Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ސުލްޙައިގެ ސަމިޓަށް ލީޑަރުން މިޞްރަށް، ނަތަންޔާހޫ ވެސް ވަޑައިގަންނަވާ

13 އޮކްޓޯބަރު 2025 | ހޯމަ 11:48

މި ބައްދަލުވުމުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބައިވެރިވާނެ ކަމަށް ވަނީ ހާމަ ކޮށްފައި. އޭގެ އިތުރުން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ވެސް ސަމިޓުގައ ބައިވެރިވާނެ ކަމަށް ބުނެފައިވޭ. ހަމަ އެހެންމެ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އިތުރުން އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވެސް ބައިވެރިވާނެ ކަމަށް ހާމަ ކޮށްފައިވޭ.

މިސުރުގެ ޝަރމް އެލް-ޝެއިޚްގައި ބޭއްވޭ ގައްޒާ ސުލްހަ ސަމިޓްގައި އިޒްރޭލާއި ފަލަސްތީނުގެ ލީޑަރުން ބައިވެރިވާނެ ކަމަށް އިޢުލާންކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޮކްޓޯބަރު 2025 | ހޯމަ 11:48
ސަމިޓުގައި ބައިވެރިވުމަށް ފްރާންސްގެ ރައީސް މެކްރޮން މިޞްރަށް ވަޑައިގެން

ސަމިޓުގައި ބައިވެރިވުމަށް ފްރާންސްގެ ރައީސް މެކްރޮން މިޞްރަށް ވަޑައިގެން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، ސުލްޙައިގެ ސަމިޓުގައި ބައިވެރިވުމަށް ދުނިޔޭގެ ލީޑަރުން މިޞްރަށް ވަޑައިގެންެފި އެވެ.

މިޞްރުގެ ޝަރަމް އަލް ޝައިޚްގައި އޮންނަ މި ސަމިޓުގައި ޖުމުލަ 20 އަށް ވުރެ ގިނަ ޤައުމު ތަކުގެ ލީޑަރުން ބައިވެރިވާނެ އެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ ޗެއާ ކުރައްވާ ސަމިޓެކެވެ.

ސަމިޓު އޮންނަ ޝަރަމް އަލް ޝައިޚް އަކީ ޓްރަމްޕް ހުށަހެޅުއްވި ޕްލޭންގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ރިސޯޓެވެ. މިޞްރު، ޤަތަރު އަދި ތުރުކީ މެދުވެރި ވެގެން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުން ވަނީ ހަނގުރާމަ ހުއްޓާޅުމަށް އެއްބަސްވެފަ އެވެ.

މިޞްރުގެ ރިޔާސީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި މި ސަމިޓުގެ މައިގަނޑު މަޤުސަދަކީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމާލުމާއި، މެދު އިރުމަތީގެ ސުލްޙަ އަދި ހަމަ ޖެހުން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ޚަރުދަނާކޮށް، ސަރަހައްދީ އަދި ސަލާމަތީ ރައްކާތެރި ކަމުގެ އައު ދައުރެއްގެ ފެށުމަށް ހެދުމެވެ.

މި ބައްދަލުވުމުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބައިވެރިވާނެ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ވެސް ސަމިޓުގައ ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އިތުރުން އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވެސް ބައިވެރިވާނެ ކަމަށް ހާމަ ކޮށްފައިވެ އެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު ހުސާމް ބަދްރާން އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ހަމާސް އިން ބައިވެރި ނުވާނެ އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކުރީގެ މަޝްވަރާ ތަކުގައި ވެސް ހަމާސް އިން މުއާމަލާތް ކޮށްފައި ވަނީ ޤަތަރު އަދި މިޞްރުގެ މެދުވެރިންނާ އެކު އެވެ.

މި ސަމިޓަކީ ގައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތް ކަމަށް ބެލެވެ އެވެ. މި ބައްދަލުވުމުން ކުރިއަށް އޮތް ދުވަސް ތަކުގައި ސަރަޙައްދުގެ ސުލްހަ އާއި ސަލާމަތަށް އިޖާބީ ބަދަލު ތަކެއް އަންނާނެ ކަމަށް ގިނަ ފަރާތް ތަކުން އުންމީދު ކުރެ އެވެ.

ޣައްޒާ ހަނގުރާމައިޒްރޭލް-ފަލަސްޠީންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ޣައްޒާޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް