Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް

ފަނަރަ އަހަރުން ދަށުގެ ފައިނަލްގައި ޣާޒީ ސްކޫލާއި އަޙުމަދިއްޔާ ސްކޫލް

15 އަހަރުން ދަށުގެ ފައިނަލް އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 05:22
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ފައިނަލްގައި ޣާޒީ ސްކޫލާއި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރަން ޖެހިއްޖެ އެވެ.

ފައިނަލްގައި ކުޅޭނެ ދެ ޓީމު ޔަޤީންވީ އާދިއްތަ ދުވަހުގެ ރޭ ޤައުމީ ހޭންޑް ބޯޅަ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗުތަކުންނެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޣާޒީ ސްކޫލް އިން ވަނީ ފ.އަތޮޅު މަދަރުސާ (ފ.ފީއަލީ)ގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިފަ އެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް، ވަކި ހިސާބަކުން ޣާޒީ ވަނީ މެޗުގައި ލީޑު ނަގައިފަ އެވެ. ޣާޒީ ސްކޫލް އިން މެޗު ކާމިޔާބު ކުރީ 17-6 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޣާޒީ ސްކޫލްގެ ރޫތު އިސްމާއީލް ފަޒީން އެވެ. ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އަޙުމަދިއްޔާ އިން ވަނީ ކަލާފާނު ސްކޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ވާދަވެރި މެޗު އަޙުމަދިއްޔާ އިން ކާމިޔާބު ކުރީ ހަ ލަނޑުގެ ތަފާތަކުންނެވެ. އަޙުމަދިއްޔާ އިން 17-11 އިން މެޗު ކާމިޔާބު ކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ މަރިޔަމް ކައިލީން ސިރްހާން އެވެ.

މި ބައިގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު އެވެ.

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް 2023ހޭންޑްބޯލް މޯލްޑިވްސް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި
22 ސެޕްޓެމްބަރު 2025

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

22 ސެޕްޓެމްބަރު 2025
ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް
21 ސެޕްޓެމްބަރު 2025

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ
12 ސެޕްޓެމްބަރު 2025

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

12 ސެޕްޓެމްބަރު 2025
ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި
26 އޮކްޓޯބަރު 2024

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު