Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

މަދު މަދުން ހަމަލާ ދިން ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެބަ އޮތް: ވޭންސް

އިސްރާއީލް އިން ޣައްޒާގެ އެކި ސަރަހައްދު ތަކަަށް ހަމަލާތައް ދެމުން އަންނައިރު، އިސްރާއީލް އާއި ހަމާސް އިން ވެސް ވަނީ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް އަމާޒު ކުރަމުންނެވެ. އެހެން ނަމަވެސް ވޭންސް ވިދާޅުވެފައި ވަނީ، ހަގީގަތުގއި އެއްބަސްވުން މިހާރު ވެސް ދެމި އޮތް ކަަމަށާއި، އެއްބަސްވުން އަދި ވެސް ކުރިއަށް ދާނެ ކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ވާންސް ވިދާޅުވީ ގާޒާގައި ހުއްޓުންހުރި ހަމަލާތައް ދެމިހުރި ކަމަށާއި ކުދި ހަނގުރާމަތައް ހިނގި ނަމަވެސް އެއީ އެއްބަސްވުން ބަންގުރާތުވެގެން ހިނގާ ކަންކަމެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 06:34
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާފައި އޮތްއިރު، މަދު މަދުން ޣައްޒާގައި ހަމަލާތައް ދެމުން އައި ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމި އޮތް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ޣައްޒާ ގައި އިސްރާއީލް އިން ހިންގަމުން އައި ހަނގުރާމަ ހުއްޓުމަކަށް ގެެނެސްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭންގެ ދަށުންނެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމިފައިވާ ކަމަށާއި، ދެން އޮތީ ދެ ވަނަ މަރުޙަލާ ތަންފީޒު ކުރުން ކަމަށް އެމެރިކާ ސަރުކާރުން ވަނީ ހާމަ ކޮށްފަ އެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވީ، ޣައްޒާގައި މިހާރު ވެސް ކޮންމެ ވެސް މިންވަރަކަށް ހަމަލާތައް ދެމުން އަންނަ ކަމަށާއި، އެކަމަކު އެއީ ވަރަށް ކުދި ކުދި ހަމަލާ ތަކެއް ކަމަށެވެ. ޣައްޒާގެ އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި އަދިވެސް އިސްރާއީލް އިން ގެންދަނީ ޣައްޒާގެ އެކި ސަރަހައްދު ތަކުގައި ހަމަލާތައް ދެމުންނެވެ.

އިސްރާއީލް އިން ޣައްޒާގެ އެކި ސަރަހައްދު ތަކަަށް ހަމަލާތައް ދެމުން އަންނައިރު، އިސްރާއީލް އާއި ހަމާސް އިން ވެސް ވަނީ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް އަމާޒު ކުރަމުންނެވެ. އެހެން ނަމަވެސް ވޭންސް ވިދާޅުވެފައި ވަނީ، ހަގީގަތުގައި އެއްބަސްވުން މިހާރު ވެސް ދެމި އޮތް ކަަމަށާއި، އެއްބަސްވުން އަދި ވެސް ކުރިއަށް ދާނެ ކަމަށެވެ.

އެކަން ފާހަގަކޮށް ވޭންސް ވިދާޅުވެފައި ވަނީ، ޣައްޒާގައި ހަމާސް ނުވަތަ އެހެން ފަރާތަކުން ވެސް، އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދީފި ނަމަ، އެކަމުގެ ރައްދުގައި އިސްރާއީލް އިން ހަމަލާ ދޭނެ ކަމަށް އެމެރިކާ އިން ލަފާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ފަދަ ކަންކަން ހިނގި ނަމަވެސް ރައީސް ޓްރަމްޕްގެ މަސައްކަތުން ޣައްޒާގައި ޤާއިމު ކޮށްފައިވާ ސުލްޙަ އާއި، ހަމަޖެހުން އަދި ވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވޭސް ވިދާޅުވި އެވެ.

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، އެމެރިކާ އިން އަންނަނީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ދޭތޯ ވަރަށް ގާތުން ބަލަމުންނެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ އިސް އަމާޒަކީ މެދު އިރުމަތީގައި ސުލްޙަ ޤާއިމު ކުރުން ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ޓްރަމްޕް ވިދާޅުވެފައިވާއިރު، އެ މަސައްކަތުގެ އެންމެ މުހިންމު އެއް ކަމަކީ ޣައްޒާގައި ހިނގަމުން އައި ހަނގުރާމަ ހުއްޓުމަކަށް ގެނައުން ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގި ހަނގުރާމައިގައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވެފަ އެވެ. ހަމަލާ ތަކުގައި ޣައްޒާ މުޅިން ސުންނާފަތި ވެފައިވާއިރު، އަލުން ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރަހައްދުގެ ޤައުމު ތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ސިޔާސީ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ވާހަކަ އިން ދޭހަ ވަނީ، ޣައްޒާގައި ހަމަޖެހުން ޤާއިމު ކުރުމާއި، ސުލްޙަ ދެމެހެއްޓުމަށް އެމެރިކާ އިން ފުރިހަމަ ސަމާލު ކަމެއް ދެމުން އަންނަ ކަމަށެވެ. އަދި އެއްބަސްވުމާ ޚިލާފަށް ކަންތައްތަކެއް ހިނގި ނަމަވެސް، އެކަން ޙައްލު ކުރުމަށް އެމެރިކާ އިން ބޭނުންވާކަން ސާފުވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

ޖޭޑީ ވޭންސްޣައްޒާއިސްރާއީލް-ހަމާސްޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު