Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން އެއްބަސް ނުވަނީ ގައިދީން ދޫކޮށްލުމުން ދެން ވާނެ ގޮތަކަށް ބިރު ގަންނާތީ: ޓްރަމްޕް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން އިންކާރުކުރަނީ ގައިދީން ދޫކޮށްލުމަށްފަހު ވާނެ ގޮތަކާ މެދު ބިރުގަންނާތީ ކަމަށް ޓްރަމްޕް ވިދާޅުވި އިރު، އިސްރާއީލުން ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ބޭނުން ކޮށްގެން ޣައްޒާގެ ރައްޔިތުން ބަންދު ކޭމްޕްތަކަށް ބަދަލުކޮށް، އެ ސަރަޙައްދުން ފަލަސްތީނު މީހުން އެއްކޮށް ނެރެލުމަށް ކަމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ވަނީ ހާމަ ކޮށްފައި.

ރާއްޖެ އެމްވީ | 26 ޖުލައި 2025 | ހޮނިހިރު 10:48
އިސްރާއީލުގެ އަނިޔާވެރި ކަމުގެ ސަބަބުން ޣައްޒާގެ އުމުރުން ދޮޅު އަހަރުގެ މުހައްމަދު ޒަކަރިއްޔާ އަށް ފުރާނައަށް ނުރައްކާވާ ފަދަ ހައިހޫނު ކަމާ ކުރިމަތިވެފައި - ޖުލައި 21، 2025 ގައި އެވެ.

އިސްރާއީލުގެ އަނިޔާވެރި ކަމުގެ ސަބަބުން ޣައްޒާގެ އުމުރުން ދޮޅު އަހަރުގެ މުހައްމަދު ޒަކަރިއްޔާ އަށް ފުރާނައަށް ނުރައްކާވާ ފަދަ ހައިހޫނު ކަމާ ކުރިމަތިވެފައި - ޖުލައި 21، 2025 ގައި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން އެއްބަސް ނުވަނީ ގައިދީން ދޫކޮށްލުމުން ދެން ވާނެ ގޮތަކަށް ބިރު ގަންނާތީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ވައިޓް ހައުސް ގައި ޓްރަމްޕް ދެއްކެވި ވާހަކަތަކުން ދޭހަ ވަނީ އެމެރިކާ އާއި އިސްރާއީލުން ހަނގުރާމަ އަށް ދާއިމީ ނިމުމެއް ގެންނަން ގެރެންޓީ އެއް ދޭން ތައްޔާރަށް ނެތްކަމާއި، އޭގެ ބަދަލުގައި އިސްރާއީލުގެ ރަހީނުން ޣައްޒާ އިން ނެރުމަށް ކުރު މުއްދަތެއްގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރާވާފައިވާ ކަމުގައެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ އެންމެ ފަހު ގައިދީންގެ މައްސަލައިގައި. އަދި އެންމެ ފަހު ގައިދީން ދޫކޮށްލުމަށްފަހު ވާނެ ގޮތް އެމީހުންނަށް އެނގޭ،" އެމެރިކާގެ ރައީސް ނޫސްވެރިންނަށް ވިދާޅުވިއެވެ. "އަދި މައިގަނޑު ގޮތެއްގައި އެކަމުގެ ސަބަބުން، އެމީހުން އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ނުކުރާކަން ފާހަގަކުރެވޭ."

ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނާދެވުމުގެ ޒިންމާ ހަމައެކަނި ފަލަސްތީނުގެ ހަމާސް ގެ ބޮލުގައި އަޅުވައި، "ދަނޑިވަޑިވަޅު ބަލައިގެން" އެ ޖަމާއަތުގެ ފަހަތުން ދާނެ ކަމަށް ވިދާޅުވެފައެވެ.

"ޙަމާސް އިން އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ނުކުރާކަން ފާހަގަކުރެވޭ. އަޅުގަނޑަށް ހީވަނީ އެމީހުން މަރުވާން ބޭނުންވަނީ ކަމަށް، އަދި އެއީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު، ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ ސަފީރު ސްޓީވް ވިޓްކޮފް ވިދާޅުވީ ވޮޝިންގްޓަނުން މަޝްވަރާތަކުގައި ބައިވެރިވުން ކުރުކޮށްލަނީ ކަމަށާއި، ޙަމާސް އިން "ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ ޝައުޤުވެރިކަމެއް ނެތްކަން" ފާހަގަކުރެވޭ ކަމަށެވެ.

އިސްރާއީލުންވެސް ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދިޔަ ޤަޠަރުން އެ ޤައުމުގެ މަންދޫބުން އަނބުރާ ގެނެސްފައިވާ ކަމަށެވެ.

ހަމާސް އިން އެމެރިކާގެ ނިންމުމާ މެދު ހައިރާން ވެފައިވާކަން ހާމަ ކޮށް، އެއްބަސްވުމަކަށް އާދެވޭތޯ "އިޚްލާޞްތެރިކަމާއެކު މެދުވެރިންގެ މަސައްކަތްތައް ކާމިޔާބުކުރުމަށް" މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އެ ޖަމާޢަތުން ބުނެފައިވަނީ މެދުވެރިން - ޤަޠަރު އަދި މިޞްރު - އެ ޖަމާޢަތުގެ "ބިނާކުރަނިވި އަދި އިޖާބީ" މަސައްކަތައް މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށާއި، އިސްރާއީލުގެ 10 ގައިދީން ދޫކޮށްލުމަށާއި، ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވޭތޯ އެތައް މަސްތަކެއްގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ހަމާސް އިން ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އިސްރާއީލުގެ އިސްވެރިން ތަކުރާރު ކޮށް ބުނެފައި ވަނީ ގައިދީން ދޫކޮށްލުމަށް ފަހު އަލުން ހަނގުރާމައަށް އެނބުރި ދާނެ ކަމަށާއި ޣައްޒާ އިން ފަލަސްތީނުގެ ހުރިހާ ރައްޔިތުން ނެރެ ސާފު ކުރުމުގެ ޕްލޭންތަކެއް އޮތް ކަމަށެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެފައިވަނީ އެ ޤައުމުން ހަނގ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ބޭނުން ކުރާނީ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން ޣައްޒާގެ ދެކުނުގައި ގާއިމު ކުރާ ބަންދު ކޭމްޕަކަށް ބަދަލުކުރުމަށް ކަމަށާއި، އަދި އެ ސަރަޙައްދުން އެމީހުން އެއްކޮށް ނެރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު