Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަތިޔާާރާ ގުޅޭ ގޮތުން ހަމާސްގެ ވިސްނުން ސާފުކޮށް ބުނެދޭން ޖެހޭ: ފަލަސްޠީނުގެ ބޮޑު ވަޒީރު

ބޮޑު ވަޒީރު މުސްޠަފާ ވިދާޅުވީ، އަމިއްލަ ނަަފްސަށް އިޙުތިރާމް ކުރާ ކޮންމެ ދައުލަތަކުން ވެސް ހަތިޔާރާއި، ޤާނޫނު އަދި ޤާނޫނުގެ ވެރިކަމުގެ ބާރުތައް އެތައް ފަރާތްތަކެއްގެ އަތުގައި ހުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ވިދާޅުވީ ހަތިޔާރު، ގާނޫނު އަދި ޣައްޒާގެ ސަލާމަތާ ރައްކާތެރިކަން ފުރިހަމައަށް ފަލަސްތީނު ދައުލަތުގެ އަތުގައި އޮންނަންޖެހޭ ކަމަށެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2025 | ބުދަ 06:29
ފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާ

ފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާ

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން، ހަތިޔާރާ ގުޅޭ ގޮތުން ސާފުކޮށް ޖަވާބެއް ދޭން ޖެހޭ ކަމަށް، ފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެ އެވެ.

ފަލަސްޠީނުގެ ބޮޑު ވަޒީރު އެހެން ވިދާޅުވީ އަންގާރަ ދުވަހު އަލް އަރަބިއްޔާ އަށް ދެއްވި އިންޓަވިޔުގަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ޣައްޒާގެ ވެރިކަމާ ގުޅޭ ގޮތުން ހަމާސްގެ ވިސްނުން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ، ހަތިޔާރު ބެހެއްޓުމުގެ މައްސަލައިގައި ވެސް، އެ ޖަމާއަތުގެ ވިސްނުން ބުނެދޭން ޖެހޭ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ބޮޑު ވަޒީރު މުސްޠަފާ ވިދާޅުވީ، އަމިއްލަ ނަަފްސަށް އިޙުތިރާމް ކުރާ ކޮންމެ ދައުލަތަކުން ވެސް ހަތިޔާރާއި، ޤާނޫނު އަދި ޤާނޫނުގެ ވެރިކަމުގެ ބާރުތައް އެތައް ފަރާތްތަކެއްގެ އަތުގައި އޮތުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ހަތިޔާރު އަދި ޤާނޫނީ ގޮތުން ވެސް ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ އަށް އޮންނަން ވާނީ ފަލަސްޠީނުގެ ދައުލަތުގެ އަތް މަތީގައި ކަމަށެވެ.

ނަމަވެސް، ފަލަސްޠީނު އޮތޯރިޓީ އިން ޣައްޒާގެ ވެރިކަމާ ހަވާލުވާން އިސްރާއީލް އިން ބޭނުން ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ބައި ކުޅަ ދައުލަތެއް ފަލަސްޠީނުން ޤަބޫލު ނުކުރާނެ ކަމަށާއި، ޣައްޒާގެ ވެރިކަން ފުރިހަމަ އަށް ހިންގަން ވާނީ ފަލަސްޠީނުގެ އޮތޯރިޓީ އިން ކަމަށެެވެ.

އިތުރަށް އޭނާ ވިދާޅުވެފައި ވަނީ ފަލަސްޠީނު ސަރުކާރުން، ޢަރަަބި ޤައުމުތަކާ އެކު ޣައްޒާގައި ފަލަސްޠީނު އޮތޯރިޓީ އިން އަދާ ކުރާ ވާޖިބު ތަކަށް ތާއީދު ކުރުމުގެ މަސައްކަތުގައި އެއްބާރުލުން ހޯދިފައިވާ ކަމަށެވެ. ޚާއްސަކޮށް ފަލަސްޠީނުގެ ދައުލަތަށް ތާއީދު ހޯދުމަށް ސައުދީ އަރަބިއްޔާ އިން އަދާ ކުރަމުން އަންނަ މުހިންމު ދައުރު އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން، މިޞްރު އަދި އުރުދުންގައި ތަމްރީނު ހޯދަމުން އަންނަނީ ޣައްޒާގައި އެ ވާޖިބުތައް އަދާ ކުރުމަށް ކަމަށާއި، ޣައްޒާގައި 18،000 ސަލާމަތީ މުވައްޒަފުން ތިބި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެ މުވައްޒަފުން ތިބީ އެ މީހުންގެ ވާޖިބުތައް އަލުން ފެށުމަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭންގެ ދަށުން ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދަން މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤުވާމީ ސަލާމަތީ ބާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުސްޠަފާ ވިދާޅުވީ، އެ މައްސަލައިގައި ފަލަސްޠީނުގެ އޮތޯރިޓީ އިން ބައިވެރިވެ ގޮތް ނިންމަން ޖެހޭނެ ކަމަށެވެ.

އެ ބާާރަކީ ފަލަސްޠީނު އޮތޯރިޓީ އިން ހުއްދަ ލިބިގެން މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، އެ ބާރުގެ މަސައްކަތް ވާން ޖެހޭނީ ވަގުތީ މަަސައްކަތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ބާރުގެ ދައުރަކީ ތާއީދު ކުރުމުގެ ދައުރަކަށް ވާން ޖެހޭ ކަމަށާއި، އެކަން އެހެން ގޮތަކަށް ބަދަލު ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ހަމާސްފަލަސްތީނު އޮތޯރިޓީފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާޣައްޒާ ހަނގުރާމަހަމާސް ޖަމާއަތް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު