Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ބީޗު ހޭންޑުބޯޅަ ޗެމްޕިއަންޝިޕް

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

މުބާރާތުގެ ފައިނަލްގައި ޕާކިސްތާން އާއި ސްރީ ލަންކާ ބައްދަލު ކުރާއިރު، ރާއްޖެ އިން ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. އެ މެޗުގައި ރާއްޖެ އިން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ސެޕްޓެމްބަރު 2025 | ހޯމަ 06:11
މުބާރާތުގެ ސެމީ ފައިނަލްގައި ލަންކާ އާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން

މުބާރާތުގެ ސެމީ ފައިނަލްގައި ލަންކާ އާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން

ރާއްޖޭގައި ކުރިއަށްދާ ކޮމަންވެލްތު ބީޗު ހޭންޑު ބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ތިން ވަނަ ހޮވަން ކުޅޭ މެޗުގައި ވާދަ ކުރަން ރާއްޖެ އަށް ޖެހިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލްގައި ސްރީ ލަންކާ އިން ވަނީ ސީދާ ދެ ސެޓުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ސްރީ ލަންކާ އިން ކާމިޔާބު ކޮށްފައި ވަނީ 14-12 އަދި 24-14 އިންނެވެ. މުބާރާތުގެ ލީގު ބުރުގައި ވެސް ރާއްޖެ އާއި ސްރީ ލަންކާ ބައްދަލު ކޮށްފައިވާއިރު، ރާއްޖެ އިން ވަނީ އެ މެޗުން މޮޅުވެފަ އެވެ.

މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެއީ ސްރީ ލަންކާ، ދެކުނު އެފްރިކާ އަދި އިންޑިއާ އަތުންނެވެ. ލީގު ބުރުގައި ޕާކިސްތާން އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

މުބާރާތުގެ އަނެއް ސެމީ ފައިނަލްގައި ޕާކިސްތާން އިން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޕާކިސްތާން އިން އެ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ.

މުބާރާތުގެ ފައިނަލްގައި ޕާކިސްތާން އާއި ސްރީ ލަންކާ ބައްދަލު ކުރާއިރު، ރާއްޖެ އިން ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. އެ މެޗުގައި ރާއްޖެ އިން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ކޮމަންވެލްތު ބީޗު ހޭންޑުބޯޅަ ޗެމްޕިއަންޝިޕްހޭންޑްބޯލް މޯލްޑިވްސް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި
21 ސެޕްޓެމްބަރު 2025

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ
12 ސެޕްޓެމްބަރު 2025

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

12 ސެޕްޓެމްބަރު 2025
ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި
26 އޮކްޓޯބަރު 2024

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް
21 އޮކްޓޯބަރު 2024

ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި

21 އޮކްޓޯބަރު 2024
ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު