަރ ކުރުން ކަމުގައެވެ. އެމީހުންނަށް ދާޚިލީ ވެރިކަމުގައި ބައިވެރިވުމަށް ފުރުސަތެއް ނުއޮންނާނެ ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ މެދުވެރިވެގެން ޣައްޒާ ގައި އިޒްރޭލާއި ހަމާސް އާ ދެމެދު ހިނގަމުން ދިޔަ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއް އޮކްޓޫބަރު 10 ގައި ތަންފީޒުކުރަން ވަނީ ފަށާފަ އެވެ.

އެހެން ނަމަވެސް އިޒްރޭލުން އަދިވެސް ގެންދަނީ ޣައްޒާ އަށް ދޭތެރެ ދޭތެރެއިން އެއްބަސްވުމާ ޚިލާފުވެ ހަމަލާ ދެމުންނެވެ.

ހަމާސްޣައްޒާއިޒްރޭލްފަލަސްތީނުހަމާސް-އިސްރާއިލް ހަނގުރާމަޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު