Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޮންސްޓްރަކްޝަން

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް އުފުލިގެން ދިޔަ ސަބަބުތަކުގެ ތެރޭގައި މަސައްކަތްތެރިންގެ އުޖޫރަ އާއި، މުދާ އެތެރެކުރުމުގެ ޚަރަދު ބޮޑު ވުމާއި، ބޭރު ފައިސާގެ ރޭޓު މަތިވުން ހިމެނޭ.

ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 10:35
މާލޭ ގައި އިމާރާތެއް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

މާލޭ ގައި އިމާރާތެއް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ނެރެފައިވާ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި) ރިޕޯޓުން ދައްކައިފި އެވެ.

ނޮވެންބަރު 30 ގައި ނެރެފައިވާ މި މައުލޫމާތުތަކުން ފާހަގަކުރެވޭ ގޮތުގައި، އިމާރާތްކުރުމުގެ ހަރަދުތައް ހުއްޓުމެއްނެތި ބޮޑުވަމުންދާކަން ފާހަގަ ކުރެވެ އެވެ.

2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ގައި، ކޮންސްޓްރަކްޝަން ސެކްޓަރގެ ޕީ.ޕީ.އައި މަހުން މަހަށް އަންނަ ބަދަލަށް ބަލާ އިރު، އެ ކުއަރޓަރ ގައި ހިމެނޭ 3 މަސް ދުވަހު ވެސް ވަނީ އަގުތައް މައްޗަށް ގޮސްފަ އެވެ.

އަހަރުން އަހަރަށް އައިސްފައިވާ ބަދަލަށް ބަލާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ދެމެދު 11.80% އަށް މައްޗަށް ގޮސްފައި ވެއެވެ. މީގެ ސަބަބެއް ކަމަށް ބުނެފައި ވަނީ މި މުއްދަތުގެ ތެރޭގައި މަސައްކަތްތެރިންގެ އުޖޫރަ ބޮޑުވުމާއި، ބޭރުން މުދާ އެތެރެކުރުމުގެ ޚަރަދު އިތުރުވުމާއި، ބޭރު ފައިސާގެ ރޭޓު މަތިވުން ފަދަ ކަންކަމެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، އިމާރާތް ކުރުމުގެ ދާއިރާގެ އަގުތައް ދަނީ މަތިވަމުން ކަމަށް ޕީ.ޕީ.އައި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެއީ މަހުން މަހަށް ބެލިޔަސް އަދި އަހަރުން އަހަރަށް ބެލިޔަސް ޓްރެންޑް ހުރި ގޮތް ކަމަށް ވެސް ބުނެފައިވެއެވެ.

ފާއިތުވި ބާރަ މަސްދުވަހަށް ބަލާއިރު، ޖުމްލަ ކޮންސްޓްރަކްޝަން ދާއިރާގެ ޕީޕީ.އައި 11.8% އިތުރުވެފައިވާއިރު، ބިލްޑިން ކޮންސްޓްރަކްޝަން ގެ ޕީ.ޕީ.އައި 13.62% އިތުރުވެ، ރޯޑް ކޮންސްޓްރަކްޝަން ސެކްޓަރގެ އަގުތައް 6.91% އިތުރުވެފައިވެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްތަކެތީގެ އަގުކޮންސްޓްރަކްޝަން

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
03 ޖުލައި 2025

ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު

03 ޖުލައި 2025
ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު
17 ފެބުރުއަރީ 2025

މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު

17 ފެބުރުއަރީ 2025
މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު