Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ފަލާހު ނޫސްވެރިން "އުލުބައިންދަން" ޖެހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަަކަ އަށް ނޫސްވެރިންގެ ކިބައިން މާފަށް އެދެން ގޮވާލައިފި

27 އޯގަސްޓު 2025 | ބުދަ 17:37

ނޫސްވެރިން އުލުބައިންދަން ޖެހޭކަމަށް ދެއްކެވި ވާހަކައަށް މައާފަށް އެދެން ޖެހޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 އޯގަސްޓު 2025 | ބުދަ 17:37
މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވެފައިވާތީ އެކަމަށް މައާފަށް އެދެން ވަނީ ގޮވާލާފަ

މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވެފައިވާތީ އެކަމަށް މައާފަށް އެދެން ވަނީ ގޮވާލާފަ

ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވެ، ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަ އަށް، ނޫސްވެރިންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން ބުނެފި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ތުޅާދޫ މަޖިލިސް މެމްބަރު އަންދުލް ހަންނާން އަބޫބަކުރު، ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement
މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ
ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބުރާހީމް ފަލާހު

އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް ފަލާހު ބުންޏެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ނުލިޔެ އެވެ. އެ ވާހަކަ ބޮޑަށް ދައުރުވީ ސޯޝަލް މީޑިއާގަ އެވެ.

ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ވަރަށް އަނިޔާވެރި އަދި ލާއިންސާނީ އުކުޅެކެވެ.

ފަލާހުގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ބުދަ ދުވަހުގެ ރޭ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލުގެ މެމްބަރުން ވިދާޅުވެފައިވަނީ ނޫސްވެރިންނަށް ރައްދުވާ ގޮތަށް ބުދަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރު ފަލާހު ދެއްކެވި ވާހަތަކާއި މެދު ހުރިހާ ނޫސްވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އެ ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި މީޑިއާގެ ކޮންޓްރޯލް އަތުލާ ބިލުގެ ދިފާއުގައި ފަލާހު ވާހަކަދެއްކެވީ ނޫސްވެރިންގެ އަގު ވެއްޓޭ ގޮތަށެވެ. އެގޮތުން ނޫސްވެރިންނަކީ ދޮގު ހަދައި އޮޅުވާލައިގެން މީހުންގެ އަބުރު ކަތިލުމަށް ޚަބަރުތައް ލިޔެ ފަތުރާ ބައެއް ކަމުގެ ތުހުމަތު ވެސް ނޫސް ވެރިންގެ މައްޗަށް ފަލާހު ކޮށްފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލް މެމްބަރުން ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެބަރުން ފާހަގަކުރި ގޮތުގައި ފަލާހު ނޫސްވެރިން އުލުބައިދަން ޖެހޭކަމަށް ތަކުރާރުކޮށް މަޖިލިސް ތަޅުމުގައި ވިދާޅުވުމަކީ ބަލައިނުގަނެވޭނެ، ވަރަށް ދަށުދަރައިޖައިގެ އަމަލެކެވެ. އަދި އެ ވާހަތަކަށް ނޫސްވެރިންގެ ކިބައިން މެމްބަރު ފަލާހު މައާފަށް އެދެން ޖެހޭނޭ ކަމަށް ވެސް އެ މެމްބަރުން ވިދަޅުވި އެވެ.

ބިލުގައި ހަމަ އެކަނި ނޫސްވެރިންގެ ހައްގުތަކެއް ނޫން. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޚިޔާލުފާޅުކުރާ ފަރާތްތަކާ، ކޮންޓެންތް ކްރިއޭޓަރުންނާ، މި ހުރިހާ ފަރާތްތަކަށް މި ބިލުން އެބަ އިފެކްޓް ކުރޭ. ނޫސްވެރިންނަކީ ވަރަށް ޚުދުމުހުތާރު ބައެއްގެ ގޮތުގައި ލޭބަލް ކޮށް، ދައްކަމުންގެންދާ ވާހަތަށް އަޅުގަނޑު ހަރުކަށި އިބާރާތުން ކުއްވެރިކުރަން
މީޑިއާ ކައުންސިލް މެމްބަރު ފާޠިމަތު ނަހުދާ ފާއިޒު

ނަހުދާގެ އިތުރުން ކައުންސިލް މެމްބަރު ލީވާން ވެސް ވަނީ މެމްބަރު ފަލާހު ނޫސްވެރިން އުލުބައިދަން ޖެހޭ ކަމަށް ބުނެ ދެއްކިވާހަތަކަކީ ބަލައިގަނެވޭނޭ ވާހަތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިން މުލިއާގެ ގޭޓު މަތިން އަރަން އުޅެނިއްޔޭ، ރައީސް އޮފީހުގެ ގޭޓުމަތިން އަރަން އުޅެނިއްޔޭ ކިޔައިގެން ނޫސްވެރިންގެ އަގުވައްޓާލަން ވެސް މިއަދު ބަޔަކު މަސައްކަތް ކޮށްފި. އަނެއްކޮޅުން ޕީއެންސީ ޕީޖީ ލީޑަރު މިއަދު މަޖިލީހުގައި އެ ދެއްކެވި ވާހައަކީ ނޫސްވެރިން އުލުބައިދަން ޖެހޭ ވާހަކަ. މިއީ ކޮންކަހަލަ ވާހަކައެއްތޯ ނޫސްވެރިންނާއި ގުޅޭގޮތުން އެ ދެއްކެވީ..؟ ކީކޭތޯ މި މިޔަނީ..؟ ހަގީގަތުގައި ވެސް މެމްބަރު ފަލާހު ޖެހޭނެ މިއަދު ނޫސްވެރިންގެ ކިބައިން މައާފަށް އެދެން.. އެއީ ހުރިހާ ނޫސްވެރިންނަށް ނިސްބަތްކޮށްފަ ފަލާހު ވިދާޅުވީ، ނޫސްވެރިން އުލުބައިދަން ޖެހޭ ވާހަކަ.. މި ކޮންކަހަލަ ވާހަކައެއްތޯ މި ދައްކަނީ..؟
މީޑިއާ ކައުންސިލް މެމްބަރު ލީވާން

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އިތުރުން ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށް އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބަޔަކަށް އަނިޔާވެރިވުމަށް މަޖިލީހުގެ މެންބަރަކު ގޮވައިލުމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެފަދަ މީހަކު މަޖިލީހުގައި ހުންނަން ކުފޫ ހަމަވޭތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

ފަލާހު ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ ގާނޫނީ ވަކީލު، އަހުމަދު މައުރޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދިނުމަށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ގޮވައިލުމުން އެމީހުންގެ މަގުސަދާއި ވިސްނުން ހާމަވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް