Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގުތިސާދު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 7 ނޮވެމްބަރު 2025 | ހުކުރު 14:04
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ) ސަރުކާރުން ޕްރޮޖެކްޓްތައް ބަހާލި ހަފްލާގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ) ސަރުކާރުން ޕްރޮޖެކްޓްތައް ބަހާލި ހަފްލާގައި

ވެރިކަމާއި ހަވާލުވި އިރުގައި އޮތީ ފުން އަނދަވަޅަކަށް ވަށްޓައިލާފައިވާ، ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި އޮތް އިގްތިސާދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބިޑަކާއި ނުލާ 206 މަޝްރޫއު ޕީއެންސީގެ މެންބަރުންނާއި ގުޅުން އޮންނަ ކުންފުނިތަކަށް ބަހާލި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެމަނިކުފަނު ވެރިކަމާއި ހަވާލުވީއިރުގައި އިގްތިސާދު އޮތީ ފުން އަނދަވަޅަކަށް ވަށްޓައިލާ، ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދު ކޮޅަށް ނަގައި، ކޮޅަށްޖަހައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، ސަރުކާރުގެ ތެރެއިން އެންމެންވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 206 މަޝްރޫއުގައި ސޮއިކުރުމާ ހަމައަށް ދެވުނު ކަމަށެވެ.

އެއީ، އިޤްތިޞާދުގައި މި ބުންވަރު ނެތްނަމަ، މި ދުވަހެއް ނާންނާނެ. އިޤްތިޞާދާ މެދުގައި، ސަރުކާރާ މެދުގައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ނެތްނަމަ، މި ހިސާބަކަށް ނުގެނެވޭނެ. އެހެންވީމާ، މިކުރެވުނު މަސައްކަތުގެ ނަތީޖާއަކީ އެއީ. މިއަދު، މި ޖަލްސާގައި ސޮއިކުރެވިގެން މިދިޔަ 206 މަޝްރޫޢަށް، އިއްޔެއާއި، އޭގެ ކުރީދުވަހު، މި މަސައްކަތުގެ ތެރެއިން ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކާއެކު، 216 މަޝްރޫޢު ސޮއިކުރެވިގެން މިދިޔައީ. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން. އާދެ، ހުރިހާ އަތޮޅެއްގައި، 123 ރަށުގައި މަސައްކަތްތައް ކުރުމަށް، މިދިޔަ ދެ ދުވަސް ހިމެނޭގޮތުން، މިއަދާއެކު، މި ތިން ދުވަހުން މި ހަވާލުކުރެވުނީ، 123 ރަށުގައި މަސައްކަތްކުރަން. މިއީ، އަޅުގަނޑު ހިތުން އެއްފަހަރާ، އެއް ދުވަހެއްގައި، އަދި އަމުދުން، ހަމައެކަނި ދިވެހި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ މަސައްކަތް ހަވާލުކުރެވި، މަސައްކަތް ފެށޭ ދުވަސް. އާދެ، ތަފާތު 53 ކުންފުންޏެއް މިވަނީ މަސައްކަތްތަކާ ހަވާލުވެފައި.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ސޮއިކުރި މަޝްރޫއުތަކާ އެކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާނެ ކަމަށެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރައިގެންދާނެ ކަމަށައި، އެ މަޝްރޫއުތަކުގައި އެއްވެސް ކަހަލަ ޕޭމެންޓެއްގެ ނުވަތަ ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން، އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ ގޮތުގައި، މަސައްކަތްތައް ބަރާބަރަށް، އެގްރީމަންޓްގައި ވާގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކުރުމަށް މަޖުބޫރު ވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރާއްޖޭގެ އިގުތިސާދު ޑިފޯލްޓް206 މަޝްރޫއު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު