Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންކަރިންގެ ހިދުމަތް

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

ބަންކަރިންގެ ހިދުމަތް ފަށައިގެން ފުރަތަމަ އަހަރު ނިމޭއިރުވެސް ރާއްޖޭގެ ޖީޑީޕީ އަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަމަށް 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 01:33
2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ؛ މިޖަލްސާގައި ބަންކަރިންގެ ހިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ

އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެކަމަށްބުނެ އިހަވަންދިއްޕޮޅުގައި 2024 ވަނަ އަހަރު ސަރުކާރުން ފެށި އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތުން، އަހަރަަކަށް ވުރެ ގިނަދުވަސްވީ އިރުވެސް ލިބުނީ 12 މިލިއަން ޑޮލަރުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ މި ހިދުމަތް ފެށުމުގެ ކުރިން އާމްދަނީއެއްގެ ގޮތުގައި އަހަރަކު ލިބޭނެކަމަށް ރައީސް މުއިއްޒު އަދި ވަޒީރު ސައީދުވެސް ވިދާޅުވި އާމްދަނީގެ އެންމެ 3 އިންސައްތައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ ސެޕްޓެމްބަރު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތްފެށި ހިސާބުން މިހާތަނަށް ލިބުނީ 192،149،939 ރުފިޔާ (12.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތް މި މުއްތަދުގައި ހޯދި ފަރާތްތަކުން ޓެކްސްގެ ގޮތުގައި 17 މިލިއަން ރުފިޔާ (1.1 މިލިއަން ޑޮލަރު) ސަރުކާރަށް ދައްކާފައި ވާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެން ފެށިފަހުން އަހަރެއް ވީއިރު މިހާ ކުޑަ އާމްދަނީއެއް ލިބުނު އިރު، ބަންކަރިންގެ ހިދުމަތް ފަށައިގެން ފުރަތަމަ އަހަރު ނިމޭއިރުވެސް ރާއްޖޭގެ ޖީޑީޕީ އަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަމަށް 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި އަންނަ މަހު އިރާދަކުރެއްވިއްޔާ ފެށޭނެ [ބަންކަރިންގެ ހިދުމަތް]. [ބަންކަރިންގެ ހިދުމަތް] ފެށުނީމާ މިވަނީ ކޮން ކަމެއްތޯ؟ ފެށުނީމަ މިވާގޮތަކީ، ފުރަތަމަ އަހަރު ނިމޭއިރުވެސް،
ަރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން މި ހިދުމަތް ފެށުމުގެ ކުރިން 2024 ވަނަ އަހަރު މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރުކަމަށާއި، ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް އަހަރަކު 400 މިލިއަން ޑޮލަރު ވަދެގެންދާނެކަމަށެވެ. މިއާއެކު ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އާ ސިނާއަތެއް އުފެދޭނެކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ސަޢީދު ވަނީ ދެއްވާފައެވެ.

ނަމަވެސް ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި ފަށައިގެން ރައްޔިތުންނަށް ހަގީގަތް ހާމަވާން ފެށުމުން ވަޒީރު ސައީދު ވެސް ވަނީ މިކަމާ ގުޅިގެން ކުރިން ދެއްކެވި ވާހަކަތާކާ ހަވާލުވުމަށް ދެކޮޅު ހައްދަވާފައެވެ. އެގޮތުން މިއަހަރުގެ އެޕްރިލް މަހުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށައިގެން އަހަރެއްވާއިރު 400 މިލިއަން ޑޮލަރު ލިބޭނެއޭ ވިދާޅުވެފަ ނުވާނޭކަމަށާއި، ކުރިން ވެސް ވިދާޅުވެފައިވާނީ 400 މިލިއަން ޑޮލަރު ހޯދުމުގެ ޓާގެޓާ ހަމައަށް ދިޔުމަށް މަސައްކަތް ކުރައްވާނެ ވާހަކަ ކަމަށެވެ. ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތަކީ ދުނިޔޭގެ ބޮޑު ވިޔަފާރިއެއް ކަމަށާއި އެތައް ބިލިއަން ޑޮލަރުގެ މި ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިތަކުގައި ހިނގާ ވިޔަފާރިތަކުގެ އެއް ޕަސެންޓަކީ 400 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތަކީ އެކަމުގައި ވަރަށްބޮޑު އޮލުވާލުންތަކެއް ހިމެނޭ، އެއްވެސް ރޭވުން ތެރިކަމެއް ނެތި ހަމަ އެކަނި ދައްކާލުމުގެ ގޮތުން ފަށައިގަތް ކަމެއްކަމަށް ސަރުކާރާ އިދުކޮޅު ފަރާތްތަކުގެ އިތުރުން މިދާއިރާގެ ތަޖުރިބާކާރުންވެސް ފާހަގަކުރެއެވެ. ވަސީލަތް ފުރިހަމަ ނުކޮށް، ތެޅިގަނެގެން ބަންކަރިންގ ވަރުގެ މޮޅު މަޝްރޫޢު އެއް ނެތްކަމަށް ދައްކާ، މި މަޝްރޫޢު ފެށީ ރައްޔިތުންގެ ލޮލުގަ ކޮން އަނދުނެއް އަޅުވަންތޯ މިއަދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިހަވަންދިއްޕޮޅުމުހައްމަދު ސައީދު ރައީސް މުއިއްޒުބަންކަރިންގއާމްދަނީޖީޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު