Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން އިސްތަމްބޫލުގައި ބައްދަލު ކުރައްވަނީ

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ހޯޯމަ ދުވަހު އިސްތަމްބޫލުގައި ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލުމުގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، ދެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ފިދާން ވިދާޅުވި އެވެ

ހޯމަ ދުވަހު އިސްތަންބޫލްގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވާނީ މިދިޔަ ސެޕްޓެމްބަރު މަހު ޓްރަމްޕްއާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ބޭރުގެ ވަޒީރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2025 | ހޮނިހިރު 07:13
ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ތުރުކީގެ އިސްތަމްބޫލުގައި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ހޯޯމަ ދުވަހު އިސްތަމްބޫލުގައި ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލުމުގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، ދެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ފިދާން ވިދާޅުވި އެވެ.

ތުރުކީގެ ވެރި ރަށް އަންކަރާގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ، އެ ބައްދަލުވުމުގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނިއު ޔޯކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ކަމަށެވެ. އެ ބައްދަލުވުމުގައި ތުރުކީ، ޤަތަރު، ސައުދީ އަރަބިއްޔާ، މިޞްރު، އެކުވެރި ޢަރަބި އިމާރާތް، ޖޯޑަން، ޕާކިސްތާން އަދި އިންޑޮނޭޝިއާ އިން ބައިވެރިވި އެވެ.

ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި ފިދާން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ދެމެހެއްޓޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، އެ ސަރަހައްދުގައި ޤާއިމު ކުރާ ބައިނަލްއަޤުވާމީ ބާރު ތަކުގައި ތުރުކީގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ޣައްޒާގައި ބައިނަލްއަޤުވާމީ ސަލާމަތީ ބާރެއް ޤާއިމު ކުރަން ޖެހޭއިރު، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ވަނީ ހާމަ ކޮށްފަ އެވެ. އެ ކަމުގައި ގިނަ ޤައުމު ތަކަކުން ބައިވެރިވާން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ވެސް އެމެރިކާ އިން ވަނީ ހާމަ ކޮށްފަ އެވެ. ޚާއްސަކޮށް އެކަމުގައި މުސްލިމް ޤައުމު ތަކުން ބައިވެރިވާން ބޭނުންވާއިރު، އިސްރާއީލްގެ ފަރާތުން އެކަމުގައި ހުރަސްތަކެއް ކުރިމަތި ވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އިސްތަމްބޫލުގައި އޮންނަ އެ ބައްދަލުވުމަކީ، ޣައްޒާގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މުސްލިމް ޤައުމު ތަކުން އެކުގައި މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާ މުހިންމު ބައްދަލުވުމަށް ވާނެ އެވެ.

މަސްދަރު: ރޮއިޓާސް

ހަކަން ފިދާންއިސްތަންބޫލްއިސްރާއީލް-ހަމާސްހުއްޓުންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު