Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ޖެނީވާގައި

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

އަލުން އަނބުރާ ޖަލަށް ދާންޖެހުނު ނަމަވެސް، ރާއްޖެ ވަޑައިގަންނަވާނަން

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 21 ފެބުރުއަރީ 2017 | އަންގާރަ 13:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އަލުން އަނބުރާ ޖަލަށް ދާންޖެހުނު ނަމަވެސް، ރާއްޖެ ވަޑައިގަންނަވާނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސްގެ ނުވަ ވަނަ ބައްދަލުވުން ހުޅުވާދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު ކުރި މަސައްކަތްތަކަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރެއްވި ގޮތަށް މަސައްކަތް ކުރުމަށް އެހެން މީހުންނަށް ނަސޭހަތް ނުދެއްވާނޭ ކަމަށެވެ. ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިކުރެވެންދެން އޭރުގެ ސަރުކާރުން އިންތިހާބު ބޭއްވި ކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިންނަކީ، މަކަރާއި ވައްކަމާއި މީހުން މަރަން ތާއީދުކޮށް، އަމަލީކޮށް އެކަން ކުރަމުންދާ ބައެއް ކަމަށެވެ. އެފަދަ ވެރިންނާއި ދެކޮޅަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ނަޝީދު ވަނީ ގޮވާލާފަ އެވެ. އަދި، އެކަމަށް ބޭނުންވަނީ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގަވާއިދުތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ ޝަރަފުވެރި މެހުމާނުގެ ގޮތުގަ އެވެ.

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތްވަރުފުޅުގަދަކަން ފާހަގަކޮށް، މި ސަމިޓުގައި އެމަނިކުފާނަށް އެވޯޑެއް ދިނުމަށް ޖެނީވާ ސަމިޓުން ވަނީ ނިންމާފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ކުރިން ޖެނީވާގައި ބާއްވާ މި ސަމިޓް އިންތިޒާމް ކުރަނީ ޔޫއެން ވޮޗު ކިޔާ ޖަމާއަތަކުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރަން ބާއްވާ މި ސަމިޓް އިންތިޒާމް ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު 20 ޖަމިއްޔާއެއް ބައިވެރިވެ އެވެ.

މި ސަމިޓް ނިމޭތާ ހަފްތާއެއް ފަހުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް މި އަހަރަށް އިފްތިތާހު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ޖެނީވާ އަށް ވަޑައިގަންނަވާނެ އެވެ.

ޖެނީވާ ސަމިޓުގައި ކޮންމެ އަހަރަކު ވެސް ނޫސްވެރިންނާއި ގައުމުތަކުގެ ކުރީގެ ވެރިންނާއި ސިޔާސީ ގޮތުން ޖަލު ހުކުމްތައް އައިސްފައިވާ ސިޔާސީ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތައް ބައިވެރިވެ އެވެ.

މިއަހަރުގެ ސަމިޓު ހާއްސަކުރެވިފައިވާ މައުޟޫތަކަކީ، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުމާއި، ނޫސްވެރިން ޖަލަށްލުމާއި، އިންޓަނެޓުގެ މިނިވަންކަމާއި، ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނަށް ކުރާ އަނިޔާތަކުގެ އިތުރުން ޖަލުތަކުގެ ހާލަތެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު