Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޭންޑުބޯޅަ

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

ޔަޝްމު އަކީ ބޭރު ޤައުމެއްގައި ހޭންޑު ބޯޅަ ކުޅެ އަދި، ހޭންޑު ބޯޅަ ތަމްރީނު ފުރިހަމަ ކުރި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ. ޔަޝްމުގެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، މެލޭޝިޔާގައި އޭނާ ހޭދަ ކުރި ދެ މަސް ދުވަހާއި ބައިގެ މުއްދަތުގެ ތެރޭގައި ތަމްރީނު ތަކަށް ފުރިހަމަ އަށް ޙާޟިރުވެފައި ވާނެ ކަމަށާއި، ޙާޟިރީގެ ރެކޯޑުތައް ހޭންޑު ބޯޅަ އެސޯސިއޭޝަަން އޮފް މޯލްޑިވްސްގެ ރައީސްއާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 03:54
ޒުވާން ހޭންޑު ބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޔަޝްމު

ޒުވާން ހޭންޑު ބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޔަޝްމު

ރާއްޖޭގެ ޒުވާން ހުނަރުވެރި ހޭންޑްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޔަޝްމު، ޤައުމީ ހޭންޑު ބޯޅަ ޓީމުން ވަކި ކޮށްފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ޔަޝްމު، އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެގޮތުން އެ ޕޯސްޓުގައި ޔަޝްމު ބުނެފައި ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި މެލޭޝިޔާގައި ތަމްރީނުތައް ހަދައި، ހޭންޑު ބޯޅަ ކުޅެމުން ދަނިކޮށް ޤައުމީ ޓީމުން އޭނާ ވަކި ކޮށްފައިވާ ކަމަށެވެ.

ޔަޝްމު އަކީ ބޭރު ޤައުމެއްގައި ހޭންޑު ބޯޅަ ކުޅެ އަދި، ހޭންޑު ބޯޅަ ތަމްރީނު ފުރިހަމަ ކުރި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ. ޔަޝްމުގެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، މެލޭޝިޔާގައި އޭނާ ހޭދަ ކުރި ދެ މަސް ދުވަހާއި ބައިގެ މުއްދަތުގެ ތެރޭގައި ތަމްރީނު ތަކަށް ފުރިހަމަ އަށް ޙާޟިރުވެފައި ވާނެ ކަމަށާއި، ޙާޟިރީގެ ރެކޯޑުތައް ހޭންޑު ބޯޅަ އެސޯސިއޭޝަަން އޮފް މޯލްޑިވްސްގެ ރައީސްއާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ޔަޝްމުގެ ޙާޟިރީ ރަނގަޅު ވުމުގެ ސަބަބުން، ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އަންނަ މުސާރަ އެ ދެ މަސް ދުވަހު އޭނާ އަށް ދީފައިވާ ކަމަށް ޔަޝްމު ވަނީ ފާހަގަ ކޮށްފަ އެވެ.

ޔަޝްމުގެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ މާލޭގައި ހޭންޑު ބޯޅަ ޤައުމީ ޓީމުގެ ފަރިތަ ކުރުމުގައި ބައިވެރިވުމަށް އޭނާ އަށް އަންގާފައި ނުވާ ކަމަށާއި، އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މާލެ އައީ ވިސާގެ މުއްދަތު ހަަމަވާތީކަން ފާހަގަކޮށް ޔަޝްމު ބުނީ، މާލެ އައިތާ ގިނަ އިރުތަކެއް ނުވަނީސް ހޭންޑު ބޯޅަ އެސޯސިއޭޝަން އަށް އައުމަށް އެދުނު ކަމަށެވެ.

އެސޯސިއޭޝަން އިން އެދުނީ ޓެސްޓަކަށް އަންނަން ކަމަށާއި، ނަމަވެސް ދަތުރު ކޮށްފައި އައިތާ މާ ގިނައިރު ނުވާތީ، އެ ވަގުތު ޓެސްޓު ހަދަން ދާން ފަސޭހަ ނުވި ކަމަށް ޔަޝްމު ބުންޏެވެ. އެ ދުވަހުގެ ފަހުން، ޤައުމީ ހޭންޑު ބޯޅަ ޓީމުން ޔަޝްމު ވަކި ކޮށްފައިވާ މައްސަލައިގައި އެކި ވާހަކަތައް އިވެމުން ދިޔަ ކަމަށް ޔަޝްމު ވަނީ ބުނެފަ އެވެ. އެގޮތުން ބައެއް ކޯޗުން ބުނެފައި ވަނީ ޔަޝްމު ޓެސްޓަށް ނުދިޔުމުގެ ސަބަބުން ޤައުމީ ޓީމުން ވަކި ކުރީ ކަމަށާއި، އަނެއްބައި ކޯޗުން ދައްކަނީ އެހެން ވާހަކައެއް ކަމަށް ޔަޝްމު ފާހަގަ ކުރި އެވެ.

ޤައުމީ ޓީމުން ޔަޝްމު ވަކި ކޮށްފައިވާއިރު، ޔަޝްމު ބުނީ އެއީ އޭނާ އަށް ބޮޑު ހިތާމަ އަކާއި، ހިތްދަތި ކަމެއް ލިބޭ ކަމެއް ކަމަށެވެ. ޚާއްސަކޮށް އަމިއްލަ ޤައުމު ތަމްސީލު ކުރުމަކީ އަބަދު ވެސް ލިބޭ ފަޚުރެއް ކަމަށާއި، ކޮންމެ ތަނެއްގައި އޭނާ ކުޅުނު ނަމަވެސް، ދިވެހި ހޭންޑު ބޯޅަ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަށް އަބަދު ވެސް ސާބިތުކަމާ އެކު ހުރި ކަމަށް ޔަޝްމު ބުންޏެވެ.

ޕޯސްޓު ނިންމާލަމުން ޔަޝްމު ބުނެފައި ވަނީ، އޭނާ އަށް ދިމާވި ހުރިހާ ކަމެއްގެ ތެރޭގައި ވެސް، އޭނާގެ އާއިލާ އާއި، ރަޙުމަތްތެރިން އަދި ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން ދެމުން އަންނަ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު، 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ވެސް ޔަޝްމު ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އަދި ރާއްޖެ އިން ބޭރުން ތަމްރީނު ފުރިހަމަކޮށް، ހުނަރުވެރިކަމާ އެކު ހޭންޑު ބޯޅަ ކުޅެމުން އައި ކުޅުންތެރިޔަކު ޤައުމީ ޓީމުން ވަކި ކުރުމުން، ގިނަ ބަޔަކު އަންނަނީ ހޭންޑު ބޯޅަ އެސޯސިއޭޝަން އަށް ފާޑު ކިޔަމުންނެވެ.

ހޭންޑްބޯލް މޯލްޑިވްސްމުޙައްމަދު ޔަޝްމު

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

22 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024
ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި

ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި

21 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު