Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

ހާން ޔޫނިސްގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 5 މީހުން މަރުވެ 18 މީހުން ޒަހަމްވެފައިވާއިރު، މި ފަދަ ހަމަލާތަކުގެ ސަބަބުން 6 ހަފްތާ ވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލިކަށިވެ، އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ގަތަރުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 14:59
ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގައި މަރުވި ފަލަސްތީނުގެ މީހެއްގެ ޖަނާޒާ ގައި އާއިލާ މީހުން ހިތާމަ ކުރަނީ

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގައި މަރުވި ފަލަސްތީނުގެ މީހެއްގެ ޖަނާޒާ ގައި އާއިލާ މީހުން ހިތާމަ ކުރަނީ

ޣައްޒާ ގެ ދެކުނުގައިވާ ހާން ޔޫނިސް ގައި ބުރާސްފަތި ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަހަމްވި ކަމަށް ޣައްޒާ ގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

މިއީ ހަމާސް އާއި އިޒްރޭލް އާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމަށް ވީ 6 ހަފްތާ ގެ ތެރޭގައި ހިނގި މިފަދަ އިތުރު ހާދިސާ އެކެވެ. މިއާއެކު އެއްބަސްވުން ބަލިކަށި ވަމުންދާ ކަމުގެ ނިޝާންތައް އިތުރުވެފައިވާ ކަން ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހާން ޔޫނިސްގެ ބަނީ ސުހައިލާ ޓައުންގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއް ގައި ކުޑަ އަންހެން ކުއްޖެއް ހިމެނޭ ގޮތުން 3 މީހުން ޝަހީދުވެ 15 މީހުން ޒަހަމްވި ކަމަށާއި އެހެން ހަމަލާ އެއް ގައި ކައިރީގައިވާ އަބައްސާން ޓައުން ގައި ފިރިހެނެއް ޝަހީދުވެ 3 މީހުން ޒަހަމްވި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުގެ ސިފައިންގެ ފަރާތުން ހަމަލާތައް ދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާ ގައި ގެއްލުންވި މީހުންގެ މައުލޫމާތު ނޭނގޭ ކަމަށް ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ފަހުން، އަލް-ނާސިރު ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ އަބައްސާން ޓައުންގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާ އެއް ގައި ފަސްވަނަ ފަލަސްތީނު މީހާ މަރުވި ކަމަށެވެ.

ބުދަ ދުވަހު، ފަލަސްތީނުގެ ހަތިޔާރުއެޅި ގުރޫޕުގެ މެމްބަރުން އެމީހުންގެ ސިފައިންނަށް ބަޑީގެ ހަމަލާދިނުމަށް ފަހު އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ހަމަލާދިން ކަމަށް އިޒްރޭލުން ބުނެފައިވާއިރު، ޣައްޒާ ގެ ޑޮކްޓަރުން ބުނީ މަދުވެގެން ފަލަސްތީނުގެ 25 މީހުން ޝަހީދުވެފައިވާ ކަމަށެވެ. މިއީ އޮކްޓޯބަރު 29 ވަނަ ދުވަހުން ފެށިގެން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ހަމަލާއެވެ.

ހަމާސް އިން ބުނެފައި ވަނީ އިޒްރޭލުގެ ހަމަލާތައް އިތުރުވުމަކީ ނުރައްކަލެއް ކަމަށާއި، ހަނގުރާމަ ހުއްޓުވުމަށް މެދުވެރިވީ ގަތަރާއި ތުރުކީން މައްސަލައިގެ ތެރެއަށް ވަނުމަށެވެ.

ހަމާސް-އިޒްރޭލު ހަނގުރާމައިގައި މައިގަނޑު މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ގަތަރުން، ޣައްޒާ ސަރަހައްދަށް އިޒްރޭލުން ދިން އާ ވައިގެ ހަމަލާތައް ކުށްވެރިކޮށް، މި ހަމަލާތަކުގެ ސަބަބުން ހަފްތާތަކެއް ވަންދެން ދެމިއޮތް އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމަށް ބުންޏެވެ.

ދެ އަހަރު ދުވަހަށް ދިގުދެމިގެން ދިޔަ ޣައްޒާގެ ހަނގުރާމަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އަމަލު ކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން، ހަނގުރާމައިގެ ހޫނު ކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވެއެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެތައް ސަތޭކަ ހާސް ފަލަސްޠީނުގެ ރައްޔިތުންނަށް އަނބުރާ އެމީހުންގެ ވަޒަނަށް އާދެވޭނެ މަގު ތަނަވަސްވެ، އެހީގެ ގާފިލާތައް ޣައްޒާ އަށް ވަނުމަށް މަގު ފަހިވި އެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާގެ މައި ސަރަޙައްދުތަކުން އެ ޤައުމުގެ ސިފައިން އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް، އަދިވެސް ހަމަނުޖެހުންތައް މުޅިން ހުއްޓިފައެއް ނުވެއެވެ. އެ ސަރަޙައްދުގެ ޙާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން އިސްރާއީލުގެ ސިފައިން ޣައްޒާ އަށް ދިން ޙަމަލާތަކުގައި 312 މީހުން ޝަހީދުކޮށްލާފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން އެ ޤައުމުގެ ތިން ސިފައިން މަރުވެފައިވާއިރު، އެތައް ސަތޭކަ ހަނގުރާމަވެރިންނަށް އެ ޤައުމުން ވަނީ ޙަމަލާދީފައެވެ.

ޣައްޒާގެ ހަނގުރާމަ ފެށުނީ 7 އޮކްޓޯބަރ 2023 ގައެވެ. އިސްރާއީލުން ދެމުން ގެންދާ ޙަމަލާތަކުގައި 69,000 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ބަންދުގައި ތިބި ފަލަސްޠީނުގެ ގާތްގަނޑަކަށް 2,000 ގައިދީންނާއި ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވާއިރު، ހަމާސް އިން ވަނީ ޣައްޒާގައި ރަހީނުކޮށްފައި ދިރިތިބި 20 މީހުން ވެސް ދޫކޮށްލާފައެވެ.

ޚާން ޔޫނިސްޣައްޒާއިސްރާއީލް-ހަމާސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު