Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކުރުމަކީ، ދެ ދައުލަތުގެ ޙައްލަށް ހަލުވި ކަމެއް އަންނާނެ ކަމެއް: ޒޮމްލޮޓް

ރޮއިޓަރސް އާއި ވާހަކަ ދައްކަވަމުން ޒޮމްލޮޓް ވިދާޅުވީ، އުންމީދަކީ މި ފެށުނު މަސައްކަތަކީ ދެ ދައުލަތުގެ ޙައްލު ހޯދުމަށް ކުރެވޭ މުހިންމު ކަމަކަށްވުން ކަމަށެވެ. އަދި މިއީ ވަރުގަދަ ފެށުމަކަަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ވަކި ހިސާބަކުން މަޑު ޖެހޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްޠީނުގެ ދައުލަތެއް ޤަބޫލުކުރުމަށް ބްރިޓެން، ފްރާންސް، ކެނެޑާ، އޮސްޓްރޭލިއާ އަދި ބެލްޖިއަމްއިން ތައްޔާރުވަމުންދޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:17
އިނގިރޭސިވިލާތުގައި ހުންނަވާ ފަލަސްޠީނު މިޝަންގެ އިސްވެރިޔާ ޒޮމްލޮޓް

އިނގިރޭސިވިލާތުގައި ހުންނަވާ ފަލަސްޠީނު މިޝަންގެ އިސްވެރިޔާ ޒޮމްލޮޓް

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަކީ، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މަގު ފަހި ވާނެ ކަމެއް ކަމަށް، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ފަލަސްޠީނު މިޝަންގެ އިސްވެރިޔާ ހުސާމް ޒޮމްލޮޓް ވިދާޅުވެއްޖެ އެވެ.

މި މަހު އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި އޮންނަ، އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް ގިނަ ޤައުމު ތަކަކުން ވަނީ އިއުލާން ކޮށްފަ އެވެ.

އެގޮތުން ފްރާންސް އާއި، އިނގިރޭސިވިލާތުގެ އިތުރުން، ކެނެޑާ، އޮސްޓްރޭލިއާ އަދި ބެލްޖިއަމް އިންް ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ނިންމައިފަ އެވެ. އޭގެ އިތުރުން، ބައެއް އެހެން ޤައުމު ތަކުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރަން ނިންމާފައި އެވެ.

މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއީ އިސްރާއީލް އިން، ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅުކޮށް، އަދި ދިގު މުއްދަތުގެ ސުލްޙަވެރި ކަމަކަށް އެއްބަސްވެއްޖެ ނަމަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ޤައުމު ތަކުން ނިންމާފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށާއި، ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރު ކުރުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ރޮއިޓަރސް އާއި ވާހަކަ ދައްކަވަމުން ޒޮމްލޮޓް ވިދާޅުވީ، އުންމީދަކީ މި ފެށުނު މަސައްކަތަކީ ދެ ދައުލަތުގެ ޙައްލު ހޯދުމަށް ކުރެވޭ މުހިންމު ކަމަކަށްވުން ކަމަށެވެ. އަދި މިއީ ވަރުގަދަ ފެށުމަކަަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ވަކި ހިސާބަކުން މަޑު ޖެހޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަން ފެށި ހަނގުރާމަ އަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައު އަދި މުޅި ދުނިޔޭގެ ނުރުހުން ވަނީ އިސްރާއީލް އަށް އަމާޒުވެފަ އެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ގިނަ ޤައުމު ތަކުން އަންނަނީ އިސްރާއީލް އަށް ޕްރެޝަރު ކުރަމުންނެވެ.

ދެ ދައުލަތުގެ ޙައްލަކީ 1967 ވަނަ އަހަރު އިސްރާއީލް އިން ހިފާފައިވާ ސަރަހައްދު ތަކުގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް، ދެ ދައުލަތް އެކުގައި ސުލްޙަވެރިކަމާ އެކު ދިރިއުޅުމުގެ ވިސްނުމެވެ. މިދިޔަ އަހަރު އދ ގެ އެންމެ މަތީ ކޯޓުން ނިންމާފައި ވަނީ، އިސްރާއީލް އިން ފަލަސްޠީނުގެ ބިންތައް އަތުލައި ގަތުމާއި، އާބާދީތައް އިތުރު ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

ފަލަސްތީނު-އިސްރާއީލްހުސާމް ޒޮމްލޮޓްޣައްޒާހަމާސްވެސްޓް ބޭންކުއދޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު