Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

ހުކުރު ދުވަހު އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޕީޓާސް ވިދާޅުވީ، މިހާރު ހިނގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާގެ ވެރި ކަމުގައި ހަމާސް ޖަމާއަތް އޮތުމާއި، ކުރިއަށް އޮތް ދުވަސް ތަކުގައި ކަންތައް ވާނެ ގޮތުގެ ސާފު މަންޒަރެއް ފެންނަން ނެތުމާ އެކު، މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް.

ނިއުޒިލެންޑުން މިވަގުތު ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:12
އދ ގެ ޖެނަރަލް އެސެމްބްލީގައި ނިއުޒިލެންޑްގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް ވާހަކަ ދައްކަވަނީ

އދ ގެ ޖެނަރަލް އެސެމްބްލީގައި ނިއުޒިލެންޑްގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް ވާހަކަ ދައްކަވަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތް ނަމަވެސް، މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި އެވެ.

އެކަން ހާމަ ކުރައްވައި ވާހަކަ ދައްކަވަމުން ނިއުޒިލެންޑްގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް ވިދާޅުވެފައި ވަނީ، މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ތާއީދު ކުރާ ކަަމަށް އޭނާ ހާމަ ކުރެއްވި އެވެ.

ހުކުރު ދުވަހު އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޕީޓާސް ވިދާޅުވީ، މިހާރު ހިނގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާގެ ވެރި ކަމުގައި ހަމާސް ޖަމާއަތް އޮތުމާއި، ކުރިއަށް އޮތް ދުވަސް ތަކުގައި ކަންތައް ވާނެ ގޮތުގެ ސާފު މަންޒަރެއް ފެންނަން ނެތުމާ އެކު، މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް މިވަގުތު އިސްކަން ދީފި ނަމަ، އިސްރާއީލް އާއި ހަމާސްގެ މައްޗަށް އިތުރު ބާރު ތަކެއް ފޯރުވި، ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތި ވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމާފައިވާއިރު، މިއީ އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ އެއް އަމާޒަށް މަސައްކަތް ކުރާ ޤައުމުތަކާ ތަފާތު ނިންމުމެކެވެ. މި ޤައުމު ތަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަަލައި ގަނެ، އެކަން އިއުލާން ކޮށްފަ އެވެ. އެއާއެކު، މިހާރު 140 އަށް ވުރެ ގިނަ ޤައުމަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް ތާއީދު ކޮށްފަ އެވެ.

ނިއުޒިލެންޑްގެ ސަރުކާރުން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މިހާރަށް ވުރެ ސުލްޙަ އާއި މަޝްވަރާގެ ފުރުސަތު ވެސް ބޮޑު ދަނޑި ވަޅެއްގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމުގެ އުންމީދު އޮތް ކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުން ފަސް ކުރުމަށް ނިއުޒިލެންޑްގެ ސަރުކާރުން ނިންމި ނިންމުމާ މެދު، އެ ޤައުމުގެ އިިދިކޮޅު ލޭބާ ޕާޓީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ފާޑު ކިޔައިފަ އެވެ. ލޭބާ ޕާޓީ އިން ބުނެފައި ވަނީ، ސަރުކާރުގެ ނިންމުމަކީ ތާރީޚުގެ ނުބައި ފަޅީގައި ތިބުމުގެ ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން އެ ނިންމުމާ މެދު ނިއުޒިލެންޑްގެ ރައްޔިތުން ހިތްހަމަ ނުޖެހޭނެ ކަަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަނެގެން މެނުވީ، މެދު އިރުމަތީގެ ސުލްޙަ އާއި ދެ ދައުލަތުގެ ޙައްލު ނުގެނެވޭނެ ކަމަށް ވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.

މަސްދަރު: ރޮއިޓާސް

ނިއުޒިލެންޑްވިންސްޓަން ޕީޓާސްފަލަސްތީނު-އިސްރާއީލްޣައްޒާ ހަނގުރާމަދެ ދައުލަތުގެ ހައްލު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު