Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިންނަށް ހުކުމްކުރުން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ފުލުހުންނަކީ މައުސޫމް ބައެއް ކަމަށް ބެލެން ނެތް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2017 | ބުދަ 18:23
ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓް ނުކުތުމުން، އޭނާގެ ގައިގައި ރާއްޖެޓީވީގެ މުހްސިން ބައްދާލާއިރު، ވިސާމް ފަހަތުގައި

ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓް ނުކުތުމުން، އޭނާގެ ގައިގައި ރާއްޖެޓީވީގެ މުހްސިން ބައްދާލާއިރު، ވިސާމް ފަހަތުގައި

ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު ޖޫރިމަނާކުރި މައްސަލައިގައި އަދުލު އިންސާފް ނިޒާމްގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނެ ކަމަށް ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިސާމާއި ލީވާންގެ ގާނޫނީ ވަކީލް ހަސީން ވިދާޅުވީ ވިސާމާއި ލީވާން ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ ވާޖިބަކަށް ހުރަސްއެޅިކަމަށް ބުނެ ދައުލަތުންކުރި ދައުވާ ސާބިތުކޮށް، ކޮންމެ ނޫސްވެރިޔަކު 28،800 ރުފިޔާއިން ޖޫރިމަނާކުރި މައްސަލައަކީ އިންސާފުގެ ހަމަތަކުން ކިރައިފި ނަމަ ސާބިތުވާނެ މައްސަލައެއް ކަމަށް ގަބޫލްނުކުރައްވާ މަށެވެ. ދައުވާ ސާބިތު ކުރުމަށް ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގައި މަސައްކަތް ކުރާ ފަސް ފުލުހަކު ދީފައިވާ ހެކިބަސްތަކުގައި ބޮޑަތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރަމުން ހަސީން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ. ހައި ކޯޓުން ކާމިޔާބު ނުލިބިއްޖެ ނަމަ ސުޕްރީމް ކޯޓަށް ވެސް ހުށައަޅާނެ ކަމަށް ވެސް ހަސީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސީން ވިދާޅުވީ ފުލުހަކު ބުނާ ކޮންމެ ބަހަކީ ހެކިބަހެއް ކަމަށް ބަލާއިގެން ފުލުހުންނަކީ މައުސޫމް ބައެއް ކަމަށް ބެލެން ނެތް ކަމަށެވެ. ކިތެންމެ ފުލުހުންގެ މައްޗަށް މަސްތުވާ ތަކެތީގެ މައްސަލައާއި މަރާމާރީގެ މައްސަލަ ތަކުގައި ޖިނާއީ ކުށް ސާބިތުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިސާމާއި ލީވާންގެ ކުށުގެ ރެކޯޑެއް ނެތްކަމަށް ބުނެ، އެ ދެ ނޫސްވެރިން 28،800 ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ކުޑަ އަދަބައެއް ނޫން ކަމަށް ހަސީން ވިދާޅުވި އެވެ.

މި މައްސަލާގައި ވިސާމާއި ލީވާންގެ މައްޗަށް ހުކުމް ކުރި އިރު މި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ހުއްޓުފިއިވާކަން ފާހަގަކުރަމުން ހަސީން ވިދާޅުވީ ކޯޓްގައި ހެކި ބަސް ދިން ފުލުހުންނަކީ ވިސާމާއި ލީވާނަން އަނިޔާކުރި ފުލުހުން ކަމަށެވެ.

ރާއްޖެޓީވީން ބުނީ ނޮވެމްބަރު 2، 2015 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާއާއެކު ލީވާނާއި ވިސާމް ހައްޔަރުކުރިއިރު، ހައްޔަރުކުރުމުގެ ތެރޭގައި އާއި ހައްޔަރު ކުރުމަށް ފަހު އަނިޔާކޮށްފައިވާކަން ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ވިސާމުގެ ލޯމަތީގައި ޖަހައި ލޯ ދުޅަކޮށްލާފައިވާއިރު، ފިޔާޒުގެ ކަންފަތް މަތީގައި ޖަހައި ކަންފަތުގެ އެތެރެ ފަޅާލައި، ލޭ ދުއްވާލާފައިވާ ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

ވިސާމުގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 31 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމް ކުރުން އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު