Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 05:05
ދިވެހި ޕްރިމިއާ ލީގުގައި ބުރު އަދި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ބުރު އަދި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް ލީގުގައި ވަރުގަދަ ފެށުމެއް ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ބުރަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ޢަބްދުﷲ ޖުނައިދު އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ބުރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ހުޑްސަން ޑިއާޒް އެވެ. 

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، ހުޑްސަން ވަނީ ބުރުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި ބުރުން އެ ޓީމުގެ ފަހު ދެ ލަނޑު ވެސް ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

އެގޮތުން އިތުރު ވަގުތުގައި ބުރުގެ ހަތަރު ވަނަ ލަނޑު ޖެހީ މުޙައްމަދު ނާއިމް އެވެ. އޭގެ މިނެޓެއް ފަހުން މެޗުގައި ބުރުގެ ފަސް ވަނަ ލަނޑު ޖެހީ އަޒްހާދް މުޙައްމަދު ޒާހިދު އެވެ.

ގިނަ ދުވަސް ތަކަކަށް ފަހު ދިވެހި ލީގުގެ ކުޅުން ފަށާފައިވާއިރު، ކުލަބު ތަކުން ވަނީ ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ޚާއްސަކޮށް ރާއްޖޭގައި ފުޓުބޯޅައިގެ ޙަރަކާތްތައް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ފަހުން ފުޓުބޯޅަ ފަށާފައި ވަނީ ވެސް، ގިނަ ގޮންޖެހުންތަކާ އެކު އެވެ.

ލީގު އަލުން ފަށާފައިވާއިރު، އާދިއްތަ ދުވަހު ވެސް ލީގުގެ ކުޅުން އޮންނާނެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުބުރު ސްޕޯޓްސް ކްލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު