Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

ނޫސްވެރިންނާ ބައްދަލުނުކުރައްވަނީ ފަލީހަތްވެވަޑައިގެންފާނެތީ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2017 | ހޮނިހިރު 04:16
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާރު ފަހުމީ

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާރު ފަހުމީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ކެރިވަޑައިނުގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ މިރައީސް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތިޔާޒު ވިދާޅުވީ، ރާއްޖޭގެ ކަންކަމާ ގުޅިގެން ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުނުކުރައްވާ ކަމަށާއި، އެކަން ކުރައްވަން އެ މަނިކުފާނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަފްތާއަކު އެތައްފަހަރަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުނުކުރައްވަނީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ފަލީހަތްވެ ވަޑައިގެންފާނެތީ އެވެ. އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރައްވާ އަމިއްލައަށްވެސް ފަލީހަތްވެ ވަޑައިގަންނަވާކަން އިމްތިޔާޒު ފާހަގަކުރެއްވި އެވެ.

ވައްކަމާ ފޭރުމަކީ ފަންނެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވާފައިވާކަން ފާހަގަކުރައްވަމުން އިންތިޔާޒު ވިދާޅުވީ، އެފަދަ ކަންކަމަކީ ރާއްޖޭގެ ހުރިހާ ރައްޔަތުންގެ ގައިގައި ހުންނަން ޖެހޭ ސިފައެއްގެ ގޮތުގައި އެ މަނިކުފާނުގެ ވާހަކަފުޅުން އެނގޭ ކަމަށެވެ.

ސިފައިންނާއި ފުލުހުން އަދި ރައްޔިތުން ނިކުމެ ރައީސް ޔާމީން އަޒުލްކުރަންޖެހޭ ކަމަށާއި، އެ މަނިކުފާނަކީ ގައުމެއްގެ ވެރިޔެއްގެ ގޮތުގައި ހުންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށްވެސް އިންތިޔާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވަނީ އިސްލާމްދީން އަދި ދުނިޔެ ގަބޫލުކުރާ ހުރިހާ އިންސާނީ ހަމަތަކާ ހިލާފުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

މ.މުލަކާއި ދިއްގަރު އަދި މަޑުއްވަރީ ރައްޔަތުން ޕީޕީއެމް އަށް ސޮއިކުރަން މި މަހު 21 ވަނަ ދުވަހު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަރަޕްޝަން އަކީ އިންސާނީ ތަބީޔަތުގައި ހިމެނޭ ކަމަކަށްވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައިވެސް ކަރަޕްޝަނަށް ޖާގަ އެބައޮތް ކަމަށެވެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަންވާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިދިކޮޅު އެމްޑީޕީންވެސް ވަނީ ރައީސްގެ ވާހަކަ ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ރައީސް ޔާމީން މަސައްކަތްކުރައްވަނީ ވައްކަމަކީވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށްކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު