Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ

އާ އިންޖީނެއް ކެންދޫ އަށް ގެންދިޔަތާ 6 މަސް ނުވޭ: މުޅި ދުވަހު ކެންދޫގެ ބޮޑުބައިގައި ކަރަންޓެއް ނެތް!

އެ ރަށުގެ ކަރަންޓުގެ މައްސަލަ ދާއިމީ ގގޮތެއްގައި ހައްލު ނުކުރެވި އެތައް ދުވަހެއް ވަނީ ވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 17:16
ކެންދޫ ކަރަންޓުގެ މައްސަލަ ދިމާވުމުން އާއްމުން ނުރުހުން ފާޅުކުރަނީ

ކެންދޫ ކަރަންޓުގެ މައްސަލަ ދިމާވުމުން އާއްމުން ނުރުހުން ފާޅުކުރަނީ

ބ. ކެންދޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް އައު ޖެންސެޓެއް ފޮނުވިތާ 6 މަސް ވެސް ނުވެ އަނެއްކާ ވެސް އެ ރަށުގައި ކަރަންޓުގެ މައްސަލަ ދިމާވެއްޖެ އެވެ.

ބ. ކެންދޫން ކަރަންޓު ކެނޑޭތާ ހަ މަސް ވުމުން އެޕްރީލް މަހުގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް ވަނީ އެކަމާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އެ ރަށުގެ އާއްމުން ވެސް އެކަމާއި މެދު އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އާ ޖެނެރޭޓަރެއް އެ ރަށަށް ފޮނުވާފައި ވަނީ ނިމިދިޔަ އެޕްރިލް މަހުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

ކެންދޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ އާއި ގުޅޭގޮތުން ރާއްޖެ އެމްވީން ސުވާލުކުރުމުން ކެންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު އައްޒާމް ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން ރަށުގެ ބޮޑު ބައިގައި ކަރަންޓު ނެތް ކަމަށެވެ. ރަށަށް ކަރަންޓު ދެމުން އައީ ރަށް ހަތަރު ބަޔަކަށް ބަހާލައިގެން، 30 މިނިޓުން 30 މިނިޓުން އެކި ބައިބަޔަށް ކަރަންޓު ދޭ ގޮތަށް ކަމަށް ވުމާއި އެކު ރަށުގެ ބޮޑު ބައި ކަރަންޓާއި ނުލާ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިއަދު 30 މިނިޓުން 30 މިނިޓުން ކަރަންޓު ކަނޑަމުން ދިޔައީ. ކުރިން ހުރި ބާ އިންޖީނާއި، އެއްލާލާފައި ހުރި ބާ އިންޖީނުން ސްޕެއަރ ނަގައިގެން އިންޖީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ. އެންމެ ފުރަތަމަ ހެނދުނު ކަރަންޓް ދިޔައީ. ސަރވިސް ކުރަން ކަރަންޓު ދާނެ ވާހަކަ އަންގާފައި އޮތީ. މުޅި ދުވަސް މިދިޔައީ ހަމަ 30 މިނިޓުން އެކި ތަންތަނުން ކަރަންޓު ކަނޑަމުން ކަނޑަމުން ކިރިޔާ އެ ހިފެހެއްޓީ. މިހާރު ދެ ސަރަހައްދެއްގައި އެބަ އޮތް." އެނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިރުއިރުކޮޅާއި ކަރަންޓު ދިއުމުގެ ސަބަބުން އެކަމުގެ ޝަކުވާ ކައުންސިލާއި އާއްމުން ހިއްސާކޮށްފައިވާ ކަަމަށެވެ. އަދި މައްސަލަ އެއްކޮށް ހައްލުކުރެވޭނެ ވަގުތެއް އަދި މުޅިން ސާފު ނުވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މުދާތަކާއި އެއްޗެހި ހަލާކުވެގެން ވަރަށް ގިނަ މީހުން ކައުންސިލަށް އައި އެ ޝަކުވާ އާއި އެކު. ޒިންމާ ނަގާނެ ފަރާތެއް ނެތް. ބައެއް ގޭގޭގައި ކުދިން މަގުމަތީގައި ނިންދަވާފައި ވެސް އެބަ ތިބި. ބައެއް މީހުން ތިބީ ޖޯލީގަ. އަދި އަލަށް ގެނައި އިންޖީނަށް ނުވޭ ހަމަސް. " އޭނާ ވިދާޅުވި އެވެ.

ކެންދޫގެ ފެނަކަ މެނޭޖަރާއި ހަވާލާދީ އޭނާ ވިދާޅުވީ މައްސަލަ ހައްލުކުރުމަށް މިހާރު ވެސް ރަށުގެ ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ރާއްޖެއެމްވީ އަށް ވިދާޅުވީ ކެންދޫ އަށް އާ އިންޖީނު ގެންދިޔަތާ 6 މަސް ވެސް ނުވަނީސް މި ފަދަ މައްސަލަ އެއް ދިމާވުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި މިއީ ޖެއްސުމަށް ކުރާ ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ކެންދޫއަކީ 1،400 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެހެންނަމަވެސް އެ ރަށުގެ ކަރަންޓުގެ މައްސަލަ ދާއިމީ ގގޮތެއްގައި ހައްލު ނުކުރެވި އެތައް ދުވަހެއް ވަނީ ވެފައެވެ. މީގެ ކުރިން އެޕްރިލް މަހު އެ ރަށަށް އާ ޖެންސެޓެއް ފޮނުވީ ވެސް އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ އޮންނަތާ 6 މަސް ދުވަސް ހޭދަވީ ފަހުންނެވެ.

ބ. ކެންދޫމައުރޫފް ޒާކިރުފެނަކަކަރަންޓު މައްސަލަޖަނަރޭޓަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

13 ޑިސެމްބަރު 2025
މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު