Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޭންޑުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފައިވާއިރު، އެންމެ ފަހުން އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނީ ވެސް ހޭންޑުބޯޅަ އެސޯސިއޭޝަން އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 04:10
ހޭންޑުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޖޭ

ހޭންޑުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޖޭ

ހޭންޑުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަަކުން އޭސީސީ އަށް ހުށަހަޅާފައިވާ އެ މައްސަލަ ރައްދު ވަނީ ހޭންޑުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ (މުޖޭ) އަދި އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަކަށް އެންމެ ފަހުން ހުރި ޢަބްދުﷲ އަންވަރު އަށެވެ. ދާދި ފަހުން ވަނީ އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަޤާމުން އަންވަރު ވަކި ކޮށްފަ އެވެ. ހޭންޑުބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން އޭނާ ވަކި ކުރަން ނިންމީ، އެ އެސޯސިއޭޝަންގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގަ އެވެ.

ހޭންޑުބޯޅަ އެސޯސިއޭޝަންގެ ރައީސް މުޖޭގެ މައްޗަށް ކުރެވޭ ތުހުމަތަކީ، އެ އެސޯސިއޭޝަންގެ ރައީސްގެ ޙައިޞިއްޔަތުން ލިބެމުން އަންނަ އިނާޔަތުގެ ފައިސާ އެޑުވާންސްކޮށް ނަގާފައިވާ ކަމުގެ ތުހުމަތެވެ. ނަމަވެސް، އެ ތުހުމަތުތަކަށް މުޖޭ ވަނީ އިންކާރު ކޮށްފަ އެވެ. މީގެ އިތުރުން އެ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަންވަރުގެ މައްޗަށް ކުރާ ތުހުމަތުގައި، އެސޯސިއޭޝަންގެ 500،000 (ފަސްލައްކަ) އެއްހާ ރުފިޔާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފައިވާއިރު، އެންމެ ފަހުން އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނީ ވެސް ހޭންޑުބޯޅަ އެސޯސިއޭޝަން އެވެ. އެ މަޤާމުން ހޭންޑުބޯޅަ އެސޯސިއޭޝަން އިން ހޯދީ ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަނާ ވާދަކޮށެވެ.

ރާއްޖޭގެ އެކި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭއިރު، ދާދި ފަހުން ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އަށް އެ އިދާރާގެ ވެރިން ޚިޔާނާތްތެރިވެފައިވާ މައްސަލަ ވެސް ފެންމަތިވެފަ އެވެ. އެކަމުގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅުން ހުރި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ހޭންޑްބޯލް މޯލްޑިވްސްއޭސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު