Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

ރާއްޖެ ޓީވީން ވަނީ އެމްބަސީން ދިން ފައިސާ އަނބުރާ ރައްދުކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ފެބުރުއަރީ 2017 | ހޯމަ 14:19
ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ދިވެހި ނޫސްވެރިންނަށް 500ރ. ރުފިޔާގެ ނޫޓް ދީ ނޫސްވެރިންގެ ނަޒާހަތްތެރިކަން ނަގާލަން ކުރި މަސައްކަތަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ހޯމަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން ގަތުމަށް ސައުދީ އަރަބިޔާގެ އެމްބަސީން 500ރ. ދިނުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ އިވެންޓްގައި ބައިވެރިވި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން 500ރ. އަނބުރާ އެމްބަސީއާ ހަވާލުކޮށްފައިވާ ކަމީ ރާއްޖެޓީވީގެ ނަޒާހަތްތެރިކަން ރަނގަޅުކަން އެނގިގެންދިޔަ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި އާދީއްތަ ދުވަހު އޮތް އިވެންޓެއް ކަވަރު ކުރަން ދިޔަ ކޮންމެ ނޫސްވެރިޔަކަށް 500ރ. ދީފައިވެއެވެ.

އޯޓިޒަމް ހުންނަ ކުއްޖެއް ކަމަށްވާ އަލްހާފިޒް އަހުމަދު ނަބީހު ތިން މަސް ތެރޭގައި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން ހިތްވަރު ދިނުމުގެ ގޮތުން އޭނާއާ ސައުދީ އެމްބަސީން ބައްދަލުކުރުމަށް ބޭއްވި އިވެންޓް ކަވަރު ކުރި ނޫސްވެރިންނަށް ސިޓީއުރައެއް ދީފައިވަނީ އިވެންޓް ނިމުމުން ނޫސްވެރިން ވަކިން ހާޒިރުކުރުމަށް ފަހުގައެވެ.

ނޫސްވެރިންނަށް ދިނީ ކޮން އެއްޗެއްކަން ނޫސްވެރިންނަށް އެނގިފައި ވަނީ އެމްބަސީއިން ނުކުތުމަށް ފަހު ސިޓީއުރަ ބަލާލުމުންނެވެ. ކޮންމެ ނޫސްވެރިޔަކަށް ދިން ސިޓީ އުރައިގައިވަނީ 500ރ. އެވެ.

ނޫސްވެރިންގެ އަޚްލާގީ މިންގަޑުތައް ކަނޑައަޅާ އުސޫލެއް ބަޔާންކޮށް ހަދިޔާގެ ގޮތުގައި ހިފޭނެ މިންވަރެއް ރާއްޖޭގައި ކަނޑައަޅާފައެއް ނުވެއެވެ.

ދިވެހި ރާއްޖޭގައި ބާއްވާ އެކި އިވެންޓްތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ފަދަ ކަންކަން ނިންމުމަށް ފަހު ސައިފޮދެއް ނުވަތަ ކެއުމެއް އޮތް ނަމަވެސް ފައިސާ ދިނުމަކީ މިހާތަނަށް އޮތް ސަގާފަތެއް ނޫނެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު