Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް

4 ނޮވެމްބަރު 2025 | އަންގާރަ 03:42

60 މިނެޓު ޕްރޮގްރާމް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ކުރެއްވި ވަރަށް ބުރަ މަސައްކަތަކުން އެކުލަވާލެވިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ނުރައްކާތެރި އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި ހަމާސް ޖަމާއަތުން، އެ ޖަމާއަތުގެ ހަތިޔާރުތައް ބަހައްޓަން ޖެހޭނެ ކަމަށާއި، އެހެން ނޫން ނަމަ އެ ޖަމާއަތް ނައްތާލާނެ ކަމަށް ވެސް ޓްރަމްޕް އިންޒާރު ދެއްވާފައިވެ އެވެ.

ޓްރަމްޕް ވިދާޅުވީ ގާޒާގެ ހުއްދަނުދިނުމުގެ އެއްބަސްވުމަކީ ބާރުގަދަ އެއްބަސްވުމެއް ކަމަށާއި ހަމާސް ހަތިޔާރު ނުލައްވާނަމަ ނައްތާލާނެ ކަމަށް އިންޒާރުދީފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2025 | އަންގާރަ 03:42
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ އެއްބަސްވުމަކީ ވަރަށް ބާރު ގަދަ އެއްބަސްވުމެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ އިސް ނެންގެވުމުގެ މަތިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކޮށްފައިވާއިރު، އެމެރިކާ އިން ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާ ކަމަށް މީގެ ކުރިން ހާމަ ކޮށްފަ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލު ކުރަމުން ގެންދޭތޯ ކަށަވަރު ކުރާނެ ކަމަށް ވެސް އެމެރިކާ އިން އަންނަނީ ބުނަމުންނެވެ.

ނަމަވެސް، ހަމާސް އާއި އިސްރާއީލް އިން ވެސް މިހާރު އަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރުމަށް ފަހު، އިންޒާރުގެ ބަސްތައް ރައްދު ކުރަމުންނެވެ. އެގޮތުން ހަމާސް އިން ބުނަމުން އަންނަނީ އިސްރާއީލް އިން އެއްބަސްވުމާ ޚިލާފުވާ ކަމަށާއި، އިސްރާއީލް އިން ބޭނުން ވަނީ އަނެއްކާ ވެސް ހަމަލާތައް ފެށުމަށް ކަމަށެވެ.

60 މިނެޓު ޕްރޮގްރާމް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ކުރެއްވި ވަރަށް ބުރަ މަސައްކަތަކުން އެކުލަވާލެވިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ނުރައްކާތެރި އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި ހަމާސް ޖަމާއަތުން، އެ ޖަމާއަތުގެ ހަތިޔާރުތައް ބަހައްޓަން ޖެހޭނެ ކަމަށާއި، އެހެން ނޫން ނަމަ އެ ޖަމާއަތް ނައްތާލާނެ ކަމަށް ވެސް ޓްރަމްޕް އިންޒާރު ދެއްވާފައިވެ އެވެ.

ޣައްޒާ ހަނގުތާމަ ހުއްޓާލުމުގެ އެއްބަސްވުން ނުރައްކާތެރި ނޫން ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ ވަރަށް ބާރު ގަދަ އެއްބަސްވުމެއް ކަމަށެވެ. އަދި ހަމާސް ޖަމާއަތުން ދައްކަމުން އަންނަ ވާހަކަ ވެސް އަޑު އިވޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ޖަމާއަތަށް ވެސް ޖެހޭނީ އެއްބަސްވުމަކަށް އަމަލު ކުރަން ކަމަށާއި، އެ ނޫން ނަމަ ވަގުތުން އެ ޖަމާއަތް ނައްތާލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުން، އެ ޖަމާއަތުގެ ހަތިޔާރު ބަހައްޓަން ޖެހެ އެވެ. އެއީ އެމެރިކާ އާއި، އިސްރާއީލް އިން ވެސް ބޭނުންވާ ގޮތެވެ. ނަމަވެސް، މިހާތަނަށް ހަމާސް އިން އެކަމަށް އެއްބަސްވެފައި ނުވެ އެވެ. ހަމާސްގެ ހަތިޔާރު ނައްތާލާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުން ނަމަ ވަރަށް އަވަހަށް އެކަން ކުރެވޭނެ ކަމަށެވެ. އެހެން ނޫން ނަމަ، ހަމާސް ޖަމާއަތް ނައްތާލާނެ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރުމުގެ ކުރިން ޓްރަމްޕް ވަނީ، 20 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ ޕްލޭން ގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް، ހަނގުރާމަ ހުއްޓާލުމުގެ މަރުޙަލާ ތަކަށް ކުރިއެރުމެއް ލިބިފައިވާ ކަމުގެ ހެއްކެއް މިހާތަނަށް ފެންނަން ނެތެވެ. ހަމަ އެއާއެކު، ހަމާސްގެ ހަތިޔާރުތައް ބެހެއްޓުމާއި، އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފައިބައިގެން ދިޔުމުގެ ވަގުތު ކަނޑަ އެޅުން ފަދަ ކަންކަމުގައި ވަނީ ހުރަސް ތަކެއް ކުރިމަތިވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ދިރި ތިބި އެންމެން މިނިވަން ކޮށްފަ އެވެ. އަދި މަރުވެފައިވާ ރަހީނުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުތައް ހަވާލު ކޮށްފައިވާއިރު، އަދި ވެސް ހަމާސް އިން އަންނަނީ އިތުރު ރަހީނުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ހަމާސް ޖަމާއަތް ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތާ އެކު ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށް، އެ ޖަމާއަތް ވަރަށް ރީތިކޮށް އުޅޭނެ ކަމަށެވެ. އެހެން ނަމަވެސް، ރީތި ގޮތުގައި ކުރިއަށް ދާން އެ ޖަމާއަތުން ޚިޔާރު ނުކޮށްފި ނަމަ، އެ ޖަމާއަތް ނައްތާލާނެ ކަމަށް ޓްރަމްޕް އޭރު ވެސް ވިދާޅުވެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޑޮނަލްޑް ޓްރަމްޕްހަމާސްހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް