Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ބީޗު ހޭންޑުބޯޅަ ޗެމްޕިއަންޝިޕް

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025 | އަންގާރަ 08:17

ތިން ވަނަ ހޮވަން ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް، ރާއްޖެ އިން ވަނީ 12-22 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ސެޓުގެ ގޮތުން އެއްވަރުވުމުން ޝޫޓް އައުޓުގައި ރާއްޖެ އިން ވަނީ 4-7 އިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 08:17
ތިން ވަނަ ހޮވަން ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗު

ތިން ވަނަ ހޮވަން ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗު

ރާއްޖޭގައި ކުރިއަށް ދިޔަ ކޮމަންވެލްތު ބީޗު ހޭންޑު ބޯޅަ މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ބަންގްލަދޭޝް ބަލިކޮށް، ދިވެހި ރާއްޖެ އިން މުބާރާތުގެ ލޯ މެޑަލް ކާމިޔާބު ކޮށްފި އެވެ.

ހދ.ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދިޔަ މުބާރާތުގެ ތިން ވަނަ ހޮވަން ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ރާއްޖެ އިން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މުބާރާތުގެ ލީގު ބުރުގައި ވެސް ރާއްޖެ އިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗުން މޮޅުވީ ބަންގްލަދޭޝް އެވެ.

ތިން ވަނަ ހޮވަން ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް، ރާއްޖެ އިން ވަނީ 12-22 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ސެޓުގެ ގޮތުން އެއްވަރުވުމުން ޝޫޓް އައުޓުގައި ރާއްޖެ އިން ވަނީ 4-7 އިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ އިން ކުޅެން ޖެހުނީ ސެމީ ފައިނަލްގައި ބަލިވުމުންނެވެ. ސެމީ ފައިނަލްގައި ރާއްޖެ އިން ސްރީ ލަންކާއާ ވާދަކުރިއިރު، ލަންކާ ވަނީ ސީދާ ދެ ސެޓުން ރާއްޖެ ބަލިކޮށްފަ އެވެ. އޭގެ ކުރިން ލީގު ބުރުގައި ރާއްޖެ އިން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދި އެވެ.

މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ރާއްޖެ މޮޅުވެފައި ވަނީ ސްރީ ލަންކާ، ދެކުނު އެފްރިކާ އަދި އިންޑިއާ އަތުންނެވެ. ބަލިވެފައި ވަނީ ބަަންގްލަދޭޝް އަދި ޕާކިސްތާން އަތުންނެވެ.

މުބާރާތުގެ ތިން ވަނަ ރާއްޖެ އިން ހޯދިއިރު، ޖުމުލަ ގޮތެއްގައި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޚާއްސަކޮށް ލީގު ބުރުގައި ރާއްޖެ އިން މޮޅަށް ކުޅެފައިވާއިރު، ސެމީ ފައިނަލްގައި ރާއްޖެ އިން ރަނގަޅު ވާދައެއް ކުރި އެވެ.

ކޮމަންވެލްތު ބީޗު ހޭންޑުބޯޅަ ޗެމްޕިއަންޝިޕްހޭންޑްބޯލް މޯލްޑިވްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

22 ސެޕްޓެމްބަރު 2025
ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް
21 ސެޕްޓެމްބަރު 2025

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ
12 ސެޕްޓެމްބަރު 2025

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

12 ސެޕްޓެމްބަރު 2025
ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި
26 އޮކްޓޯބަރު 2024

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް
21 އޮކްޓޯބަރު 2024

ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި

21 އޮކްޓޯބަރު 2024
ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި
28 އޯގަސްޓު 2023

އައިއޯއައިޖީ - ދެ ވަނަ މެޗުގައި މަޔޯޓާ ވާދަކޮށް އަންހެން ހޭންޑްބޯޅަ ޓީމަށް ނާކާމިޔާބު

28 އޯގަސްޓު 2023
އައިއޯއައިޖީ - ދެ ވަނަ މެޗުގައި މަޔޯޓާ ވާދަކޮށް އަންހެން ހޭންޑްބޯޅަ ޓީމަށް ނާކާމިޔާބު
01 މާރިޗު 2023

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަޙުމަދިއްޔާ އަށް

01 މާރިޗު 2023
15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަޙުމަދިއްޔާ އަށް
01 މާރިޗު 2023

17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ރަސްދޫ އިން ހޯދައިފި

01 މާރިޗު 2023
17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ރަސްދޫ އިން ހޯދައިފި
27 ފެބުރުއަރީ 2023

ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި އއ.އަތޮޅު ސްކޫލާއި އިސްކަންދަރު ސްކޫލް

27 ފެބުރުއަރީ 2023
ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި އއ.އަތޮޅު ސްކޫލާއި އިސްކަންދަރު ސްކޫލް
27 ފެބުރުއަރީ 2023

ފަނަރަ އަހަރުން ދަށުގެ ފައިނަލްގައި ޣާޒީ ސްކޫލާއި އަޙުމަދިއްޔާ ސްކޫލް

27 ފެބުރުއަރީ 2023
ފަނަރަ އަހަރުން ދަށުގެ ފައިނަލްގައި ޣާޒީ ސްކޫލާއި އަޙުމަދިއްޔާ ސްކޫލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް