Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

ސަރުކާރުން އަންގާ ކޮންމެ އެންގުމަކަށް ބޯލަނބާ އެއް ކޮމިޝަނަކީ ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. މިއަދުމީ އާދިއްތަ ދުވަސްކަން ޔަގީން ވާ މިންވަރަށް ބްރޯޑްކޮމް އިން މި ބިލަށް ތާއީދު ނުކުރާ ސަބަބުވެސް ޔަގީންވެ އެވެ. އެއީ މީޑިއާތަކުގެ ހައްގުގައި ނުވަތަ މިނިވަން މީޑިއާ ނެތިކޮށްލާތީ އެކަމާއި ދެކޮޅަށް ބުނި ބުނުމެއް ނޫންކަން ވެސް ވަރަށް ސާފު ވެއެވެ.

އަލީ ޝާހީން
އަލީ ޝާހީން | 31 އޯގަސްޓު 2025 | އާދީއްތަ 13:43
ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު

ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު

މިނިވަން މީޑިއާ ނެތިކޮށްލައި ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމެޓީ މަރުހަލާ އަށް ދިއުމުން، ބުރޯޑްކޮމް އަށް ވެސް މީޑިއާ ބިލު ކަމުނުދިޔައީތާ އެވެ. އެ ބިލަކީ ތާކުން ތާކު ޖެހޭ ބިލަކަށް ނުވި އެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ސަރުކާރުން އަންގާ ކޮންމެ އެންގުމަކަށް ބޯލަނބާ އެއް ކޮމިޝަނަކީ ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. ސަރުކާރުން މި ބިލާއި ހަވާލު ނުވިޔަސް މި ބިލަކީ ސަރުކާރުން ސްޕޮންސަރ ކޮށްގެން މިނިވަން މެންބަރު ހަންނާނު ހުށަހެޅި ބިލެއްކަން ނޭގޭ ދިވެއްސަކު ނުހުންނާނެ އެވެ. މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު މީޑީއާ ކޮންޓްރޯލް ކުރާ ބިލު ބަލާލުމަށް ލިބުނީ ދެތިން ދުވަސް ކަމަށް ވިދާޅުވެ މިފަދަ މުހިންމު ބިލެއް ރަނގަޅަށް ކިޔައި ދިރާސާކޮށްލުމަށް އެކަށީގެންވާ މިންވަރަށް ވަގުތު ނުލިބޭ ކަމަށް ބުނެ އެ ބިލަށް ތާއީދު ނުކުރާކަން ހާމަކުރުމުން މަ ސިއްސައިގެންނެއް ނުދެ އެވެ.

މިއަދުމީ އާދިއްތަ ދުވަސްކަން ޔަގީން ވާ މިންވަރަށް ބްރޯޑްކޮމް އިން މި ބިލަށް ތާއީދު ނުކުރާ ސަބަބުވެސް ޔަގީންވެ އެވެ. އެއީ މީޑިއާތަކުގެ ހައްގުގައި ނުވަތަ މިނިވަން މީޑިއާ ނެތިކޮށްލާތީ އެކަމަށް ތާއީދު ނުކުރާ ވާހަކައެއް ނޫންކަން ވެސް ވަރަށް ސާފު ވެއެވެ. ސަރުކާރުން މީޑިއާތައް ނެތިކޮށްލާ ބިލު ހުށަހެޅި ފަހުން މިއަދަށް 13 ދުވަސް ވީއިރު ބަޔާންގަނޑެއް ނެރެލަން ނުކުރުނު ބަޔަކު މިއަދު ކޮންވާހަކައެއް ދައްކާކަށް ހެއްޔެވެ. ހަގީގަތަކީ ބްރޯޑްކޮމް އިން މިބިލަށް ތާއީދު ނުކުރީ އެބޭފުޅުންގެ މަގާމު ގެއްލޭނެތީ އެވެ. ކޮމިޝަން އުވާލާނެތީ އެވެ.

ރާއްޖެ ގެ ސިޔާސީ ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުން މި ބިލާއި ދެކޮޅަށް ބަޔާން ނެރުނު އިރު ބްރޯޑްކޮމްގެ ވެރިން އޮތީ ނިދާފަ އެވެ. ކަހާތަން ހިރުވާވެސް ނުލާ ދެނަހުރި ކަމަށްވެސް ނުހަދާ ތިބީ ސަރުކާރުން އިތުރު އޮފަރ އެއް ބްރޯޑްކޮމްގެ ވެރިންނަށް ހުށަހަޅާތޯ ހެއްޔެވެ. ބުނިހާ ކަމެއް ކޮށްގެން ބުނިހާ ތަނަކަށް ފިޔަވަޅު އަޅައިގެން ތިޔަ ގޮވީ އަތަށެވެ. އެންމެ ފަހުން ސަރުކާރުގެ ހިލަމެއް ނުވީމަ ތިޔަ ތެދުވީ މިނިވަން މީޑިއާ ދަމަހައްޓަން ހެއްޔެވެ. ދުވަހުގެ ޖޯކަކަށް ވެސް ތިޔަ ޑިޝިޝަން ފުދެ އެވެ.

ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގައި ބުނަމުން އައި ވެރިކަމުގައި ނޫސްވެރިން ދަތި އަޅުވާ ވައްޓާ ނޫސްތައް ޖޫރިމަނާކޮށް ނުވީތާކަށް ނޫސްތަކުގެ ރަޖިސްޓްރީ ކެންސަލްކޮށް ބަންދުކުރެވޭ ގޮތަށް ބިލެއް ފަރުމާކޮށް ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ބިލު ބަލައިގަންނަށް ފާސްކުރި އިރު ބްރޯޑްކޮމް ކުރެން ހޭ ވެސް އަހާނުލަ އެވެ.

މީހެއްގެ ހުރި މަކަރުވެރިކަން ބްރޯޑްކޮމް ގައި ތިއްބެވި ބޭފުޅުންނަށް ނޭގިދާނެ އެވެ. އެހެނަސް ރާއްޖޭގެ ރައްޔިތުންނަށް މުޢިއްޒުގެ ހުރި މަކަރުވެރިކަމެއް އޮޅިފައެއް ނޯންނާނެ އެވެ. އަނެކާގެ އަބުރާ ޝަރަފާ އިއްޒަތަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެއީ ލިބޭ މިނިވަންކަމެއް ނޫން ކަމަށާ އަދި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ބެލުމެއް ނެތި ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ ވެސް މިނިވަންކަން ނޫން ކަމަށް ވިދާޅުވެ ނުސީދާގޮތުން ނޫސްވެރިންނަށް ބަހުގެ ހަމަލާތައް ދެއްވަމުން ރައީސް މުއިއްޒު ވަނީ މަކަރުވެރިކަމާ އެކު މަޖިލީހަށް ބިލެއް ހުށަހަޅާ ނޫސްވެރިން ކަތިލުމުގެ ސިލްސިލާ ފައްޓަވާފައެވެ.

މަ ވެސް މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅެވެ. އެކަމަކު މަ ވެސް އެދެނީ ތިޔަ ކޮމިޝަން އުވާލުމަށެވެ.

ރައީސް މުއިއްޒުބްރޯޑްކޮމްސޮފާ ޝަފީގުމެމްބަރު ހަންނާނުމީޑިއާ ބިލު ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން
13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު