Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ ތަމްރީން

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

ދިވެހި ނޫސްވެރިންނަށް ފުރުސަތުތައް ބޭނުންވާކަން ވަނީ ފާހަގަކޮށްފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 19:02
މީޑިއާ ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލުކުރެއްވުން

މީޑިއާ ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލުކުރެއްވުން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ އެކު މިއަދު ރަސްމީ ބައްދަލުވުމެއް ބާއްވައި ދިވެހި ނޫސްވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި އަންގާރަދުވަހު މެންދުރު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ސީނިއާ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ގުޅުންތައް ގާއިމްކުރުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން ދެ ގައުމު އޮތީ ގުޅިލާމެހިފައި ކަމަށާއި ދެ ގައުމުގެ މެދުގައި އޮތީ އެއްބައިވަންތަ، އެކުވެރި، އަދި އާއިލީ ގުޅުމެއް ކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި އަބަދުވެސް އެހީތެރިވެ ހިދުމަތްކުރުމުގައި ދެމި ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ މެމްބަރުން ދެއްކެވި ވާހަކައިގައި ދިވެހި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންޑިއާ އިން ތައުލީމީ ފުރުސަތުތަކުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ގެނެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތައް ހިންގައި އަދި އިންޑިއާގެ މީޑިއާތަކުގައި ދިވެހި ނޫސްވެރިންނަށް ތަޖުރިބާ ހޯދިދާނެ ގޮތްތަކާ މެދު ސަފީރާ އެކު ވަނީ މަޝްވަރާކޮށްފައެވެ.

ނޫސްވެރިންނަށް ތައުލީމާއި ތަމްރީން އަދި ތަޖުރިބާ ހޯދައިދޭން މީޑިއާ ކައުންސިލުން ގެންއުޅޭ ވިސްނުމަށް އިންޑިއާގެ ސަފީރު ވަނީ މަރުހަބާ ދަންނަވައިފަ އެވެ. އަދި އެކަމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިކަމަސް އެމްއެމްސީން މައުލޫމާތުދެއެވެ.

މިކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އިންޑިއާ އެމްބަސީ އާއި މީޑިއާ ކައުންސިލާ އެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް އަންގާރަދުވަހުގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު