Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ދިނީ ރަޝިޔާ އަށް 50 ދުވަސް

ރަޝިޔާ އަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ 50 ދުވަހުގެ ތެރޭގައި ހަނގުރާމަ އަށް ޙައްލު ގެނެސް، ހަނގުރާމަ ހުއްޓާ ނުލައިފި ނަަމަ، ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2025 | އަންގާރަ 04:39
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. އަރިހުގައި އެމެރިކާގެ ނައިބު ރައީސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. އަރިހުގައި އެމެރިކާގެ ނައިބު ރައީސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް.

ރަޝިޔާ އާއި ޔުކްރިންއާ ދެމެދު ހިނގަމުން އަންނަ ހަނގުާރަމަ ހުއްޓާލުމަށް، 50 ދުވަހުގެ މުއްދަތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ އަށް ދީފި އެވެ. 

ރަޝިޔާ އަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ 50 ދުވަހުގެ ތެރޭގައި ހަނގުރާމަ އަށް ޙައްލު ގެނެސް، ހަނގުރާމަ ހުއްޓާ ނުލައިފި ނަަމަ، ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕްގެ އަރިހުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ 50 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، 100 އިންސައްތައިގެ ޓެރިފްތައް ތައާރަފު ކުރައްވާނެ ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް އާއި ރުޓޭއާ ދެމެދު ވަނީ، ނޭޓޯ އިން އެމެރިކާގެ ހަތިޔާރު ގަތުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕެޓްރިއޮޓް މިސައިލް އަދި ޑިފެންސް ސިސްޓަމްތައް ހިމެނެ އެވެ. އަދި އެ ހަތިޔާރުތައް ޔުކްރެއިން އަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ވަނީ، ދައުރުގެ ފުރަތަމަ ކޮޅު ރަޝިޔާގެ ރައީސް  ވްލަޑިމިއާ ޕުޓިންއާ އޮތް ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ދެ ބޭފުޅުންގެ ދެމެދުގައި މަޝްވަރާތަކެއް ވެސް ކޮށްފައިވާއިރު، ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަމުން އަންނާތީ ޓްރަމްޕް ވަނީ ނުރުހުންވެފަ އެވެ. އަދި މި ފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. 

އޭގެ ފަހުން ޓްރަމްޕް ވަނީ އެމެރިކާ އިން ޔުކްރެއިން އަށް ދެމުން އަންނަ އެހީތެރިކަން އަނެއްކާ ވެސް ދެއްވަން ފައްޓަވައިފަ އެވެ. އެގޮތުން ޔުކްރެއިން އަށް ބޭނުންވާ އަސްކަރީ ސާމާނު ފޯރުކޮށްދިނުމަށް އެމެރިކާ އިން ނިންމާފައިވާ ކަމަށް ޓްރަމްޕް އިއުލާން ވެސް ކުރައްވާފައިވެ އެވެ. ޓްރަމްޕް އެ ނިންމެވުން ނިންމެވީ ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ފަހު އެވެ. 

ދެ ވަނަ ދައުރަކަށް ވަޑައިގެން ޓްރަމްޕް ފުރަތަމަ ވަނީ ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަން ހުއްޓާލައިފަ އެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔުކްރެއިން އަށް އެހީތެރިކަން ދީފައިވާތީ، ޓްރަމްޕް ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް، ރަޝިޔާގެ ރައީސް ޕުޓިން އާއި ޓްރަމްޕްއާ ދެމެދު އޮތް ގުޅުން ގޯސްވާން ފަށާފައި ވަނިކޮށް، ޓްރަމްޕް ވަނީ އެ އެހީތެރިކަން އަލުން ދިނުމަށް ނިންމައިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު