Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިގްތިސާދީ ހާލަތު

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

1 ސެޕްޓެމްބަރު 2025 | ހޯމަ 14:40

ޤައުމުގެ ޙަޤީޤީ ޖީ.ޑީ.ޕީ 2024 ގައި 3.3% އަށް ކުރިއަރާފައިވާއިރު، 2025 ގައި 4.5% އާއި 5.6% އާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެނު ނަމަވެސް މި ނަތީޖާ ޙާސިލު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 14:40
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ކުރީގެ އަންދާޒާ އާ އެއް ގޮތައް އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - އެމްއެމްއޭ އިން ބުނެފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވަނީ، އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަަޅާ ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ޖީޑީޕީ ކުރިއަރާފައި ވަނީ 2.5% އަށް ކަމަށެވެ.

2025 ވަނަ އަހަރުގެ މޭ މަހު ސަރުކާރުން ތައްޔާރު ކުރި ފޯކާސްޓް ތަކުގައި، 2025 ވަނަ އަހަރުގެ އަހަރީ ޖީޑީޕީ އަސާސީ ސިނާރިއޯގައި 4.5% އަށް ކުރިއަރާނެ ކަމަށާއި އަދި އޯލްޓަރނޭޓިވް ސިނާރިއޯ އެއް ގައި 5.6% އިން ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

އެހެން ނަމަވެސް އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓު ބުނާ ގޮތުން މި އަންދާޒާ ތަކާ އެއްގޮތައް އިގްތިސާދު ކުރިއަރަމުން ގޮސްފައެއް ނުވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޝާއިއު ކުރި އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައިވަނީ މި ދެ ސިނާރިއޯ އާ އެއް ގޮތައް އިގްތިސާދު ކުރިއަރާނެ ކަމަށް ނުފެންނާތީ، 2025 ވަނަ އަހަރަށް އިގްތިސާދު ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ މިންވަރު މިހާރު ވަނީ ދަށްކުރެވިފައި ކަމަށެވެ.

އިގްތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރާ މިންވަރު މިއަހަރަށް ދަށް ކުރީ، ހުސްވި އަހަރު އަންދާޒާ ކުރި މިންވަރަށް ވުރެ ދަށް ކޮށް ކުރިއަރާފައިވާތީއެވެ. ހުސްވި އަހަރު ޖީޑީޕީ ކުރިއެރީ 3.3% އަށެވެ. އެއީ ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ވުރެ 2.2 ޕަސެންޓޭޖް ޕޮއިންޓް ދަށް އަދަދެކެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ ޖީޑީޕީ ކުރިއަރާނެ މިންވަރުގެ އަންދާޒާތަކާ އެއްގޮތްވާ ގޮތުގެ މަތިން، 2023 ވަނަ އަހަރު 4.9% ގެ ކުރިއެރުމެއް ލިބިފައިވެއެވެ.

2024 ވަނަ އަހަރު، ޙަޤީޤީ ޖީޑީޕީގެ ކުރިއެރުން މައިގަނޑު ގޮތެއްގައި ޙާޞިލު ކުރެވިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފުޅާވުމާއެކު، ދަތުރުފަތުރާއި މުވާޞަލާތު، ހިންގުމުގެ ދާއިރާ އަދި ރިއަލް އެސްޓޭޓް ދާއިރާތަކުން ލިބުނު ކުރިއެރުންތަކާ އެކުގައެވެ.

މަސްދަރު: އެމްއެމްއޭ

ޖީޑީޕީމޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްދަތުރުފަތުރުއިގްތިޞާދީ ކުރިއެރުންރާއްޖޭގެ އިގުތިސާދު އިކޮނޮމިކް އަޕްޑޭޓް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
07 ނޮވެމްބަރު 2025

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު
16 އޮކްޓޯބަރު 2025

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

16 އޮކްޓޯބަރު 2025
އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
18 ސެޕްޓެމްބަރު 2025

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
07 ސެޕްޓެމްބަރު 2025

ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ

07 ސެޕްޓެމްބަރު 2025
ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ
05 ސެޕްޓެމްބަރު 2025

ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާގައި

05 ސެޕްޓެމްބަރު 2025
ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާގައި
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
05 އޯގަސްޓު 2025

ގައުމާއި މެދު އެމްއެމްއޭގެ ލަފާ ވަރަށް ބަނަ، ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 200 މިލިއަން ޑޮލަރު - ޝަމްހީދު

05 އޯގަސްޓު 2025
ގައުމާއި މެދު އެމްއެމްއޭގެ ލަފާ ވަރަށް ބަނަ، ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 200 މިލިއަން ޑޮލަރު - ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް