Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ އަށް ޖެއްސުންކުރުން

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ނޫސްވެރިންގެ މައްޗަށް ދައުވާކުރުމަކީ ރާއްޖެ ޓީވީއަށް ގެއްލުން ދިނުމުގެ މަގުސަދުގައި ހިންގޭ ދަށުދަރަޖައިގެ އަމަލެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2017 | އަންގާރަ 01:17
ރާއްޖެޓީވީގެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓު ސަރަހައްދުގައި މަޑުކޮށްލައިގެން

ރާއްޖެޓީވީގެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓު ސަރަހައްދުގައި މަޑުކޮށްލައިގެން

ނޫސްރިންގެ މައްޗަށް ހުކުމްކޮށް، ޖަލަށްލި ކަމުގައިވިޔަސް، ނޫސްވެރިކަމުގެ ދިފާއުގައި އަދި ޑިމޮކްރަސީގެ ހައްގުގައި ސްޓޭޝަނުންކުރާ މަސައްކަތް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުރުމުގައި ސްޓޭޝަންގެ ނޫސްވެރިން ތިބީ ސާބިތުވެ އެކަތިގަނޑެއްގެ ގޮތުގައިކަމަށް ރާއްޖެޓީވީން ބުނެފި އެވެ.

ރާއްޖެޓީވީގެ ދެ ނޫސްވެރިކަމަށްވާ ލީވާން އަލީ ނާސިރުގެ އިތުރުން މުހައްމަދު ވިސާމްގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް ވަނީ އަންގާރަ ދުވަހަށް (މިއަދަށް) ތައާވަލްކޮށްފަ އެވެ. ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް ހުކުމްކުރާއިރު، ސްޓޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް އަސްލެއް ނެތް ޖިނާއީ ދައުވާ އުފުލައި ހިންގަމުންދާ ޝަރީއަތްތަކަކީ، ނޫސްވެރިކަމަށް، ހާއްސަކޮށް ރާއްޖެ ޓީވީއަށް ގެއްލުން ދިނުމުގެ މަގުސަދުގައި ހިންގޭ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން ވަނީ، އުމުރުން 22 އަހަރުގެ ވިސާމާއި، 20 އަހަރުގެ ލީވާނަކީ ކުށްވެރިން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވާއިރު، ކުށުގެ ރެކޯޑެއް ވެސް ދުވަހަކު ނެތް މި ދެ ނޫސްވެރިންނަށް އަދަބު ދިނުމުގެ ގޮތުން ދައުލަތުން ބޭނުންވީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު ދިނުމަށްކަން ފާހަގަކޮށްފަ އެވެ. އެކަން ފާހަގަކޮށް ސްޓޭޝަނުން ބުނެފައިވަނީ، ކުށުގެ އަދަބަކަށް ޖޫރިމަނާއެއް ކުރުވެން ގާނޫނުގައި އޮއްވާ، 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން، އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކާލާތު ކުރެއްވި ކުރެއްވުން އެކަނިވެސް ދައުވާގެ މަގްސަދު ވަރަށް ރަނގަޅަށް ސާފުވާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ މަގްސަދަކީ ރައްޔިތުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދީ އަނިޔާވެރިވުން ކަމުގައިވާނަމަ، އެ މުއައްސަސާތައް ހިންގެވުމާ ހަވާލުވެ ތިއްބެވީ، އިންސާނިއްޔަވަންތަ ކަމުގެ ސިފަތައް ލިބިފައިވާ ފަރާތްތަކެއް ކަމާމެދުވެސް ސުވާލު އުފެދޭކަމަށް ރާއްޖެޓީވީން ބުނެ އެވެ.

ބަޔާނުގައި ރާއްޖެޓީވީން އިތުރަށް ބުނެފައިވަނީ، މުޅި ދައުލަތް ތަމްސީލްކުރުމުގެ ގާނޫނީ ޒިންމާ އާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމާއި، ހަމަހަމަކަމާއެކު އިންސާފު ހޯދައި ދިނުމަކީ، އަދި އެކަންކަން ހާސިލުނުވާނަމަ ހައްގު ބަސްބުނެ، ރައްޔިތުންގެ ހައްގުގައި ތެދުވުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. ނަމަވެސް، މިފަދަ ޒިންމާއެއް އޮތްކަން ހަނދުމަފުޅު ނެތި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އެންމެ ބޮޑު އަދަބު ދޭން އެދިވަޑައިގެންފައި އޮތުމަކީ އެ މުއައްސަސާގެ އިތުބާރު އިތުރަށް ވެއްޓިގެން ދިޔަ ކަމެއް ކަމުގައި ސްޓޭޝަނުންދެކޭ ކަމަށެވެ.

ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ވެސް ގޮވާލަމުން އަންނައިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ގާނޫނީ ޒިންމާ ނަގަންޖެހޭ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ދެ ނޫސްވެރިންގެ ހައްގުގައި ކުރި އެއްވެސް މަސައްކަތެއް ނެތުމުން އެ ދެ މުމައްސަސާ ފޭލްވެ، ސަރުކާރުގެ މުށުތެރެއަށް ވެއްޓިފައިވާ މިންވަރު ދޭހަވާކަމަށެވެ. އަދި ނޫސްވެރިންގެ ހައްގުގައި ބަހެއް ބުނުމުގެ ހިތްވަރު ނެތް މި ދެ މުއައްސަސާގައި ހުރީ ނޫސްވެރިންނާމެދު ފިޔަވަޅު އެޅުމުގެ ހިތްވަރުކަމަށާއި، ހާއްސަކޮށް ރާއްޖެޓީއަށް ފިޔަވަޅު އެޅުމަކީ ބްރޯޑްކާސްޓިންގ ކޮމިޝަން ދެމިއޮތުމަށް ހަމައެކަނި ކުރާ މަސައްކަތުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ލީވާނާއި ވިސާމްގެ މައްޗަށް ދައުވާ އުފުލައި، މާދަމާ ހުކުމްކުރަނީ ނޮވެމްބަރު 2، 2015 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ބޮމެއް ކަމަށް ބުނާ އެއްޗެއް ނައްތާލުމަށް ހިންގި އޮޕަރޭޝަން ކަވަރުކުރަމުން ދަނިކޮށެވެ. ލީވާނާއި ވިސާމްގެ މައްޗަށް ވެސް ފުލުހެއްގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށްފައިވާއިރު، ސްޓޭޝަނުން ގަބޫލްކުރާ ގޮތުގައި ސްޓޭޝަންގެ ނޫސްވެރިންގެ ވާޖިބަށް ހުރަސްއެޅީ ފުލުހުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ހަރަކާތްތަކެއް ކަވަރުކުރުން ކަމަށާއި ނޫސްވެރިން އެހެން ކުށެއް ނެތް ކަމަށް ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޖަމިއްޔާ، ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ ބުނެފައެވެ. ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމް ކޯޑިނޭޓަރު ސްޓިވަން ބަޓްލާ ވިދާޅުވެފައިވަނީ، ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ޝަރީއަތް ހުއްޓާލައި، ދައުވާތައް އަނބުރާ ގެންދަން ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސީޕީޖޭގެ އިތުރުން އެމްނެސްޓީ އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށާއި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

ސީޕީޖީގެ ދިރާސާތަކުން ރާއްޖެޓީވީއާ މެދު ދިވެހި ސަރުކާރުން ބޭއިންސާފުން ކަންކަން ކުރަމުންދާކަން ފާހަގަވެފައިވާ ކަމުގައި އެ ޖަމްއިއްޔާއިން ދާދިފަހުން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ. ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، މިހެން ކަންކަން ހުރި ހިނދު، ރާއްޖެޓީވީގެ ނޫސްވެރިންނަށް ނުހައްގުން އަދަބު ނުދޭން މުއައްސަސާތަކަށް ތަކުރާރުކޮށް ގޮވާލާކަމަށެވެ.

ބަޔާން ނިންމާލަމުން ރާއްޖެޓީވީން ބުނީ، ސްޓޭޝަންގެ ނޫސްރިންގެ މައްޗަށް ހުކުމްކޮށް، ޖަލަށްލި ކަމުގައިވިޔަސް އަދި ރާއްޖެޓީވީ އާ މެދު ފުލުފުލުގައި އަޅަމުންދާ ފިޔަވަޅުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ ނަމަވެސް ނޫސްވެރިކަމުގެ ދިފާއުގައި، އަދި ޑިމޮކްރަސީގެ ހައްގުގައި ސްޓޭޝަނުންކުރާ މަސައްކަތް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުރުމުގައި ސްޓޭޝަންގެ ނޫސްވެރިން ތިބީ ސާބިތުވެ އެކަތިގަނޑެއްގެ ގޮތުގައިކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށްދޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު