Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ ޚަރަދު

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

ޖުލައި މަހުގެ ނިޔަލަށް ފަތުރުވެރިކަން ނުހިމަނާ ބަލާއިރު ފެންނަނީ އެހެން ދާއިރާތަކުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ތަނެވެ. ކުންފުނިތަކުގެ އާމްދަނީން ނެގޭ ޓެކްސް 400 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދަށްވެފައި ވާއިރު، އިމްޕޯޓް ޑިއުޓީ 230 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ދަށްވެފައިވެއެވެ. އަދި ބޭރުގެ ހެޔޮއެދޭ ފަރާތްތަކުން ލިބޭ ހިލޭ އެހީ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑަށް ދަށްވެފައިވެއެވެ.

ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 18:04
ބޭނުން ނުކުރާ ހަލާކުވެފައިވާ އެކްސްކަވޭޓަރު ތަކެއް - ތަރައްގީގެ ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހުއްޓިފައި

ބޭނުން ނުކުރާ ހަލާކުވެފައިވާ އެކްސްކަވޭޓަރު ތަކެއް - ތަރައްގީގެ ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހުއްޓިފައި

2025 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމަ އަށް 314.3 މިލިއަން ރުފިޔާގެ ބަޖެޓު ސަރޕްލަސްއެއް ރެކޯޑުކޮށްފައިވާ ކަމަށް ބުނެ އެވާހަކަ ސަރުކާރުން ގެންދަނީ ފަތުރަމުންނެވެ.

ބުނެދޭން އުޅޭ މެސެޖެކީ ސަރުކާރުގެ ކުޅާދާނަ ކަމާ މޮޅު ކަމުން، ކުރަން ޖެހޭ ޚަރަދުތައް ކުރުމަށްފަހު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަރަނި ލިބިފައިވާ ކަމެވެ. ބަޖެޓު އަރަނިވި ކަމަށް ބުނުމަކީ ހެޔޮ ނިޝާނެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމުގައި ފެނުނު ނަމަވެސް، ސަރުކާރުން ހާމަ ކުރި ހިސާބުތަކަށް ތަންކޮޅެއް ފުންކޮށް ވިސްނާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ: މި އަރަނި ރެކޯޑް ކުރެވިފައިވަނީ ޚަރަދަށް ވުރެ އާމްދަނީ ބޮޑު ތަނުން އިތުރު ކުރެވިގެންނެއް ނޫނެވެ. އެއާ ޚިލާފަށް ކުރިހާ ވެސް ކަމަކީ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދު ކުރުން މަދުކުރުމެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ ފަހުގެ ހަފްތާގެ މާލީ ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން، ޖުލައި މަހުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 22.2 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، ޖުމްލަ ޚަރަދު ހުރީ 21.9 ބިލިއަން ރުފިޔާގައެވެ. މި ފެންނަ އަރަންޏަކީ އެއްވެސް ހާލެއްގައި ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ހަރުދަނާ ކަމުން ލިބުނު ކުރިއެރުމެއް ނޫނެވެ. މިއީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ މަޝްރޫއުތަކަށް ކުރާނެ ކަމަށް ވީ ވައުދު މަތިން ހަނދާން ނައްތާލައި އެ ޚަރަދުތައް ގަސްދުގައި ނުކޮށް ހިފެހެއްޓުމުގެ ސަބަބުން ފެންނަ ފަރަގެކެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާލުމުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ފާހަގަ ކޮށްލެވޭ ބޮޑު ބަދަލެއް ނާދެއެވެ. ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައި ވަނީ އެންމެ 2.8 އިންސައްތައިގެ މިންވަރަކަށެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ނިސްބަތް ވަނީ ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ އަށެވެ. ޚާއްޞަކޮށް ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ މިދިޔަ އަހަރު 5.97 ބިލިއަން ރުފިޔާއިން 6.67 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. ގްރީން ޓެކްސް ވެސް ވަނީ ބޮޑުތަނުން އިތުރުވެ، 1.26 ބިލިއަން ރުފިޔާ އަށް ދެގުނަ އިތުރުވެފައެވެ. ސަރުކާރުން ކުރިހާ ވެސް ކަމަކީ ޓެކްސް ބޮޑު ނުކުރާނެ ކަމަށް ބުނެ ޓެކްސް ބޮޑު ކުރުމެވެ. ފަތުރުވެރިކަން ކުރިއަރުވަން ކުރި ކަމެއް ފެންނާކަށް ނެތެވެ.

ފަތުރުވެރިކަން ނުހިމަނާ ބަލާއިރު ފެންނަނީ އެހެން ދާއިރާތަކުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ތަނެވެ. ކުންފުނިތަކުގެ އާމްދަނީން ނެގޭ ޓެކްސް 400 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދަށްވެފައިވާއިރު، އިމްޕޯޓް ޑިއުޓީ 230 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދަށްވެފައިވެއެވެ. އަދި ބޭރުގެ ހެޔޮއެދޭ ފަރާތްތަކުން ލިބޭ ހިލޭ އެހީ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑަށް ދަށްވެފައިވެއެވެ. ސަރުކާރަށް ދެ އަހަރު ވާން ކައިރިވެފައިވާ އިރު، އިގްތިސާދު އަދިވެސް ބިނާ ވެފައި މިއޮތީ ކުރިން ވެސް އޮތް ގޮތަށް ކުރިން ވެސް ޓެކްސް ނެގި ދާއިރާ ތަކުގެ މައްޗަށެވެ. އެއްވެސް ހާލެއްގައި އާމްދަނީ ގެ އައު ވަސީލަތަކުން ދައުލަތުގެ ޚަޒާނާ އަށް އިތުރު އެއްޗެއް ވަންނަ މަންޒަރެއް ފިނޭންސް މިނިސްޓްރީގެ ރެކޯޑް ތަކަކުން ނުދައްކައެވެ.

އެއާއެކު، ފާހަގަ ކުރެވޭ އަނެއް ކަމަކީ، އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ކެޕިޓަލް ޚަރަދު ހުރީ އެންމެ 2.7 ބިލިއަން ރުފިޔާގައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ކެޕިޓަލް ޚަރަދު ތަކާ އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ތަރައްގީގެ މަޝްރޫޢުތަކަށް 6.9 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދުތައް ހިމެނެއެވެ. މި ދާއިރާ އަށް ކުރެވޭ ޚަރަދު 3.1 ބިލިއަން ރުފިޔާއިން 1.66 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު، ބިންތަކާއި އިމާރާތްތަކަށް ކުރެވޭ ޚަރަދު 2.9 ބިލިއަން ރުފިޔާއިން 662.8 މިލިއަން ރުފިޔާ އަށް ދަށްވެފައިވެއެވެ.

ރާއްޖޭގެ ރަށްތަކުގައި އިންފްރާސްޓްރަކްޗަރާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު އެއް ވަސީލަތްކަމުގައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން މިހާތަނަށް މި އަހަރު ޚަރަދު ކުރެވިފައި ވަނީ އެންމެ 3.4 ބިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ޚަރަދުކުރެވުނު 5.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

އެހެން ނަމަވެސް، ހިންގުމުގެ ޚަރަދުތައް ދަށަށް ގޮސްފައެއް ނުވެއެވެ. މިއަހަރުގެ މިހާތަނަށް 19.2 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަ ކޮށްފައި ވެއެވެ. މިއީ މައިގަނޑު ގޮތެއްގައި މުސާރައާއި ވެލްފެއަރ ޚަރަދުތަކެވެ. މުސާރަ، އުޖޫރަ އަދި ޕެންޝަނަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

އެއްވެސް ހާލެއްގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅެއް ނުވެއެވެ. ނަންބަރު ތަކުން މުޅިން އެހެން މަންޒަރެއް ދައްކަން މަސައްކަތް ކުރަނީ އެވެ. ކެޕިޓަލް ޚަރަދުތައް ބޮޑު ތަނުން ދަށް ކުރުމަށް ފަހު، ލިބޭ އާމްދަނީގެ ބޮޑު ބައެއް މުސާރަ އާއި އުޖޫރަ އާއި ހިންގުމުގެ ނަމުގައި ޚަރަދު ކޮށް ހުސްކޮށްލަނީއެވެ. ފާހަގަ ކުރެވޭ މިންވަރަކަށް އާމްދަނީ އިތުރު ކުރެވިފައެއް ނުވެއެވެ. ކެޕިޓަލް ޚަރަދުތައް ހިފެހެއްޓުމުގެ ނަތީޖާ އަކީ ފެށިފައި ހުރި އިންވެސްޓްމަންޓްތައް ލަސްވަމުން ދިއުމެވެ. ނުނިމި ހުރި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަސްވެގެން ދިއުމަކީ ދިގު މުއްދަތެއް ގައި އޭގެ ގެއްލުން ނުހަނު ބޮޑު ވާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ.

ޚުލާޞާކޮށް ބުނާނަމަ، މިހާރު ފެންނަމުންދާ ބަޖެޓު ސަރޕްލަސް އަކީ ޙަޤީޤަތުގައި އިޤްތިޞާދީ ދުޅަހެޔޮކަމުގެ ނިޝާނެއް ނޫނެވެ. މިއީ ތަރައްޤީގެ މަޝްރޫޢުތައް ލަސްވެ، އިންވެސްޓްމަންޓްތައް މަޑުޖެހިފައިވާކަން ދައްކުވައިދޭ ކަމެކެވެ. ހަގީގަތް އޮޅުވާލުމުގެ ބަދަލު ގައި ސަރުކާރުން މި ކަންކަމަށް ސަމާލުކަން ދީ، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަކަށް މަގުފަހިކުރާނެ ސިޔާސަތުތަކެއް އެކުލަވާލުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ކެޕިޓަލް ޚަރަދުތައް އަލުން ފަށައި، އާމްދަނީ އިތުރުކުރުމުގެ ދެމެހެއްޓެނިވި ގޮތްތަކެއް ހޯދުމަކީ އަވަސް ފިޔަވަޅެއްގެ ގޮތުގައި އަޅަންޖެހޭ ކަމެކެވެ.

ފިނޭންސް މިނިސްޓްރީފަތުރުވެރިކަންޕީއެސްއައިޕީރާއްޖޭގެ އިގުތިސާދު ބަޖެޓް 2025މާލީ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު